Roadha Mihaaru
ރައީސް ޔާމީން މ. އަތޮޅަށް ވަޑައިގެންފި

ރައީސް ޔާމީން މ. އަތޮޅަށް ވަޑައިގެންފި

10 ޖުލައި 2018

ރައީސް އަބްދުﷲ ޔާމީން މިއަދު މ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު މ. އަތޮޅަށް ވަޑައިގެންފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު އަތޮޅުތަކަށް ފެއްޓެވި ސިލްސިލާގެ މި ދަތުރުފުޅުގައި މ. މުއްޔާއި މުލައް އަދި ދިއްގަރަށް ވަޑައިގަންނަވާނެ އެވެ. މި ރަށްތަކުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ޔާމީން، މުލަކަށް ވަޑައިގަންނަވާއިރު، އެއީ ވެރިކަމަށް ހޮވިވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ތަމްސީލް ކުރެއްވި ދާއިރާ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޕީޕީއެމުން ފަށާފައި ވަނިކޮށް، ރައީސް ކުރައްވާ ދަތުރުފުޅުގައި މިދިޔަ ހަފުތާގައި އެ މަނިކުފާނު ވަނީ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އޭގެ ކުރިން، މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންނެވި އެވެ.

ރައީސްގެ މި ދަތުރުފުޅުތަކަކީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރައްވައިގެން އިންތިޚާބަށް ކެމްޕޭން ކުރެއްވުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.