Roadha Mihaaru
ބުއްޓޫ މަރާލި ކަމަށް ބެލެވޭ މީހާ އެކަމަށް އިންކާރު

ބުއްޓޫ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރާ މީހާ އެކަމަށް އިންކާރުކޮށްފި

26 ޖޫން 2018

އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ހަނގުރާމަވެރިޔާ އެކަމަށް އިންކާރު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ހަނގުރާމަވެރިޔާ އެކަމަށް އިންކާރު ކޮށްފި އެވެ.

އިންތިޚާބުގެ ކެމްޕޭނުގައި އުޅުއްވި ބުއްޓޫ އަވަހާރަކޮށްލަން ޖާނުންފިދާވުމުގެ ބޮން ގޮއްވާލަން ހަނގުރާމަވެރިޔާ އިކްރާމުﷲ އާ ހަވާލުކޮށްފައި ވަނީ ބުއްޓޫ އަށް ހަމަލާދޭ ފުރަތަމަ މީހާގެ ހަމަލާ ނާކާމިޔާބު ވެއްޖެ ނަމަ އެވެ. ނަމަވެސް އޮފިޝަލުން ބުނެފައި ވަނީ ފުރަތަމަ މީހާގެ ގައިގައި ހަރުކޮށްފައިވާ ބޮން ގޮއްވާލުމާ އެކު އިކްރާމުﷲ ވަނީ ފިލައިފައި ކަމަށެވެ. ރާވަލްޕިންޑީގައި 2007 ވަނަ އަހަރު ބުއްޓޫ އަވަހަރަކޮށްލަން ދިން ހަމަލާގައި ވަނީ 20 މީހުން މަރުވެފަ އެވެ.

ޕާކިސްތާން ތާލިބާން ޖަމާއަތެއްގެ ވީޑިއޯއެއްގައި އިކްރާމުﷲ ބުނެފައި ވަނީ ބުއްޓޫ އަވަހާރަކޮށްލުމުގައި އޭނާ ބައިވެރި ނުވާ ކަމަށާއި އެފަދަ ކަމެއް ކުރަން އުޅޭކަން ނުވެސް އެނގޭ ކަމަށެވެ. ޕާކިސްތާނުން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި އިކްރާމުﷲ ހިމެނެ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގެ މިނިޓްކޮޅެއް ކުރިން ރާވަލްޕިންޑީގައި ކެމްޕޭން ކުރައްވަނީ.

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގެ މިނިޓްކޮޅެއް ކުރިން ރާވަލްޕިންޑީގައި ކެމްޕޭން ކުރައްވަނީ.

ބުއްޓޫގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި ކުރީގެ ދާޚިލީ ވަޒީރު ރަހުމާން މާލިކް ވިދާޅުވީ އިކްރާމުﷲ ހަދަނީ ދޮގު ކަމަށާއި ބުއްޓޫ އަވަހާރަކޮށްލަން ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހަކު ވަނީ ހަމަލާ ދޭން ހަމަޖެއްސި ދެ ވަނަ މީހަކީ އިކްރާމުﷲ ކަމަށް ކޯޓުގައި ބުނެފައި ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިކްރާމުﷲ އެ ވީޑިއޯ ހަދާފައި ވަނީ އޭނާ އަށާއި އާއިލާ އަށް ލިބެމުންދާ އިންޒާރުތަކާ ގުޅިގެންނެވެ.

ބުއްޓޫ ވަނީ 1988 އަދި 1993 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑު ވަޒީރުކަމަށް އިންތިޚާބު ކޮށްފަ އެވެ. ގައުމުން ބޭރުގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު ޕާކިސްތާނަށް ވަޑައިގެންނެވީ 2007 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނަށެވެ. އެކަމަނާ ކަރާޗީ އަށް އޮކްޓޯބަރު 2007 ގައި ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް އެއާޕޯޓުގައި ބޭއްވި ޕެރޭޑަށް ދިން ޖާނުންފިދާވުމުގެ ހަމަލާއަކުން ބުއްޓޫ ސަލާމަތްވީ ކިރިޔާ އެވެ. އެ ހަމަލާގައި ވަނީ 150 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ބުއްޓޫ އަވަހާރަކޮށްލީ އޭގެ ދެ މަސް ފަހުން ރާވަންޕިންޑީގައި ދިން ހަމަލާއެއްގަ އެވެ.