ތެލް އަވީވް (ޖުލައި 3) - ފަލަސްތީނުގެ ގައިދީންނާއި އެ މީހުންގެ އާއިލާތަކަށް ދޭ ވެލްފެއާ ފައިސާ ހިފެހެއްޓުމުގެ ގާނޫނެއް އިޒްރޭލުން ފާސްކޮށްފި އެވެ.
03 ޖުލައި 2018
ތެލް އަވީވް (ޖުލައި 3) - ފަލަސްތީނުގެ ގައިދީންނާއި އެ މީހުންގެ އާއިލާތަކަށް ދޭ ވެލްފެއާ ފައިސާ ހިފެހެއްޓުމުގެ ގާނޫނެއް އިޒްރޭލުން ފާސްކޮށްފި އެވެ.
އިޒްރޭލުގެ ޕާލަމެންޓުން އެ ބިލް ފާސްކޮށްފައި ވަނީ 87 މެންބަރުންގެ ތާއީދާ އެކު އެވެ. އެ ބިލަށް ވަނީ 15 މެންބަރުން ދެކޮޅު ހަދައިފަ އެވެ.
މި ބިލުގެ ސަބަބުން ފަލަސްތީނަށް ދޭން ޖެހޭ ފައިސާގެ ތެރޭން ގައިދީންނާއި އެ މީހުންގެ އާއިލާތަކަށް ފަލަސްތީނުން ކަނޑައަޅައި ވެލްފެއާ ފައިސާ އިޒްރޭލުން ހިފަހައްޓާނެ އެވެ.
އިޒްރޭލުގައި ޓްރާންސިޓްކޮށް ފަލަސްތީނަށް ގެންދާ މުދަލުން ނަގާ ޑިއުޓާ ފައިސާއާ ހަވާލުވަނީ އިޒްރޭލުންނެވެ. މި ގޮތުން ފަލަސްތީނަށް ގެންދާ މުދަލުގެ ޑިއުޓީގެ ގޮތުގައި މަހަކު 127 މިލިއަން ޑޮލަރު އިޒްރޭލުން ހިފަހައްޓަ އެވެ. މިއީ ފަލަސްތީނަށް ލިބެން ޖެހޭ ފައިސާ އެވެ. އެކަމަކު އިޒްރޭލުން ދަނީ މި ފައިސާ ދޫނުކޮށް ހިފަހައްޓަމުންނެވެ.
ބިލް ހުށަހެޅި މެންބަރު ބުނީ މި ފައިސާގެ ތެރޭން ގައިދީންނާއި އެ މީހުންގެ އާއިލާތަކަށް ފަލަސްތީނުން އަހަރަކު 330 މިލިއަން ޑޮލަރު ޚަރަދު ކުރާ ކަމަށެވެ. އަދި އެއީ ފަލަސްތީނުގެ ބަޖެޓުގެ ހަތް ޕަސެންޓް ކަމަށް ވެސް އިޒްރޭލުގެ ބުނެ އެވެ. އިޒްރޭލުން ބުނެފައި ވަނީ އިޒްރޭލް ސިފައިންނަށް ހަމަލާ ދީގެން ބަންދުކުރާ ފަލަސްތީނުގެ ގައިދީންގެ އާއިލާތަކަށް ފައިސާ ލިބޭނެ ނަމަ އިޒްރޭލް ސިފައިންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލީބަން ވިދާޅުވީ ފަލަސްތީނުގެ ގައިދީންނަށް ރައީސް މަހްމޫދު އައްބާސް ފޯރުކޮށްދޭ ކޮންމެ ޝެކެލްއެއް (އިޒްރޭލް ފައިސާ) ދެން ހިފަހައްޓާނެ ކަމަށެވެ.
ފަލަސްތީނުގެ ސީނިއާ އޮފިޝަލް ހަނާން އަޝްރާވީ ވިދާޅުވީ އިޒްރޭލުން ފާސްކުރި ގާނޫނަކީ ބޮޑު ވައްކަމަކާއި ފޭރުމަކަށް މަގު ފަހިކުރުން ކަމަށެވެ.
"އެއީ ފަލަސްތީނުގެ ފައިސާ. އެ ފައިސާ އިން ކުރާނެ ކަންތައް އެނގޭނީ އިޒްރޭލަކަށް ނޫން،" އަޝްރާވީ ވިދާޅުވި އެވެ.
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
އަސީރަކު މިނިވަންކުރި ވާހަކަ އަތަށް ގޮވައިފި
ފަލަސްތީނުގެ އަންހެން އަސީރުންނަށް އިޒްރޭލުން ގޯނާކުރަނީ
އިޒްރޭލުގެ ޖަލުން ފިލި ހުރިހާ ގައިދީން އަތުލައިގެންފި
އަތުލައިގަތް ގައިދީންނަށް ބޮޑެތި އަނިޔާތަކެއް
ފިލި ގައިދީން ނުހިމަނައި އަސީރުން ބަދަލެއް ނުކުރެވޭނެ
އިޒްރޭލުގެ އެންމެ ވަރުގަދަ ޖަލުން 6 ގައިދީން ފިލައިފި
ފަލަސްތީނުގެ ގައިދީންގެ ހާލަތު ގޯސްކުރާނަން: އިޒްރޭލް