އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރު އެ މަގާމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވަކިކުރައްވައިފި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރު އެ މަގާމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވަކިކުރައްވައިފި އެވެ.
ގުބާދު "މިހާރު" އަށް ވިދާޅުވީ މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެކަމަކު އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުބާދު ވިދާޅުވީ މަގާމުން ވަކިކުރެއްވީ އޭނާ ޕީއެޗް.ޑީ ނިންމެވިތާ ގާތްގަނޑަކަށް ފަސް ދުވަސް ފަހުން ކަމަށް ވުމުން އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ގުބާދު ޕީއެޗްޑީ ނެންގެވީ އިސްލާމީ އަގީދާ އާއި މުސްލިމުންގެ ފިކުރު ރައްކާތެރިކުރުމާ ގުޅޭ ގޮތުންނެވެ. ޕީއެޗްޑީ ހެއްދެވީ ތުރުކީގެ ޔުނިވަސިޓީއަކުންނެވެ.
ގުބާދު މަގާމުން ވަކިކުރެއްވީ، ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ހުކުރުދުވަހުގެ ހުތުބާ ލިޔުއްވުމުން ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް އޭނާ ދޮގުކުރައްވަ އެވެ.
ހުތުބާ ފާސްކުރާ ކޮމިޓީގައި ވެސް އިންނަވާ ގުބާދު ވިދާޅުވީ، ކޮރަޕްޝަނާއި ރިޝްވަތުގެ ހުތުރު އަމަލާ ދެކޮޅު ހުތުބާ ލިޔުއްވުމުގައި ވެސް އަދި އެ ފާސްކުރުމުގައި ވެސް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
"ހުތުބާ ދިން އިރު އަޅުގަނޑު ހުރީ 11 ދުވަހުގެ ޗުއްޓީއެއްގައި. ކޮންމެ ހަފުތާއެއްގެ ހުތުބާ ވެސް ލިޔުމަށް ފަހު ކޮމިޓީ އަށް ގެންނާނެ. އެހެންވީމަ ތިޔަ ވިދާޅުވާ ހުތުބާ ފާސްކުރި ކޮމިޓީގައި ވެސް އަޅުގަނޑެއް ނުހުންނާނެ އެއީ އަޅުގަނޑުގެ ޗުއްޓީ ދުވަސްވަރަށް ވުމުން،" ގުބާދު ވިދާޅުވި އެވެ.
ގުބާދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ފަހުން އައި ކޮންމެ ސަރުކާރެއްގައި ވެސް އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ
މުހައްމަދު ދީދީ އަނެއްކާވެސް ސްޓޭޓް މިނިސްޓަރު ކަމަށް
ކުރީގެ ޑީސީޕީ ސައުދީއަށް ޔޫތު މިނިސްޓްރީގެ ނައިބުކަން
ސިޔާސީ ބައެއް މަގާމުތަކަށް ރައީސް ބަދަލުގެންނަވައިފި
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް މުހްސިން
ފަތުވާދޭ މަތީ މަޖިލީހުގެ ރައީސަކަށް ޝައިޚް ރަޝީދު
ސަރުކާރުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަވައިފި
ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް
ސަރުކާރުގެ ބައެއް އިސްބޭފުޅުން މަގާމުން ވަކިކޮށްފި
"ރައީސް ވިދާޅުވި ކޮންމެ މަގާމެއްގައި ދެމިހުންނާނަން"