08 ޖުލައި 2018
ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އޭރު އުމުރުން 20 އަހަރުގެ ތިއަރީ އޮންރީ އަކީ އެ ޓީމަށް އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. އޮންރީ ވަނީ އެ ފަހަރު ތިން ގޯލު ޖަހައިފަ އެވެ. އޭގެ 20 އަހަރު ފަހުން ރަޝިއާގެ މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ބެލްޖިއަމް އެސިސްޓަންޓް ކޯޗަކަށް ހުރި އޮންރީ އެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ބެލްޖިއަމް ނުކުންނާނީ އޮންރީގެ އުފަން ގައުމު ފްރާންސާ ދެކޮޅަށެވެ.
ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އޭރު އުމުރުން 20 އަހަރުގެ ތިއަރީ އޮންރީ އަކީ އެ ޓީމަށް އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. އޮންރީ ވަނީ އެ ފަހަރު ތިން ގޯލު ޖަހައިފަ އެވެ. އޭގެ 20 އަހަރު ފަހުން ރަޝިއާގެ މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ބެލްޖިއަމް އެސިސްޓަންޓް ކޯޗަކަށް ހުރި އޮންރީ އެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ބެލްޖިއަމް ނުކުންނާނީ އޮންރީގެ އުފަން ގައުމު ފްރާންސާ ދެކޮޅަށެވެ.
މޮނާކޯ، ޔުވެންޓަސް، އާސެނަލް އަދި ބާސެލޯނާ އަށް ކުޅުނު އޮންރީ ކުޅުން ހުއްޓާލީ އެމްއެލްއެސްގެ ނިއުޔޯކް ރެޑްބުލްސް އަށް ކުޅުމަށް ފަހު 2014 ވަނަ އަހަރު އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޮންރީ މަސައްކަތް ކުރަމުން އައީ މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްގެ ފުޓްބޯޅަ އެކްސްޕާޓެއްގެ ގޮތުގައި އަދި އާސެނަލްގެ 18 އަހަރުން ދަށުގެ އެކެޑަމީ ކޯޗެއްގެ ގޮތުގަ އެވެ.
އޮންރީ އާސެނަލްގެ އެކެޑަމީ ކޯޗުކަން ދޫކޮށްލީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އޭރު އާސެނަލްގެ ކޯޗު އާސެން ވެންގާއާ މައްސަލަތަކެއް ޖެހިގެންނެވެ. ބެލްޖިއަމްގެ ކޯޗުކަމާ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒް ހަވާލުވުމަށް ފަހު އެސިސްޓަންޓަކަށް އޮންރީ ހަމަޖެއްސީ ކޯޗިންގެ ތަޖުރިބާ ނެތްކަމުގައި ވިޔަސް ފުޓްބޯޅައިގައި މާޓީނޭޒާ ވިސްނުން އެއްގޮތް މީހެއް ކަމަށް ވުމުން ކަމަށް ބުނެ އެވެ.
މާޓިނޭޒްގެ ކޯޗުކަމުގައި ބެލްޖިއަމް ބަލިވީ ފުރަތަމަ މެޗުން ސްޕެއިން އަތުންނެވެ. އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 24 މެޗުން ބަލިވެފައިނުވެ އެވެ.
ބްރެޒިލް އަތުން މޮޅުވި މެޗަށްފަހު ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު އޮންރީ އާއި ކެޕްޓަން ހަޒާޑް ބައްދާލައިގެން. -- ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މުބާރާތުގެ ފޭވަރިޓެއްެގެ ގޮތުގައި ބެލެވުނު ބްރެޒިލްގެ މައްޗަށް ބެލްޖިއަމުން 2-1 އިން ކުރިހޯދިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކެވިން ޑިބްރޭނާ ބުނީ އޮންރީ ހުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ފްރާންސާ ދެކޮޅަށް ކުޅުނަސް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނު ނަމަވެސް އޮންރީ ބޭނުންވަނީ ބެލްޖިއަމް މޮޅުކޮށްދޭން ކަމަށެވެ.
ބެލްޖިއަމްގެ ކުރިއަށް ކުޅޭ މިޝީ ބަޓްޝުއާޔީ އާއި ޑްރީސް މާޓެންސް އަދި ރޮމެލޫ ލުކާކޫ ވަނީ އުމުރުން 40 އަހަރުގެ އޮންރީއާ އެކު ފަރިތަކުރަން ލިބޭތީ އެކަމާ ވަރަށް ބޮޑަށް އުފާކުރާކަމަށް ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އޮންރީ ބުނީ އަމިއްލަ ގައުމުގައި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމަކީ ފްރާންސަށް ލިބުނު ފިލާވަޅެއް ކަމަށާއި އޭގެ ބޭނުން އެ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕުގައި ހިފައިފިނަމަ އެ ޓީމު ހިފަހައްޓަން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ. އަދި އިދިކޮޅަށް ނުކުންނަ ޓީމުތަކުން ވެސް ފްރާންސާ މެދު ސަމާލުވާން ޖެހޭނެ ކަމަށް އޮންރީ ވަނީ ބުނެފަ އެވެ.
ބްރެޒިލް ބަލިކުރި މެޗަށް ފަހު ބެލްޖިއަމްގެ ކޯޗު މާޓީނޭޒް ބުނީ ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު ކޮންމެ ޓީމަކަށް ވެސް ނަތީޖާ ނެރެން ފަސޭހަވާނެ ކަމަށާއި އެއީ މިހާރު ފުޓްބޯޅައިގެ މައުލޫމާތަކީ އެންމެނަށް ވެސް ފަސޭހައިން ހޯދޭތީ ކަމަށެވެ. އެކަމަކު ނަތީޖާ ނެރުމުގައި އެންމެ މުހިއްމު ކަމަކަށް ކުރަން ޖެހޭނެ ކަމަކީ އިދިކޮޅަށް ނުކުންނަ ޓީމު ދަސްކުރުމަށް ވުރެން އަމިއްލަ އަތުގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމަ އަށް ބޭނުން ހިފުން ކަމަށް ބުންޏެވެ.
މާޓީނޭޒް ބުނީ ބެލްޖިއަމްގައި ތިބި ނަން މަޝްހޫރު ކުޅުންތެރިންނާ އެކު އޮންރީ އާއި އޭނާ އަށް މިހާތަނަށް ކުރެވުނީ ކާމިޔާބު މަސައްކަތެއް ކަމަށާއި ދެން އޮތީ އެ މަސައްކަތް އެންމެ ފުރިހަމަ އަށް ނިންމާލެވޭތޯ މަސައްކަތްކުރުން ކަމަށެވެ.
އޮންރީ އަލުން ބެލްޖިއަމްގެ އެސިސްޓެންޓަކަށް
ކޯޗިން އަށް ވަގުތުދޭން އޮންރީ ޓީވީ ވަޒީފާ ދޫކޮށްލައިފި
"އޮންރީ އަށް އޮތީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް"
ބެލްޖިއަމް ޓީމުން އޮންރީ އަށް ލިބޭ މުސާރަ ޗެރިޓީ އަށް
ތަޖުރިބާ ކުޑަ ކޯޗު އޮންރީ އަށް ކުޅުންތެރިންގެ ތައުރީފް
ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗަކަށް އޮންރީ
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް