12 މާޗް 2018
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ސަރުކާރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ކުރީ ސިއްރު މަޝްވަރާއެއް ނޫން ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ސަރުކާރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ކުރީ ސިއްރު މަޝްވަރާއެއް ނޫން ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އެ މަޝްވަރާތައް ބޭއްވިއިރު، އިދިކޮޅު ލީޑަރުންނަށް ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާޓީތަކުން އެއްބަސްވާ ކަމެއް ނޫނީ، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ނުކުރައްވާނެ އެވެ.
އިދިކޮޅު ލީޑަރުންގެ މެދުގައި މައްސަލަ އުޅޭ ފަދަ މޭރުމަކުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ، ހަސަން ލަތީފް ވަނީ ޝައިނީ އަށް ފާޑު ވިދާޅުވެފަ އެވެ. ހަސަން ލަތީފް ވިދާޅުވީ ލީޑަރުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި ތިން ވަނަ ފަރާތެއް މެދުވެރިކޮށް ސަރުކާރުން މަޝްވަރާ ކުރަން ހުށަހެޅުމުން އެކަން ރައީސް ނަޝީދު އިދިކޮޅު ލީޑަރުންނާ ހިއްސާ ކުރެއްވި އެވެ. އަދި އިދިކޮޅު ލީޑަރުން އަބަދުވެސް ކަންކަން ކުރައްވަނީ، އެ ލީޑަރުންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޝީދަށް ތިންވަނަ ފަރާތަކުން ގުޅާފައި، ކޮންފިޑެންޝަލް ވާހަކަތަކެއް ބާއްވަން ބޭނުންވާ ކަމަށް ބުނީ. ނަޝީދު އަމަލުކުރެއްވި ގޮތަކީ ސަރުކާރުން ގުޅުއްވި ތިން ވަނަ ފަރާތް ދެއްކެވި ވާހަކަ އެ ދެއްކެވި ގޮތަށް އެހެން ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.
ސަން ލަތީފް ވިދާޅުވީ، މަޝްވަރާތައް މިއަދާ ހަމައަށް ފެށިފައިނުވަނީ، ލީޑަރުން އެއްބަސްވެވަޑައިގެންނެވި ގޮތާއި، ސަރުކާރު ބޭނުންވާ ގޮތް ފުށުއަރާތީ ކަމަށެވެ. ސަރުކާރުން ހުށަހަޅާ ގޮތް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެއްބަސް ނުވެވޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މައްސަލައެއް އުޅެނީކީ ނޫން. ސަރުކާރުން ކުއްލިއަކަށް އެ ވާހަކަ ވިދާޅުވިޔަސް، އަޅުގަނޑުމެންގެ މި މަސައްކަތަށް ގޯޅި އަޅައިގެން ނުދާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.
އިދިކޮޅުން މިހާތަނަށް ކޮށްފައިވާ ޝަރުތުތަކަކީ ޣައިރު ގާނޫނީ ޝަރުތުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. އެ ޝަރުތުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި މިދިޔަ މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ލީޑަރުން ދޫކޮށްލުމާއި އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ޕާޓީތައް މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ބަދަހިކަމާ އެކުގައި ކަމަށާއި ޕާޓީތަކުގެ މެދުގައި ހަމަނުޖެހުމެއް ނެތް ކަމަށެވެ.
މަޝްވަރާ އަށް އައުމަށް 12 ސިޓީއެއް ޕާޓީތަކަށް ފޮނުވި ކަމަށް ޝައިނީ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ހުސެއިން ރަޝީދު ވިދާޅުވީ ސިޓީތަކުގައި އާ ވާހަކައެއް ނެތް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރި ޝަރުތުތައް ތަންފީޒު ކުރީމަ މަޝްވަރާގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްވެސް ކަމެއް ކުރާނީ ޕާޓީތަކަށް އެނގިގެން: ނަޝީދު
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އެމްޑީޕީ
ސަރުކާރުން އިބޫ އަށް މަރުހަބާ ކިޔައި މަޝްވަރާ އަށް
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ސިޔާސީ މަޝްވަރާ ބޮޑު އަރަތަކަށް!
ސަރުކާރުން ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފި
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ
ކޯލިޝަން ކެންޑިޑޭޓުގެ ގޮތުގައި ނަޝީދަށް ވާދަކުރެވޭނެ
މަޝްވަރާގައި ބައިވެރިވުމާމެދު އެމްޑީޕީން ގޮތެއް ނިންމަނީ