Roadha Mihaaru
ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރަނީ

ފ. އަތޮޅު ވިއްކުމާ ދެކޮޅަށް އިއްތިހާދުން ބޮޑު މުޒާހަރާއެއް ބާއްވަނީ

08 މާޗް 2017

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސްބޭފުޅުންތަކަކަށް ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މި މަހުގެ 24 ގައި ބޮޑު މުޒާހަރާއެއް ކުރުމަށް އިދިކޮޅު އިއްތިހާދުން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސްބޭފުޅުންތަކަކަށް ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މި މަހުގެ 24 ގައި ބޮޑު މުޒާހަރާއެއް ކުރުމަށް އިދިކޮޅު އިއްތިހާދުން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގެ ނައިބު ލީޑަރު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެގޮތުން އިހުތިޖާޖް ކުރަން ޖެހުނަސް އެކަމަށް ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތެރެ އާއި ބޭރުން އެކަން ހުއްޓުވަން [ފ. އަތޮޅު ވިއްކުން] މަސައްކަތް ކުރާނަން،" އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާކަން ވެސް ކުރައްވާ ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ބޭރުގެ އެކި ފަރާތްތަކަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައްޔިތުންނަށް މިކަމުގެ މެސެޖް ފޯރުކޮށްދެމުން ދާއިރު، ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ޒުވާނުން ވެސް ޝުއޫރު ފާޅުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ޓޫރިޒަމް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ފ. އަތޮޅަށް ހަދާ ގޮތެއް ހާމަނުކޮށް ސިއްރުން ކަންކަން ކުރަމުން ދާ ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެހެންވެ، ގައުމުގެ ދިފާއުގައި މިކަމާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު ތަރަހައިން ބޭރުން މަސައްކަތް ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، އުފާ ފާގަތި މުސްތަގުބަލެއް ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި ދެމިތިބޭނަން،" މަލީހު ވިދާޅުވި އެވެ.

ފ. އަތޮޅު ވިއްކާލާ ވާހަކަތަކަކީ އުފެދިގެން ވާނެ ސުވާލެއް ނޫން ކަމަށާއި އެ އަތޮޅު ވިއްކާލާން ސަރުކާރުން ނިންމާފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ކުރިން ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.