Roadha Mihaaru
ކޮކޫންގެ ދެވަނަ ރިސޯޓް އަންނަ ފެބްރުއަރީ މަހު ހުޅުވަނީ

ކޮކޫންގެ ދެވަނަ ރިސޯޓް އަންނަ ފެބްރުއަރީ މަހު ހުޅުވަނީ

26 ޑިސެމްބަރ 2018

ކޮކޫން މޯލްޑިވްސް އިން ތަރައްގީ ކުރާ "ޔޫ އެންޑް މީ" ރިސޯޓް އަންނަ އަހަރު ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ކޮކޫން މޯލްޑިވްސް އިން ތަރައްގީ ކުރާ "ޔޫ އެންޑް މީ" ރިސޯޓް އަންނަ އަހަރު ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި އެވެ.

ހަމައެކަނި ހަނީމޫނަށް އަންނަ ފަތުރުވެރިންނާއި 16 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކޮށްގެން ރ. އަތޮޅުގައި ތަރައްގީކުރާ އެ ރިސޯޓުގައި ފަސް ރެސްޓޯރަންޓް ހިމެނޭނެ އެވެ. އެގޮތުން ޖަޕާނާއި އިޓަލީގެ މީރު ތަފާތު ކެއުންތައް އެ ރެސްޓޯރަންޓްތަކުން ލިބޭނެ އެވެ.

ކޮކޫން މޯލްޑިވްސުން ތަރައްގީ ކުރާ 'ޔޫ އެންޑް މީ' ރިސޯޓު | ފޮޓޯ: ކޮކޫން މޯލްޑިވްސް

ކޮކޫން މޯލްޑިވްސުން ތަރައްގީ ކުރާ 'ޔޫ އެންޑް މީ' ރިސޯޓު | ފޮޓޯ: ކޮކޫން މޯލްޑިވްސް

އެ ރިސޯޓުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ރެސްޓޯރަންޓަކީ 'އެޗްޓޫއޯ ބައި ލަގޯ' އެވެ. ކަނޑު އަޑީގައި ހަދާފައިވާ އެ ރެސްޓޯރަންޓަކީ ލޯބިވެރިންނާއި، ހަނީމޫނަށް އަންނަ ފަރާތްތަކަށް ވަރަށް ހާއްސަ ތަނަކަށް ވެގެން ދާނެ އެވެ.

މިރިސޯޓަށް ދިއުމަށް އިފުރު ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުކޮށް، 20 މިނެޓުގެ ލޯންޗު ދަތުރެއް ކުރަން ޖެހެ އެވެ. އަދި ފަތުރުވެރިން ބޭނުންވާ ނަމަ 45 މިނެޓުގެ ސީ ޕްލޭން ދަތުރަކުން ވެސް އެ ރިސޯޓަށް ދެވޭނެ އެވެ.

ކޮކޫން މޯލްޑިވްސުން ތަރައްގީ ކުރާ 'ޔޫ އެންޑް މީ' ރިސޯޓު | ފޮޓޯ: ކޮކޫން މޯލްޑިވްސް

ކޮކޫން މޯލްޑިވްސުން ތަރައްގީ ކުރާ 'ޔޫ އެންޑް މީ' ރިސޯޓު | ފޮޓޯ: ކޮކޫން މޯލްޑިވްސް

ކޮކޫން މޯލްޑިވްސްގެ ފުރަތަމަ ރިސޯޓަކީ ޅ. އޫކޮޅުފިނޮޅުގައި ތަރައްގީކޮށްފައިވާ ފަސް ތަރީގެ ރިސޯޓެކެވެ. ވެލާނާ އިންޓެނޭޝަނަލް އެއާޕޯޓުން މަތިންދާ ބޯޓުގައި 40 މިނެޓުން ދެވޭ ހިސާބު ދުރުގައި އޮންނަ އެ ރިސޯޓަކީ 150 ވިލާ އާއި އެކު ތަރައްގީކޮށްފައިވާ ތަނެކެވެ.