Roadha Mihaaru
އޯގާތެރި ސަރުކާރެއް ހޯދައިދޭން އިބޫ ވައުދުވެވަޑައިގެންފި

އޯގާތެރި ސަރުކާރެއް ހޯދައި ދެއްވަން އިބޫ ވައުދުވެވަޑައިގެންފި

21 ސެޕްޓެމްބަރ 2018

ރާއްޖޭގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ހިތްދަތިކަމާއި އަނިޔާވެރިކަމުން މިންޖުވެ، އޯގާތެރި ސަރުކާރެއް ހޯއްދަވައި ދެއްވަން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވައުދުވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ސ. ހިތަދޫން ފަޒީނާ އަހުމަދު

ރާއްޖޭގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ހިތްދަތިކަމާއި އަނިޔާވެރިކަމުން މިންޖުވެ، އޯގާތެރި ސަރުކާރެއް ހޯއްދަވައި ދެއްވަން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވައުދުވެވަޑައިގެންފި އެވެ.

އިބޫ އާއި ރަނިން މޭޓު ފައިސަލް ނަސީމްގެ ރިޔާސީ ކެމްޕޭން ފެއްޓެވި އައްޑު އަތޮޅުން، އެ ކެމްޕޭން ނިންމާލުމަށް ހިތަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވަނީ ރާއްޖެ މިހާރު އޮތް ހާލަތު ސިފަކޮށްދެއްވައިފަ އެވެ. މި ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ތަހައްމަލްކުރީ ނުހައްގު، އަނިޔާ އާއި ބޭއިންސާފާއި ހަމަހަމަކަން ނެތުމާއި ބިރުވެރިކަން ކަމަށް ވިދާޅުވި އެވެ.

ރީތިވާ ކުލައެއްގެ ސަބަބުން ހަމަ އެކަކު ވެސް އިންސާފުން ބާކީ ނުކުރާނަން. --އިބޫ

މިއީ، އިބޫ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހައްގުވާ މިންވަރު ކަމުގައި ގަބޫލުކޮށްގެން ތިބެވޭކަށް ނެތެވެ. މުޅި ރާއްޖެ ބަދަލަކަށް އަމާޒު ހިފި ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ އެކަކު ވެސް ބާކީއެއް ނުކުރާނަން. އެންމެންގެ ގައުމެއްގެ ގޮތުގައި އިހްސާސްކުރެވޭ ރާއްޖެއެއް އަޅުގަނޑުމެން ތި ބޭފުޅުންނަށް ހޯދައި ދޭނަން،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ އާއި ފައިސަލްއާ އެކު ނަސްރީނާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުއްﷲ ސައީދު/މިހާރު

މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ އާއި ފައިސަލްއާ އެކު ނަސްރީނާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުއްﷲ ސައީދު/މިހާރު

އިންތިޚާބަށް ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވި ގޮތުގައި "އައްޑޫ ސިޓީގައި ހުންނަވާއިރު ވަރަށް ފަޚުރުވެރި އިހްސާސްތަކެއް ކުރެއްވެ" އެވެ. ސަބަބަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ހޯދައިދޭން އައްޑޫގެ ރައްޔިތުންނަކީ ނުހަނު ބޮޑު ގުރުބާނީތަކެއް ވެފައިވާ ބަޔަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އައްޑޫގެ ތަރައްގީ އަށް ވެސް ގިނަ ކަންކަން ކުރަން ވިސްނާފައިވާ ކަމަށާއި މެނިފެސްޓޯގައި ކަނޑައަޅާފައިވާ އެ ކަންކަން ފުރިހަމަވެގެންދާނެ ކަމަށެވެ.

ކެމްޕޭންގައި މުޅި ރާއްޖެ ނިންމާލެވުނުއިރު، ރައްޔިތުންގެ ހިޔާލާއި ފިކުރު ވަރަށް ސާފު ކަމަށް އިބޫ ވިދާޅުވި އެވެ. އިންސާފާއި ހަމަހަމަކަން ނެތި، ނުހައްގުން އަނިޔާ ލިބި އަސާސީ ޚިދުމަތްތަކުން މަހްރޫމްވެފައިވާކަމުގެ ކަންބޮޑުވުން އެތައް ރައްޔިތުންނެއް އިހްސާސްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ނިންމާލަން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާ. --ފޮޓޯ/އެމްޑީޕީ

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ނިންމާލަން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާ. --ފޮޓޯ/އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި ފަންޑު ފޮށިތައް ބަހައްޓައިގެން ސަލާން ޖެހުމުގެ އާދަ ނައްތާލައި މަސްތުވާތަކެތިން ރައްކާތެރިވެފައިވާ ޖީލެއް ބިނާކޮށް، ހިތްފަސޭހަކަމުގެ ދިރިއުޅުމަކާއި ފަޚުރުވެރި އާއިލާއެއް ބިނާކޮށް ހިންދެމިލެވޭނެ ފުރުސަތު ހޯދައިދޭނެ އެވެ.

"އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ، އަޅުގަނޑުގެ ވެރިކަމުގައި ޕާޓީ އަށް ސޮއި ނުކުރިއަސް ވަޒީފާ އާއި ލޯނު ވިއަސް، ކޮންޓްރެކްޓް ވިއަސް ކޮންމެ ބޭފުޅަކަށް ހަމަހަމަކޮށް ލިބޭނެ ވާހަކަ،" އިބޫ ވިދާޅުވި އެވެ.

"ރީތިވާ ކުލައެއްގެ ސަބަބުން ހަމަ އެކަކު ވެސް ބާކީވެގެން ނުދާނެ،" އިބޫ ވިދާޅުވި އެވެ.

މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެ މީހަކު ތާއީދުކުރާ ޕާޓީއެއްގެ ސަބަބުން، ނަހަމަ ޝަރީއަތަކުން ޖަލަށް ލައި ބަންދު ނުކުރާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގަތެވެ. އެއާއެކު ރަޖިސްޓްރީވެފައި އޮތް ޕާޓީގެ ސަބަބުން އާސަންދަ ހަމަނުޖެހި ފްލެޓް ނުލިބިގެން ހިނގާކަށް ވެސް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރުގެ ވެރިކަމެއްގައި ފްލެޓް ލިބޭ މިނިސްޓަރުންގެ ލިސްޓެއް ވެސް ނޯންނާނެ އެވެ.

ކެމްޕޭންގެ މިހާތަނަށް އައިރު 170،000 މީހުންގެ ވޯޓު ކަށަވަރުވެފައިވާ ކަމަށާއި އިންތިޚާބު މިހާރު އޮތީ އިދިކޮޅަށް ކަށަވަރުވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

"އާދީއްތަ ދުވަސް ވާނީ އަޅުގަނޑުމެން މިއެދޭ އުއްމީދުތަކުގައި ކުލަ ޖެހިގެންދާނެ ދުވަހަށް،" އިބޫ ވިދާޅުވި އެވެ.