20 މެއި 2016
އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވާ އިންޑިއާގެ ދެމަފިރިއަކު އައިވީއެފް ފަރުވާ ހޯދައިގެން އަލަތު ދަރިފުޅު ހޯދައިފި އެވެ. ކައިވެންޏަށް 46 އަހަރު ފަހުން މި ދެމަފިރިންނަށް ދަރިއަކު ލިބުނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވާ އިންޑިއާގެ ދެމަފިރިއަކު އައިވީއެފް ފަރުވާ ހޯދައިގެން އަލަތު ދަރިފުޅު ހޯދައިފި އެވެ. ކައިވެންޏަށް 46 އަހަރު ފަހުން މި ދެމަފިރިންނަށް ދަރިއަކު ލިބުނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ދަލްޖިންދަރް ކޯރް ނަމަކަށް ކިޔާ އަންހެންމީހާ އާއި އޭނާގެ 79 އަހަރުގެ ފިރިމީހާއަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ އަރްމާން އެވެ. މި ދެމަފިރިން ބޭސްކުރީ އިންޑިޔާގެ ހަރިޔާނާގައި ހުންނަ ފާޓިލިޓީ ކްލިނިކަކުންނެވެ.
މި ދެމަފިރިން ޑޯނާ އެގްސް ބޭނުންކޮށްގެން ކުއްޖަކު ލިބޭތޯ ފަރުވާ ހޯދަމުން އަންނަތާ ދެ އަހަރު ވެއްޖެ އެވެ.
ދަލްޖިންދަރްގެ އުމުރު ރަސްމީ ރެކޯޑަކުން ކަށަވަރުވާން ނެތަސް އޭނާ އަކީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް މިހާ ދޮށީ އުމުރެއްގައި ވިހޭ ފުރަތަމަ މީހާއަށް ވެދާނެ ކަމަށް ވަނީ ބެެލެވިފަ އެވެ.
ދަލްޖިންދަރް ބުނާ ގޮތުގައި އޭނާގެ އުމުރުން މިހާރު 70 އަހަރަށް ވުރެ މަތިވެދާނެ އެވެ. ނަމަވެސް އޭނާގެ އުފަން ދުވަހުގެ ސެޓްފިކެޓް ނެތުމުގެ ސަބަބުން އޭނާގެ އުމުރުން ވީ ދުވަސް ޔަގީންކަމާއެކު ބުނާކަށް ނޭނގެ އެވެ.
ހިސާރު ކިޔާ ސަރަހައްދުގައި ހުންނަ ދަލްޖިންދަރް ފަރުވާ ހޯދި ނެޝަނަލް ފާޓިލިޓީ އެންޑް ޓެސްޓް ޓިއުބް ބޭބީ ސެންޓަރުގެ އެމްބްރިޔޮލޮޖިސްޓް އަނުރާގް ބިޝްނޯއީ ދަ ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދަލްޖިންދަރްގެ އުމުރުން 72 އަހަރު ވެދާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
"ދަލްޖިންދަރް ބުނާ ގޮތުގައި އޭނާގެ ފިރިމީހާއަށް ވުރެ އޭނާ ހަގީ ފަސް އަހަރު ނުވަތަ ހަތް އަހަރު. ދަލްޖިންދަރްގެ ފިރިމީހާގެ އުފަން ދުވަހުގެ ސެޓްފިކެޓްގައިވާ ގޮތުން އޭނާ އުފަންވެފައި ވަނީ 12 އޭޕްރީލް 1937 ގައި،" ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
ދަރިން ނުލިބޭ މީހުންނަކީ ސުންޕާބައެއްގެ ގޮތުގައި އިންޑިއާގައި ސިފަކުރުމުގެ ސަގާފަތެއް އޮންނާތީ ދަލްޖިންދަރް އާއި އޭނާގެ ފިރިމީހާއަށް ވެސް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް އެ މީހުން ބުންޏެވެ. އަދި ދަރިއަކު ލިބުނީ މުޅިން އުންމީދު ކަނޑާލާފައިވަނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.
"އަހަރެމެން ކުރި ދުއާތައް އިޖާބަކުރައްވައިފި. މިހާރު އަހަރެންގެ ހަޔާތަށް ފުރިހަމަކަން ލިބިއްޖެކަމުގެ އިހްސާސް ކުރެވޭ. ދަރިފުޅު ބެލުމުގެ ހުރިހާ ޒިންމާއެއް މި އުފުލަނީ އަހަރެން އެކަނި. އަހަރެންގެ ގައިގެ ހަކަތަވެސް ވަނީ މާބޮޑަށް އިތުރުވެފައި. ފިރިމީހާގެ އަޅާލުމާއި އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބޭ،" ދަލްޖިންދަރް އޭއެފްޕީ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
އިންޑިޔާގައި އުމުރުން 72 އަހަރުގައި އަލަތު ދަރިފުޅު ލިބުނު ދަލްޖިންދަރު ކޯރު ފިރިމީހާ އާއި ތުއްތު ދަރިފުޅާއެކު
ދަލްޖިންދަރްގެ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅަކީ ސިއްހީ އެއްވެސް މައްސަލައެއްނެތް ދުޅަހެޔޮ ކުއްޖެކެވެ. ވިހޭއިރު ކުއްޖާގެ ބަރުދަނުގައި ދެ ކިލޯ ހުއްޓެވެ.
ދަލްޖިންދަރް ބުނިގޮތުގައި ދަރިއަކު ލިބޭތޯ މަސައްކަތްކުރަން ބޭނުންވީ އައިވީއެފްގެ އިޝްތިހާރެއް ފެނިގެން އުފެދުނު ޖޯޝެއްގެ ސަބަބުންނެވެ.
ޔުނިވަސިޓީ އޮފް ލީޑްސް އިން މާސްޓާޒް އިން ކްލިނިކަލް އެމްބްރިއޮލޮޖީ ހަދާފައިވާ ޑރ. ބިޝްނޯއި ކިޔަވާ ނިމިގެން އިންޑިއާއަށް ގޮސް އިންފާޓިލިޓީ ކްލިނިކެއް ހިންގަން ފެށިފަހުން، އުމުރުން ދުވަސްވެފައިވާ ގިނަ ބަޔަކަށް ކާމިޔާބުކަމާ އެކު ފަރުވާ ދީފައިވެ އެވެ. އެގޮތުން 2008 ވަނަ އަހަރު ވަނީ ބިޝްނޯއީގެ ކައިރިން ފަރުވާ ހޯދި 70 އަހަރުގެ ރާޖޯ ދޭވީ ލޯހަން އަށް ވެސް ދަރިއަކު ލިބިފަ އެވެ. އަދި 66 އަހަރުގެ އަންހެނަކު އެއްމާބަނޑު ތިން ކުދިން ވިހާފައިވެ އެވެ.
ޑރ. ބިޝްނޯއި ވިދާޅުވި ގޮތުގައި ދަލްޖިންދަރްގެ ދެމަފިރިންނަށް ވަރަށް މާޔޫސްވާ ކަހަލަ ކަންތައްތަކަކާ ވަނީ ދިމާވެފަ އެވެ. އެގޮތުން އިންފާޓިލިޓީ ފަރުވާ ހޯދާނެ ފައިސާ ނެތި ދެމަފިރިން އެތައް ދުވަހަކު އިންތިޒާރު ކުރަން ޖެހުނެވެ. އަދި 1980ގެ އަހަރުތަކުގައި އެމީހުން އެޑޮޕްޓްކުރި ފިރިހެން ކުއްޖަކު ބޮޑުވެގެން އެމެރިކާއަށް ކިޔަވަން ދިޔަ ގޮތަށް އެ ދެމަފިރިންނަށް ޚަބަރެއް ވެސް ކޮށްނުލާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އާއިލީ މައްސަލަތަކާ ވެސް ދެމަފިރިންނަށް ކުރިމަތިލާން ޖެހުނެވެ. ދަލްޖިންދްރަ ދިރިއުޅޭ ހިސާބުތަކުގައި އޮންނަ ގޮތުން ނަމަ ދަރިއަކު ނެތް މީހަކަށް ބައްޕަގެ މުދަލަކުން ނުލިބެ އެވެ. އެގޮތުން ދަލްޖިންދުރަގެ ފިރިމީހާއަށް ވެސް ބައްޕަ ފަރާތުން ލިބޭ ބިންކޮޅު ދިނުމަށް އެ އާއިލާއިން އިންކާރު ކުރި އެވެ. ނަމަވެސް ކޯޓުގައި މި މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގޮސް އެންމެފަހުން އޭނާއަށް ހައްގު ބިންކޮޅު ލިބުނެވެ. އައިވީއެފްގެ ފަރުވާ އެ ދެމަފިރިން ހޯދީ އެ ބިންކޮޅު ވިއްކާލައިގެން ލިބުނު ފައިސާ އަށެވެ.
ބިޝްނޯއީ ވިދާޅުވީ ދަލްޖިންދުރަގެ އުމުރަށާއި އޭނާގެ ހަށިގަނޑުގެ ބަލިކަށިކަމަށް ބަލާފައި އޭނާއަށް ފަރުވާދިނުމަށް ފުރަތަމަ ޖެހިލުންވި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ހެދި ތަފާތު އެތަކެއް މެޑިކަލް ޓެސްޓްތަކަކުން އެ ފަރުވާއަށް ދަލްޖިންދުރަގެ ހަށިގަނޑު މުޅިން ބަރާބަރުކަމަށް ދައްކާފައިވާތީ ފަރުވާ ކުރިޔަށް ގެންދަން ނިންމީ އެވެ.
ދަލްޖިންދުރަ ބަލިވެ އިނުމުން ނުރައްކާ އޮތީ މެދު އުމުރުގެ އެހެން އަންހެނަކު ވެސް ބަލިވެ އިނުމުން ނުރައްކާ އޮންނަ މިންވަރަށެވެ.
"ދަލްޖިންދުރަގެ ފަރުވާގައި ބޭނުންކުރީ ޑޯނާ އެގްސް ނުވަތަ އެހެން މީހަކު ހަދިޔާކޮށްފައި ހުރި ބިސް. އޭނާ ބަލިވެ އިނީ ދެ ފަހަރަކަށް ދިން ފަރުވާ ނާކާމިޔާބުވެ ތިން ވަނަ ފަހަރަށް ދިން ފަރުވާއިން،" ޑރ. ބިޝްނޯއި ވިދާޅުވި އެވެ.
ޑުބާއީގައި 63 އަހަރުގެ މީހަކު ވިހައިފި
އައިވީއެފް ހަދަން ނުޖެހޭ އެތައް ބަޔަކު އެ ފަރުވާ ހޯދާ
މުސްކުޅި ދެމަފިރިއަކަށް ދަރިއެއް ހޯދުން މައްސަލައަކަށް
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ