Roadha Mihaaru
މިނިވަން އިންތިޚާބަކަށް ގޮވާލައި އެމްޑީޕީން ހިނގާލުމެއް

މިނިވަން އިންތިޚާބަކަށް ގޮވާލައި އެމްޑީޕީން ހިނގާލުމެއް ބާއްވަނީ

15 ޖުލައި 2018

މިނިވަން އަދި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށާއި ސިޔާސީ ބޭނުމަކަށްޓަކައި ހައްޔަރުކޮށްފައިވާ މީހުން ދޫކުރުމަށް ގޮވާލުމަށްޓަކައި އެމްޑީޕީން މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މިނިވަން އަދި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށާއި ސިޔާސީ ބޭނުމަކަށްޓަކައި ހައްޔަރުކޮށްފައިވާ މީހުން ދޫކުރުމަށް ގޮވާލުމަށްޓަކައި އެމްޑީޕީން މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން މިފަދަ ހަރަކާތެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު، ސަރުކާރަށް ޕްރެޝަރުކޮށް، ހިނގާލުމެއް ބާއްވަން މި ނިންމީ، ރާއްޖޭގެ ބައެއް އިސް ވެރިންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

ހިނގާލުން ބާއްވަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 ގައި އެމްޑީޕީގެ އޮފީސް ކުރިމަތީގަ އެވެ.

މި ހިނގާލުމުގައި ވިހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ގޮވާލާއިރު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާ އިދިކޮޅު 12 މެންބަރުން ވެސް ފެންނާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.

ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އެޖެންޑާ ކޮށްފައިވާއިރު، އީޔޫ އިން ވަނީ މައިގަނޑު ހަތަރު ކަމެއް ކުރުމަށް ރާއްޖެ އަށް ގޮވާލައިފަ އެވެ.

އެއީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ރައްޔިތުންގެ ހިފަހައްޓާފައިވާ ހުރިހާ ހައްގުތަކެއް ގާނޫނުއަސާސީގައި ވާ ގޮތަށް ކަށަވަރުކޮށްދިނުމާއި ހައްޔަރުކޮށްފައިވާ އަދި ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ވާޖިބަށް ހުރަސްނޭޅުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ގާނޫނުއަސާސީގައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގަން ފެށުމާއި ޑިމޮކްރަސީގެ މަގަށް ރާއްޖެ އަލުން އިޔާދަވުމާއި ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ފެށުމެވެ.