01 ޖުލައި 2018
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓަކީ، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ފާސްކުރުމުން، ސަރުކާރުން އެކަމަށް މަރުހަބާ ކިޔައި މަޝްވަރާ އަށް އައުމަށް އެމްޑީޕީ އަށް މިރޭ ގޮވާލައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓަކީ، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ފާސްކުރުމުން، ސަރުކާރުން އެކަމަށް މަރުހަބާ ކިޔައި މަޝްވަރާ އަށް އައުމަށް އެމްޑީޕީ އަށް މިރޭ ގޮވާލައިފި އެވެ.
ސަރުކާރުން މިކަމަށް ގޮވައިލީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރާ އިސް މަންދޫބު ނުވަތަ އޯލް ޕާޓީ ޓޯކްސްގެ ޗެއާޕާސަން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ނެރުއްވި ބަޔާނެއްގަ އެވެ.
MDP congress decision to nominate Hon MP @ibusolih as presidential candidate, who meets the constitutional criteria is a step towards political reconciliation. Hope honest campaigning can start now.
— Mohamed Shainee (@mshainee) July 1, 2018
ޝައިނީ މިއަދު ކުރެއްވި ޓުވީޓް
ޝައިނީ މި ބަޔާން ނެރުއްވިއިރު، އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ހަމަޖެއްސުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އޭގެ ސަބަބުން ސިޔާސީ ހަމަޖެހުން ވެސް އަންނާނެ ކަމަށެވެ.
އެ ޓުވީޓު ކުރެއްވިތާ ހައެއްކަ ގަޑިއިރު ފަހުން، އޯލް ޕާޓީ ޓޯކްސްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނެރުއްވި ބަޔާނުގައި ޝައިނީ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅަކު އެމްޑީޕީން ކަނޑައެޅުމަކީ ޑިމޮކްރެސީ ކުރިއެރުވުމަށާއި މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
އީޔޫއާ އެކު މަތީ ފެންވަރުގެ މަޝްވަރާ ކުރުމަށް މިދިޔަ ހަފުތާގައި ބެލްޖިއަމަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުން، އެ ޖަމާއަތުގެ އިސް ބައެއް ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމަށް މިދިޔަ ހަފުތާގައި ބެލްޖިއަމަށް ދިޔަ ދިވެހި ސަރުކާރުގެ އިސްވެރިންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޝައިނީ ވިދާޅުވީ، އެމްޑީޕީން އެޅި އެ ފިޔަވަޅުގެ ސަބަބުން، މިހާތަނަށް އޮތް އުފެދިފައި އޮތް ސިޔާސީ ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށްޓަކައި މަޝްވަރާ ފެށުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަދި މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ، ކާމިޔާބު ރިޔާސީ އިންތިޚާބެއް މި އަހަރު ބޭއްވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް އައުމަށް އަނެއްކާ ވެސް ގޮވައިލައްވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ކުރިއަށް ގެންދާނެ މަގެއް ހޯދުމަށްޓަކައި މަޝްވަރާ އަށް އައުމަށް އެދެން،" ޝައިނީ ވިދާޅުވި އެވެ.
އިބޫ އަކީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީ ތަމްސީލް ކުރައްވާ އެންމެ އިސް ބޭފުޅާ ވެސް މެ އެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ ކޮމެޓީ އެމްޑީޕީން ބޮއިކޮޓް ކޮށްފައި އޮތް އޮތުން އަނބުރާ ގެންގޮސް އޮމާން އިންތިޚާބެއް ބޭއްވުމަށް އެ ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ވެސް ޝައިނީ ވަނީ ގޮވާލައްވައިފަ އެވެ.
ބަޔާން ނިންމަވައިލައްވަމުން ޝައިނީ ވިދާޅުވީ ސިޔާސީ ގޮތުން ހުރި ހިޔާލު ތަފާތުވުންތައް ނައްތާލައި، އޮމާން، މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސި ދަނޑިވަޅާ ދިމާކޮށް، އަނެއްކާ ވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ސަރުކާރުން ގޮވާލިއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތުވުން ބޮޑުވެ، އެއީ މިހާތަނަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައިވާ މަޝްވަރާ އެއް ނޫނެވެ. އެގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި އދ. ގެ މަންދޫބެއް ވެސް ސަރުކާރުން ކަނޑައެޅި އެވެ. އެކަމަކު، އޭނާ މެދުވެރިއަކަށް ވެގެން ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ސަރުކާރާ މަޝްވަރާކުރާނެ މާހައުލެއް ނެތް: އިބޫ
ފައިސަލަށް މަރުހަބާ ދަންނަވައި މަޝްވަރާއަށް ގޮވާލައިފި
އެއްވެސް ކަމެއް ކުރާނީ ޕާޓީތަކަށް އެނގިގެން: ނަޝީދު
ނަޝީދާއެކު ކުރީ ސިއްރު މަޝްވަރާއެއް ނޫން: އިދިކޮޅު
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ
ކޮމަންވެލްތުން ވަކިވުމަކީ ވިސްނުމެއް ނޫން: ޝައިނީ
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން