Roadha Mihaaru

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް މުހްސިން

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ޑރ. އަބްދުލްމުހްސިން މުހައްމަދު ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް މުހްސިން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

14 އޯގަސްޓް 2017

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ޑރ. އަބްދުލްމުހްސިން މުހައްމަދު ހަމަޖައްސައިފި އެވެ.

މުހްސިން މިހާތަނަށް ހުންނެވީ، އެނގިފައިވާ ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއެއްގައި މަގާމުގަ އެވެ.

ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މުހްސިން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއާޕަސަން ކަމާއި ރައީސް އޮފީހުގައި އުފައްދާފައިވާ ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ.