ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.
26 ނޮވެމްބަރ 2020
ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.
ޖުލައި، 2017 ވަނަ އަހަރު ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ފާރިސްގެ ފަރާތުން އޭރު އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި އޮތަސް، އެ މައްސަލާގެ ހުކުމެއް މިހާތަނަށް ވެސް ނީއްވަ އެވެ.
ފާރިސް ހައްޔަރުކުރަން އޭރު ނެރުނު އަމުރާއި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ ދެ މައްސަލަ ހައި ކޯޓުން ބައްލަވާ ބެންޗު މިހާރު ބަދަލު ވެފައިވާތީ ހުކުމް އިއްވުމުގެ ކުރިން އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސް ބަންދުގައި ބެހެއްޓުމަށް ފަހު ހަ މަސް ފަހުން ޖެނުއަރީ، 2018 ގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިޔަސް، އޭގެ ދެ ދުވަސް ފަހުން ރިޝްވަތުގެ އެހެން ތުހުމަތެއްގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 އަމުރާ ގުޅިގެެން އޭނާ ދޫކޮށްލުމަށް ފަހު ޖެހިގެން އައި ދުވަހު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކުރި އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ދުވަސްތަކެއް ވަންދެން އޭނާ އަނެއްކާވެސް ބަންދުގައި ބެހެއްޓި އެވެ.
ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ވެސް އުފުލި އެވެ. އެކަމަކު ފަހުން އެ ދެ ދައުވާ އަނބުރާ ވަނީ ގެންގޮސްފަ އެވެ. އަދި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއް ބޭއްވި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށުގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އޭރު ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ފަހުން ބާތިލްކޮށްފަ އެވެ.
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
"ފާރިސްގެ ފޯނު ދެވަނަ ފަހަރަށް ހިފެހެއްޓީ ގޯސްކޮށް"
ފާރިސް ދެވަނަ ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓު
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ރަނގަޅު: ހައިކޯޓު
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ