Roadha Mihaaru
ބެލްޖިއަމް ޓީމުން އޮންރީ އަށް ލިބޭ މުސާރަ ޗެރިޓީ އަށް

ބެލްޖިއަމް ޓީމުން އޮންރީ އަށް ލިބޭ މުސާރަ ޗެރިޓީ އަށް

02 ސެޕްޓެމްބަރ 2016

ބްރެސެލްސް، ބެލްޖިއަމް (ސެޕްޓެމްބަރު 2) - ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ފްރާންސްގެ ކުރީގެ ކެޕްޓަން ތިއަރީ އޮންރީ އަށް އެ ޓީމުން ލިބޭ މުސާރަ ޗެރިޓީ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރެސެލްސް، ބެލްޖިއަމް (ސެޕްޓެމްބަރު 2) - ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ފްރާންސްގެ ކުރީގެ ކެޕްޓަން ތިއަރީ އޮންރީ އަށް އެ ޓީމުން ލިބޭ މުސާރަ ޗެރިޓީ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒްގެ އެހީތެރިޔެއްގެ ގޮތުގައި އޮންރީ ހަމަޖެއްސީ މިދިޔަ ހަފްތާގަ އެވެ. އޮންރީގެ ކިބައިގައި މަތީ ފެންވަރުގެ ކޯޗިންގެ ތަޖުރިބާ ނެތަސް މާޓީނޭޒް ބުނީ އޭނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.

ބެލްޖިއަމް ޓީމުން އޮންރީ އަށް އަހަރަކު މުސާރައިގެ ގޮތުގައި ބޯނަސްއާ އެކު އެއް މިލިއަން ޔޫރޯ ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޮންރީ ވަނީ މުސާރަ އެއްކޮށް ޗެރިޓީ އަށް ހަދިޔާކުރަން ނިންމައިފަ އެވެ.

އޮންރީ އަންނަނީ ބެލްޖިއަމް އެސިސްޓަންޓް ކޯޗުކަމުގެ އިތުރުން މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސްގެ ފުޓްބޯޅަ އެކްސްޕާޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. ސްކައިސްޕޯޓްސް އިން އޮންރީ އަށް އަހަރަކު ހަތަރު މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައިދެ އެވެ.

މޮނާކޯ، ޔުވެންޓަސް، އާސެނަލް އަދި ބާސެލޯނާ އަށް ކުޅުނު އޮންރީ ކުޅުން ހުއްޓާލީ އެމްއެލްއެސްގެ ނިއުޔޯކް ރެޑްބުލްސް އަށް ކުޅުމަށް ފަހު 2014 ވަނަ އަހަރު އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޮންރީ ވަނީ އާސެނަލްގެ 18 އަހަރުން ދަށުގެ އެކަޑަމީ ކޯޗެއްގެ ގޮތުގަ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް މިދިޔަ ޖުލައި މަހު އާސެނަލްގެ ކޯޗު އާސެން ވެންގާއާ މައްސަލަ ޖެހިގެން އޮންރީ ވަނީ އާސެނަލްގެ އެކަޑަމީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.

ބެލްޖިއަމް ރޭ ކުޅުނު މެޗުން ވަނީ ސްޕެއިން އަތުން 2-0 އިން ބަލިވެފަ އެވެ.