ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ފާރިސްގެ ފަރާތުން ހުށަހަޅައިފި އެވެ.
11 ޖުލައި 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ފާރިސްގެ ފަރާތުން ހުށަހަޅައިފި އެވެ.
ފާރިސް، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ހުކުމްކުރީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލާގައި އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމުންނެވެ.
އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ފާރިސްގެ ފަރާތުން މިއަދު ހުށަހަޅާފައިވާ ކަން ފާރިސްގެ ވަކީލުން ކަށަވަރު ކޮށްދިނެވެ.
ފާރިސްގެ މައްޗަށް އެ ހުކުމް އަޔަސް، އޭނާގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލެ އެވެ. އެކަމަކު އެ ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ފާރިސަށް ނުލިބޭނެ އެވެ.
އެ މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ ދެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
3 އަހަރު ކުރިން ފާރިސް ހައްޔަރުކުރި މައްސަލަ ނުނިމި
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
ފާރިސްގެ ވަކީލުންގެ ޝަކުވާ ސުޕްރީމް ކޯޓާއި ހައި ކޯޓަށް
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް