ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކޮންމެ މަގާމަކަށް ވަޑައިގަންނަވާނެ ކަމަށާއި އެ ޔަގީންކަން ފުރަތަމަ ދުވަހު ވެސް އެމަނިކުފާނަށް ދެއްވާފައި ވާނެ ކަމަށް ހޯމް މިނިސްޓަރުކަމުން މިއަދު ވަކިކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
01 އޯގަސްޓް 2016
ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކޮންމެ މަގާމަކަށް ވަޑައިގަންނަވާނެ ކަމަށާއި އެ ޔަގީންކަން ފުރަތަމަ ދުވަހު ވެސް އެމަނިކުފާނަށް ދެއްވާފައި ވާނެ ކަމަށް ހޯމް މިނިސްޓަރުކަމުން މިއަދު ވަކިކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު ކަމުގައި 40 ދުވަސް ހަމަ ނުވަނީސް އަދި ރައްޔިތުންގެ މަޖިލިހުން ރުހުން ވެސް ނުދީ އުޅެނިކޮށް، މަގާމު ބަދަލުކުރުމާ ގުޅިގެން "މިހާރު" އިން ދެންނެވި ސުވާލުތަކަކާ ގުޅިގެން ޒުހޫރު ވިދާޅުވީ މި ބަދަލު ގެންނެވީ ރައީސް ޔާމީން ބޭނުންފުޅުވެގެން ކަމަށެވެ.
"ހޯމް މިނިސްޓަރު ވީމާ ބައެއް މީހުންނަށް ހީވެދާނެ ގޯހެއް އުޅެނީ ކަމަށް. އެގޮތަށް ވިސްނަން ބޭނުންވާ ބަޔަކަށް އެހެން ހީވެދާނެ. އެކަމަކު އެއްވެސް ގޯހެއް އޮވެގެނެއް ނޫން ރައީސް މި ބަދަލު ގެންނެވީ. އަޅުގަނޑުގެ ގުޑްވިލްއާ އެކު މިކަން މިކުރެއްވީ،" ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ހެލްތު މިނިސްޓަރުކަން އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރު މުއްދަތަކަށް ކުރެއްވި ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ އޭނާ އަކީ ގިނަ ހުނަރުތަކެއް ހުރި ބޭފުޅަކަށް ވާތީ އޭގެ ބޭނުން ހިއްޕަވަން ރައީސް ބޭނުންފުޅުވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ހާއްސަކޮށް މެނޭޖްމަންޓަކީ އޭނާގެ ދާއިރާ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އޭގެ އިތުރުން ފައިނޭންސް ދާއިރާ އަކީ ވެސް އޭނާގެ ބެކްގްރައުންޑެއް ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"ހޯމް މިނިސްޓަރުކަމުގައި ހުރިއިރު ވެސް އަޅުގަނޑު ބޮޑަށް އިސްކަންދިނީ މެނޭޖްމަންޓް ރަނގަޅު ކުރަން. އެ މިނިސްޓްރީ ޕީއެސް ކައިރިން އައްސަަވާ ގެނައި ބަދަލުތައް. އެބޭފުޅުން ވިދާޅުވާނެ. ސަރުކާރުން ބޭނުންވަނީ ކަންކަން ހަމަޔަކަށް އަޅުވަން. އެހެންވީމާ ހޯމް މިނިސްޓްރީގައި ވެސް އެ މަސައްކަތް އަޅުގަނޑު ކުރީ،" ރައީސް ޔާމީންގެ ސަރުކާރުގައި މިހާތަނަށް އެންމެ ގިނަ ސިޔާސީ މަގާމުތައް ފުރުއްވި ޒުހޫރު ވިދާޅުވި އެވެ.
"މާދަމާ އެހެން ތަނަކަށް އަޅުގަނޑު ހަމަޖެއްސިޔަސް އެތަނަކަށް ނުކުންނާނަން."
ހޯމް މިނިސްޓަރުކަމުން ޒުހޫރު ވަކިކުރައްވައި އެ މަގާމަށް ރައީސް ޔާމީން މިއަދު އައްޔަން ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދެވެ.
ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ
ކުރީގެ ޑީސީޕީ ސައުދީއަށް ޔޫތު މިނިސްޓްރީގެ ނައިބުކަން
ސިޔާސީ ބައެއް މަގާމުތަކަށް ރައީސް ބަދަލުގެންނަވައިފި
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް މުހްސިން
ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް
ސަރުކާރުގެ ބައެއް އިސްބޭފުޅުން މަގާމުން ވަކިކޮށްފި
ގުބާދު ސަރުކާރުން ވަކިކޮށްފި
ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922: ރައީސް އޮފީސް
ނަރީޝް، ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް
ސިޔާސީ މަގާމުތަކުގައި ތިބެ ވަކާލާތު ނުކުރެވޭތީ ކޯޓަށް