އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް މިއަދު ޒޯން އެކެއްގެ މެޗުތަކުން ފެށިއިރު މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަަމަށްވާ ބަނޑޮސް މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތި ރަށުން ފެށުން ރަނގަޅުކޮށްފި އެވެ.
26 ޖޫން 2018
އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް މިއަދު ޒޯން އެކެއްގެ މެޗުތަކުން ފެށިއިރު މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަަމަށްވާ ބަނޑޮސް މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތި ރަށުން ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދު ކުޅުނު މެޗުން ބަނޑޮސް މޮޅުވީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާއާ ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އާ އެކު ވަރުގަދަ ޓީމަކާ އެކު އޮތް ބަނޑޮހުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-15، 23-25، 25-21 އަދި 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިދިޔަ އަހަރު ޝެރަޓަން މޯލްޑިވްސް އަށް ކުޅުނު ލޯންގޭ އެވެ.
ރީތިރަށް މޮޅުވީ ކުރުނބާ މޯލްޑިވްސްއާ ކުޅެ ސީދާ ތިން ސެޓުންނެވެ. ރީތިރަށުން ސެޓުތައް ގެންދިޔައީ 25-16، 25-18 އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ރީތިރަށަށް ކުޅޭ ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އަލީ މައުރޫފް (މާއްޓޭ) އެވެ.
މި ޒޯނުގައި މި ހަތަރު ޓީމުގެ އިތުރުން ދެން ވާދަކުރަނީ ފޯ ސީޒަންސް ރިސޯޓް ކުޑަހުރާ، ޝެރަޓަން މޯލްޑިވްސް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރެވެ.
ޒޯން ދޭއްގައި ހިމެނެނީ ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ޖުމެއިރާ ވިޓަވެލި، އަދާރަން ޕްރެސްޓިޖް ވާދޫ އެވެ. ޒޯން ތިނެއްގައި ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އާއި ކަނޑިމާ މޯލްޑިވްސް ވާދަކުރާއިރު، ޒޯން ހަތަރެއްގައި ހިމެނެނީ ޑަބްލިއު މޯލްޑިވްސް، ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އެވެ.
މިދިޔަ އަހަރު އެންމެ ވާދަވެރިކޮށް ފެނުނު ޒޯން ފަހެއްގައި އޮތީ ޑުސިޓް ތާނީ، ވައްކަރު މޯލްޑިވްސް އަދި ސޮނޭވާފުއްޓެވެ. އެންމެ ފަހުގެ ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަނަންތަރާ ކިހާވަށް ވިލާސް މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަނަންތަރާ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ސޮނޭވާފުށި ބަލިކުރުމަށް ފަހު އެވެ.
އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގު މިއަދު ފަށަނީ
ބަނޑޮހާއި ސޮނޭވާ އަށް އުނދަގޫ މޮޅެއް
ބަނޑޮހުން ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
ވައްކަރު ބަލިކޮށް އަނަންތަރާ ފައިނަލަށް
ބަނޑޮސް ފައިނަލަށް، ސެމީގައި ވައްކަރާއި އަނަންތަރާ
ޗެމްޕިއަން ބަނޑޮސް އަތުން ރީތި ރަށަށް ފުރިހަމަ މޮޅެއް
ކޮންރެޑް ބައިވެރިނުވޭ، ޗެމްޕިއަންސް ލީގުގައި 4 ޓީމު
ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު ފަހު ޖާގަ ކޮންރެޑަށް
ވޮލްޑޯފް އެސްޓޯރިއާ ފައިނަލަށް، ވިލަމެންދޫ ކަޓައިފި
ވައްކަރާއި ބަނޑޮސް ވެސް ޒޯން ޗެމްޕިއަންކަން ހޯދައިފި