29 ޖޫން 2018
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލައްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ބޭނުންފުޅު ނުވީ ނޫން ކަމަށާއި އެމަނިކުފާނު އެ ނިންމުން ނިންމެވީ ގާނޫނުތަކުގެ ތެރެއިން ފުރުސަތު ނެތުމުން ކަމަށް، ވިދާޅުވެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެމްބަރުން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލައްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ބޭނުންފުޅު ނުވީ ނޫން ކަމަށާއި އެމަނިކުފާނު އެ ނިންމުން ނިންމެވީ ގާނޫނުތަކުގެ ތެރެއިން ފުރުސަތު ނެތުމުން ކަމަށް، ވިދާޅުވެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެމްބަރުން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ތިން އަހަރު ވަންދެން، ރާއްޖޭގައި ވެރިކަން ކުރެއްވުމަށް ފަހު، ފެބްރުއަރީ 7، 2012 ގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ ނަޝީދު މިއަދު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.
ނަޝީދުގެ އެ ނިންމެވުމަކީ ހިތްވަރުގަދަ، ކެރޭ ނިންމުމެއް ކަމަށް ބުނެ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުންނާއި އެމްޑީޕީން ތައުރީފު ކުރަމުން އައި ނަމަވެސް، ޕީޕީއެމްގެ މެމްބަރުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ ބޭފުޅުން މައިގަނޑު ގޮތެއްގައި ވިދާޅުވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށް ޕީޕީއެމުން ކުރިން ވެސް ބުނަމުން އައި ކަމަށާއި މިއަދު އެކަން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އަދި، އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ފަހު ވެސް އެ ޓިކެޓު އެންމެ ފަހު ވަގުތު ދޫކޮށްލެއްވީ ގާނޫނީ ހުރަސްތަކާ ހެދި ކަމަށް ޕީޕީއެމްގެ ބައެެއް މެމްބަރުން ވިދާޅުވެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ.
Thakuraaru Koh Alhugandu men vaanee Dhannavaafa! MDP Mohamed Nasheed ge Nan 2018 Riyasee Inthikhaabuge Vote karudhaas kolhuga noanaane. Allah iraadhafulhaa eku #RaeesYaameen2018 kaamiyaabu kurahvvaanee #Ehburun
— Ahmed Nihan (@ahmed_nihan) June 29, 2018
ނިހާންގެ ޓުވީޓު
"...އެމްޑީޕީ މުހައްމަދު ނަޝީދުގެ ނަން 2018 ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ. ﷲ އިރާދަފުޅާ އެކު ރައީސް ޔާމީން 2018 ކާމިޔާބުކުރައްވާނީ އެއްބުރުން،" ނިހާން ވިދާޅުވި އެވެ.
ނިހާންގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު އަނެއްކާ ވެސް އިތުރުފުޅެއް ހައްދަވައިފި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިޔަސް އަސްލަކީ ގާނޫނީ ހަމަތަކުގެ މަތިން އެ ފުރުސަތު ނެތުން ކަމަށެވެ.
Anni anekkaa ves ithuru fulheh hahdhavaifi.eyna e bunanee kurimathi nulaane vaahaka, aslakee qaanoonee hama thakuge mathin kurimathi nulevenee. Thakuraaru Alhugadu men bunamun a’ee RN ge nan vote karudhaas kolhuga noannaane vaahaka.
— Abdul Raheem Abdulla (@Banafsaa) June 29, 2018
އަބްދުއްރަހީމްގެ ޓުވީޓު
"ތަކުރާރުކޮށް އަޅުގަނޑުމެން ބުނަމުން އައީ ރައީސް ނަޝީދުގެ ނަން ވޯޓުކަރުދާސްކޮޅުގައި ނޯންނާނެ ވާހަކަ،" ރިޔާސީ އިންތިޚާބުން ނަޝީދަށް ފުރުސަތު ނޯންނާނެ ކަމަށް ޕީޕީއެމުން ބުނަމުން އައި އައުން ހަގީގަތަކަށް ވި ކަން ހާމަކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ގެނަމަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައްވަން ނަޝީދު އަމިއްލަފުޅަށް ނިންމެވީކީއެއް ނޫނެވެ. އޭނާ ވިދާޅުވީ، "މާސިންގާ" ޖަލު ކުށްވެރިންނަށް އިންތިޚާބަށް ކުރިމަތިލާނެ ފުރުސަތު ގާނޫނުގައި ދީފައި ނުވަނީ ކަމަށެވެ.
"ހަމަ އެއާ އެކު ނަޝީދުގެ ފަހަތުގައި ތިބި ބޭރުގެ ޔަހޫދީން ވެސް މިހާރު ދޫކޮށްލައިފި" ޖަމީލް އުސްމާން ވިދާޅުވި އެވެ.
Mihurihaa dhuvahu ethah bayaku thimannamee riyaasee candidate ey kiyaigen thelhuvee. Visnaa fikuru kuraa bayakah anekkaves msg eh. pic.twitter.com/kgB4XS7Zfa
— Ahmed Mubeen #RY2018 (@ahmedmubean) June 29, 2018
މުބީންގެ ޓުވީޓު
ނަޝީދުގެ ނިންމެވުމަށް ފާޑުވިދާޅުވެ، ބިލެއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު މުބީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ހުރިހާ ދުވަހު ނަޝީދު ކުރެއްވި ކަމަކީ އެމަނިކުފާނަކީ ރިޔާސީ ކެންޑިޑޭޓު ކަމަށް ބުނެ ބަޔަކު "ތެޅުވީ" ކަމަށެވެ. އަދި އެއީ ވިސްނައި ފިކުރު ކުރާ ބަޔަކަށް އަނެއްކާ ވެސް ލިބޭ މެސެޖެއް ކަމަށް މުބީން ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ނިންމެވިކަން ނަޝީދު ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު އެމަނިކުފާނުގެ ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމާ ގުޅިގެން، އިދިކޮޅުން ނެރޭނެ އެއް ކެންޑިޑޭޓަކަށް ވާނެ ކަމަށް ބެލެވެނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އޭނާ އަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ތާއީދު އޮތްކަން އަންނަނީ ހާމަކުރައްވަމުންނެވެ. މިކަމާ މެދު ގޮތެއް ނިންމާނީ އއ. އުކުޅަހުގައި މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގްރެސްގަ އެވެ.
އިބޫ ވާނީ ނަޝީދުގެ ޕަޕެޓަކަށް: ޕީޕީއެމް
ނަޝީދުގެ ފަހަތަކަށް ޕީޕީއެމް ނާރާނެ: އަބްދުއްރަހީމް
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
ނިހާން އާންމުކުރެއްވި ފޮޓޯއާއެކު ހޫނު ފެނަށް!
މަސައްކަތް ކުރަނީ ވޯޓުލުމުގެ ހައްގު ހޯދައިދޭން:ޕީޕީއެމް