Roadha Mihaaru
އިބޫ، ރައްޔިތުންނަށް މާޔޫސްކަމެއް ނުގެންނާނެ: ފައިސަލް

އިބޫ، ރައްޔިތުންނަށް މާޔޫސްކަމެއް ނުގެންނާނެ: ފައިސަލް

16 ޖުލައި 2018

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ރައްޔިތުންނަށް މާޔޫސްކަން ގެންނާނެ ކެންޑިޑޭޓެއް ނޫން ކަމަށް އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ރައްޔިތުންނަށް މާޔޫސްކަން ގެންނާނެ ކެންޑިޑޭޓެއް ނޫން ކަމަށް އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އައްޑޫ މަރަދޫ ޖަގަހަ ހުޅުވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ވިދާޅުވީ، އިބޫ އަކީ ވަރަށް މަޑުމައިތިރި، ޚުލްގު ހެޔޮ ބޭފުޅެއް ކަމަށެވެ. އިބޫ އަކީ އިގްތިސާދު ވަރަށް ރަނގަޅަށް ދެނިވަޑައިގެން ހުންނެވި، ބޭފުޅެއް ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފައިސަލް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ އަކީ ވިސްނުން ތޫނު ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވަމުން ފައިސަލް ވިދާޅުވި ގޮތުގައި، ރިޔާސީ ކެންޑިޑޭޓަކަށް ރައްޔިތުން ވޯޓު ދޭއިރު، އެއީ ކޮންކަހަލަ ކެންޑިޑޭޓެއް ކަން އެނގެން ޖެހެ އެވެ. އަދި އެއީ އަމާނާތްތެރި، ތެދުވެރި، ވަފާތެރި ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ޔަގީންކަން އަރުވަނީ އަޅުގަނޑުމެންނަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ލިބުނީ ދުވަހަކު ވެސް މާޔޫސް ކަމެއް އަޅުގަނޑުމެންގެ ހިތުގެ ތެރެއަށް އަންނާނެ ބޭފުޅެއް ނޫން،" ފުވައްމުލަކަށް އުފަން ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހިން ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަދާކުރަން ޖެހިފައިވާއިރު، އެ މަސްއޫލިއްޔަތާ މެދު އިހުމާލުވެއްޖެ ނަމަ، ދިވެހި ރައްޔިތުންނަށް ގައުމު އަތުވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ސަރުކާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތިބީ އިދިކޮޅު ފަރާތްތަކަށް އިންސާފު އިންތިޚާބެއް ދޭ ގޮތަކަށް ނޫން ކަމަށެވެ. އެކަމަކު، މިހާރު ފެންނަ މަންޒަރުތަކުން އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ބައެއް ކަންކަން އަދިވެސް ފުރިހަމަ ކުރަން ހުރި ކަމަށް ހަސަން ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް އައްޑު އާއި ފުވައްމުލަކަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެެ.