Roadha Mihaaru
ގަލްފުގެ ތެޔޮ ހުއްޓުވާނެކަމުގެ އިޝާރާތެއް އީރާނުން ދީފި

ގަލްފުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވާނެކަމުގެ އިޝާރާތެއް އީރާނުން ދީފި

22 ޖުލައި 2018

ތެހެރާން (ޖުލައި 22) - އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވައިފި ނަމަ ސަރަހައްދީ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ދެއްވާފައިވާ އިޝާރާތަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތާއީދު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖުލައި 22) - އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވައިފި ނަމަ ސަރަހައްދީ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ދެއްވާފައިވާ އިޝާރާތަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތާއީދު ކުރައްވައިފި އެވެ.

ޖުލައި 3 ވަނަ ދުވަހު ރޫހާނީގެ އިންޒާރު އައިސްފައި ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިަޔަވަޅު އަޅަން މަސައްކަތް ކުރަން ފެށުމުންނެވެ. ސަރަހައްދުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ރޫހާނީ ވިދާޅުވެފައެއް ނުވެ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ހޮރްމޫޒް ކަނޑުއޮޅިން ދުވާލަކު ވަނީ 18.5 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅި އީރާނުގެ އިތުރުން ގަލްފުގެ ހުރިހާ ގައުމުތަކުން ވެސް ބޭނުން ކުރެ އެވެ.

"އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައިފި ނަމަ ސަރަހައްދުގެ އެހެން ގައުމުތަކުގެ ތެލުގެ އެކްސްޕޯޓް ވެސް ކުރިއަކަށް ނުގެންދެވޭނެ،" ޚާމަނާއީ އިއްޔެ ވިދާޅުވި އެވެ.

އީރާނުގެ ރައީސް އާއި ރޫހީ ލީޑަރު މިހެން ވިދާޅުވި އިރު އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ ނޮވެމްބަރު 4 އިން ފެށިގެން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް، ނިއުކްލިއާ އެއްބަސްވުމުގެ ދަށުން ލުއި ދިނުމާ އެކު އީރާނުން 2016 ވަނަ އަހަރު ވަނީ 41 ބިިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރި ކޮށްފަ އެވެ. އަދި 2017 ވަނަ އަހަރު ވަނީ 50 ބިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރި ކޮށްފަ އެވެ.

ޚާމަނާއީ ވިދާޅުވީ އެމެރިކާއާ އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރާނެ ކަމަށާއި އެއީ އެއްވެސް އެއްބަސްވުމަކަށް އިހްތިރާމް ކުރާ ބައެއް ނޫން ކަމަށެވެ.