Roadha Mihaaru
މުސްކުޅި ދެމަފިރިއަކަށް ދަރިއެއް ހޯދުން މައްސަލައަކަށް

މުސްކުޅި ދެމަފިރިއަކަށް ދަރިއެއް ހޯދައިދިނުން ބޮޑު މައްސަލަައަކަށް

26 މެއި 2016

އިންޑިއާގެ ހަރްޔާނާގެ ދެމަފިރިން ކަމަށްވާ ދަލްޖިންދުރަ ކޯރް، 72، އާއި މޮހިންދުރަ ސިންގް ގިލް، 79، އަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެ މީހުންގެ އަލަތު ދަރިފުޅު ލިބިފަ އެވެ. މުސްކުޅި މި ދެމަފިރިން ތިބީ އުފަލުން ފޮޅިފަ އެވެ. އެކަމަކު މި ދެ މަފިރިންނަށް ދަރިއަކު ހޯދައިދިނުމަށް އައިވީއެފް ހަދައިދިން ޑޮކްޓަރުންނާއި ކްލިނިކަށް ސިއްހީ ތަޖުރިބާކާރުންގެ ފަރާތުން ހިތްހަމަނުޖެހުމުގެ ބަސްތައް ދަނީ ކުރިމަތިވަމުންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ހަރްޔާނާގެ ދެމަފިރިން ކަމަށްވާ ދަލްޖިންދުރަ ކޯރް، 72، އާއި މޮހިންދުރަ ސިންގް ގިލް، 79، އަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެ މީހުންގެ އަލަތު ދަރިފުޅު ލިބިފަ އެވެ. މުސްކުޅި މި ދެމަފިރިން ތިބީ އުފަލުން ފޮޅިފަ އެވެ. އެކަމަކު މި ދެ މަފިރިންނަށް ދަރިއަކު ހޯދައިދިނުމަށް އައިވީއެފް ހަދައިދިން ޑޮކްޓަރުންނާއި ކްލިނިކަށް ސިއްހީ ތަޖުރިބާކާރުންގެ ފަރާތުން ހިތްހަމަނުޖެހުމުގެ ބަސްތައް ދަނީ ކުރިމަތިވަމުންނެވެ.

ބެންގަލޫރުގެ އައިވީއެފް ތަޖުރިބާކާރުންނާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރުން މިކަމާ ހިތްހަމަނުޖެހިފައި ވާއިރު އެބޭފުޅުން ވިދާޅުވަނީ މިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރަޖިސްޓްރީ (އައިސީއެމްއާރް)ގެ ގަވާއިދު ބުނާ ގޮތުން އައިވީއެފްގެ ޒަރިއްޔާއިން ދަރިން ލިބޭތޯ މަސައްކަތް ކޮށްދޭންޖެހޭނީ ދެމަފިރިންގެ އުމުރު އެއްކޮށްލުމުން 100 އަހަރު ހަމަނުވާ ދެމަފިރިންނަށެވެ.

ދަލްޖިންދުރަ އާއި އޭނާގެ ފިރިމީހާގެ އުމުރު އެއްކުރުމުން 150 އަހަރަށް ވުރެ މަތިވެ އެވެ.

މިދެމަފިރިންނަށް ދަރިއަކު ހޯދާ ދިނުމާ ދެކޮޅަށް ވާހަކަދައްކާ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ އެމީހުންގެ ހަށިގަނޑުގައި ދަރިއަކު ހޯދުމުގެ ގާބިލްކަން ނުހުންނާނެކަން ކަމަށެވެ. އަންހެންމީހާ އިއްދައިން ކެނޑިފައިވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާނެ ކަން ޔަގީން ކަމަށާއި އޭނާގެ ހަށިގަނޑުގައި ބިސް އުފެދުމުގެ ފުރުސަތެއް އެއްވެސް ވަރަކަށް ނެތްކަން ޔަގީންވާ ކަމަށް ވެސް ސިއްހީ މާހިރުން ވިދާޅުވެފައިވެ އެވެ. އަދި ފިރިހެނެއްގެ ވެސް އުމުރުން 78-79 އަހަރަށް ދާއިރު ރަނގަޅު ކޮލިޓީގެ ދަރިފަނި ނުހުންނާނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

އެހެންކަމުން މިފަދަ މީހުންނަށް ދަރިން ހޯދައިދިނުމަކީ އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ދަރިން ލިބިދާނެ ކަމަށް ގަބޫލުކުރެވޭ ގޮތަށް މުޖުތަމައަށް ދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށް އެބޭފުޅުން ސިފަ ކުރައްވަ އެވެ. އަދި މިފަދަ ކަންތައްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިންޑިއަން ސޮސައިޓީ އޮފް އެސިސްޓަޑް ރިޕްރޮޑަކްޝަން (އައިއެސްއޭއާރް) ގެ ކުރީގެ ރައީސް ޑރ. ބީނާ ވަސަން ވިދާޅުވި އެވެ.

ކައިވެންޏަށް 46 އަހަރުވީއިރުވެސް ހަރްޔާނާގެ މި ދެމަފިރިންނަށް ދަރިއަކު ނުލިބުމުން އެމީހުން ތިބީ އަލުން ދަރިއެއް ލިބިދާނެކަމުގެ އުންމީދު ކަނޑާލައިގެންނެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ މި ދެމަފިރިން އައިވީއެފް ހެދީ އެމީހުންގެ އަމިއްލަ ބިހާއި ދަރި ފަނިން ކަމަށެވެ. ނަމަވެސް އަނެއްބައި ޚަބަރުތައް ބުނަނީ އެމީހުންނަށް ބިހާއި ދަރިފަނި ހަދިޔާކުރީ އެހެން ބަޔަކު ކަމަށެވެ. މި ދެމަފިރިންގެ އަލަތު ދަރިފުޅު އުފަންވެފައި ވަނީ އޭޕްރީލް 19، 2016 ގައެވެ.

މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާ ޑޮކްޓަރުން ވިދާޅުވަނީ މިހާ މުސްކުޅި ދެމަފިރިއަކަށް ދަރިއަކު ލިބުން އެއީ ނޫސްތަކުގެ ފަލަސުރުޚީއެއް ކަމަކަށް ވިޔަސް ދަރިން ނުލިބިފައި ތިބި އެތައް މިލިއަން ބަޔަކަށް މިކަމުން ހަގީގަތެއް ނެތް އުންމީދުތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް އަހަރެމެން ދިރިއުޅެނީ ހަގީގީ ދުނިޔެއެއްގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އައިވީއެފްގެ ޒަރިއްޔާއިން ލިބުނު ދަރިފުޅާއެކު ދަލްޖިންދުރަ

އައިވީއެފްގެ ޒަރިއްޔާއިން ލިބުނު ދަރިފުޅާއެކު ދަލްޖިންދުރަ

އައިވީއެފް ހަދަން ބޭނުންވާ ދެމަފިރިންނަށް ކައުންސިލިން ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޑޮކްޓަރު ވިދާޅުވީ އަންހެންމީހާގެ އުމުރުން ދުވަސްވާ ވަރަކަށް އޭނާ ބަލިވެ އިނަސް ވިހާ ދަރިފުޅަށް އޭގެ ނުރަނގަޅު އަސަރުތައް ކުރާނެކަން ވިސްނައިދޭން ޖެހޭނެ ކަމަށެވެ. އަދި އުފަންނުވާ ތުއްތު ކުއްޖާއަށް ވެސް ވިސްނާލަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އުމުރުން 70 އަހަރުވެފައިވާ މީހަކަށް ހިތުގެ މައްސަލަތަކާއި ކަށީގެ ތަފާތު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމަށާއި މިފަދަ ސިއްހީ މައްސަލަތަކުގެ އަސަރު ބަނޑުގައިވާ ދަރިފުޅަށްވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އޭނާގެ ކައިރިން ފަރުވާ ހޯދާ މީހުންގެ ތެރޭގައިވަނީ 47 އަހަރުގެ އަންހެނަކު އެބަހުރި ކަމަށާއި އެމީހާ ކައިވެނިކުރީ އުމުރުން ވަރަށް ދުވަސްވީ ފަހުން ކަމަށެވެ. އަދި އެ އަންހެންމީހާ ބަލިވެ އިނދެ މިހާރު ފުރަތަމަ ޓްރައިމިސްޓާ ފުރިހަމަ ވަނީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 40 ގެ ފަހުކޮޅުގެ އުމުރުގައި ވެސް ދަރިން ހޯދަން އެންމެ ރަނގަޅު ކަމަށާއި ނަމަވެސް އެއަށް ވުރެ ގިނަ ދުވަސްވުމުން ދަރިން ހޯދަން ޚިޔާލުކުރަން ނުވާނެ ކަމަށެވެ.

ގުނަޝީލާ ހޮސްޕިޓަލުގެ އިންފާޓިލިޓީ ސްޕެޝަލިސްޓް ޑރ. ދޭވިކާ ގުނަޝީލާ ވިދާޅުވީ އޭނާ ނަމަ ދަލްޖިންދަރްގެ ކޭސް ނުނަގާނެ ކަމަށާއި އޭނާއަށް ކުއްޖަކު ހޯދައިދޭން މަސައްކަތެއް ނުކުރާނެ ކަމަށެވެ. ޑޮކްޓަރުން ހަމައެކަނި މައިންބަފައިންނަށް ވިސްނުމުގެ ބަދަލުގައި ވިހާ ދަރިފުޅަށް ވާނެ ގޮތަކާ ދޭތެރޭ ވެސް ވިސްނަން ޖެހޭނެކަމަށް ޑރ. ގުނަޝީލާ ވިދާޅުވި އެވެ.