20 ޖޫން 2016
ދުނިޔޭގެ އާބާދީގެ 80 ޕަސެންޓަކީ ރޭގަނޑު އެކަށީގެންވާ ވަރަށް ވުރެ ގަދަ އަލީގެ ތެރޭގައި އުޅޭ މީހުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދުނިޔޭގެ އާބާދީގެ 80 ޕަސެންޓަކީ ރޭގަނޑު އެކަށީގެންވާ ވަރަށް ވުރެ ގަދަ އަލީގެ ތެރޭގައި އުޅޭ މީހުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އާޓިފިޝަލް އަލި މާބޮޑަށް ގަދަވުން ނުވަތަ ގިނަވުން "ލައިޓް ޕޮލިއުޝަން"ގެ ގޮތުގައި ބެލެވިފައި ވާއިރު މިއީ ސިއްހީ ގޮތުން އެކި މައްސަލަތައް މެދުވެރި ކުރުވާ ކަމެކެވެ. ރޭގަނޑު ދުނިޔޭގެ މަތިން ނަގާފައިވާ ފޮޓޯތައް ދިރާސާކުރުމަށް ފަހު "ސައިންސް އެޑްވާންސަސް" ގައި ބުނެފައި ވަނީ ރޭގަނޑު އެންމެ ގަދަ އަލީގައި އެންމެ ގިނައިރު އުޅެނީ ސިންގަޕޫރު، ކުވައިތު އަދި ގަތަރުގައި ކަމަށެވެ.
އަނެއްކޮޅުން، ޗާޑް، ސެންޓްރަލް އެފްރިކަން ރިބަޕްލިކް އަދި މަޑަގަސްކަރް އަކީ ރޭގަނޑު އެންމެ ކުޑަކޮށް އަލިކަން ހުންނަ ގައުމުތަކެވެ.
ޖާމަން ރީސާޗް ސެންޓަ ފޯ ޖިއޯސައިންސަސްގެ ޑރ. ކްރިސްޓޮފާ ކައިބާ ވިދާޅުވެފައި ވަނީ އާޓިފިޝަލް އަލިތައް ރޭގަނޑު ފޯރުމަށް ވަރަށް ގިނަ ވަސީލަތްތައް މެދުވެރިވާ ކަމަށެވެ.
"މަގުމަތީގައި ހުންނަ ބޮކިތައް އެއީ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްޗަކީ. އިމާރާތްތަކުގެ ކުޑަދޮރުންނާއި ކާރުތަކުގެ ހެޑްލައިޓުން އަދި މަގުމަތީގައި ހުންނަ ބިލްބޯޑުތަކުން ވެސް ވަރަށް ގަދަޔަށް ރޭގަނޑު އަލިވޭ،" ކައިބާ ވިދާޅުވެފައިވެ އެވެ.
ރޭގަނޑު ތަންތަން ބެލުމަށް ގުދުރަތީ ގޮތުން ލޮލަށް ލިބިފައިވާ ގާބިލްކަން 14 ޕަސެންޓް މީހުން ބޭނުމެއް ނުކުރޭ
ދުނިޔޭގެ އެކި ހިސާބުތަކުގައި އަލި ހުންނަ މިންވަރު ބެލުމަށް ފަހު ބުނެފައި ވަނީ މުޅި ދުނިޔޭގެ އާބާދީގެ 83 ޕަސެންޓް މީހުން ރޭގަނޑު އުޅެނީ މާ ގަދަ އަލީގައި ކަމަށެވެ. އެގޮތުން، އެމެރިކާ އާއި ޔޫރަޕްގެ 99 ޕަސެންޓް މީހުންނަކީ މާ ގަދަ އަލީގައި އުޅޭ މީހުންނެވެ. އަދި 10 ޕަސެންޓް މީހުންނަކީ ގުދުރަތީ ގޮތުން ހުންނަންޖެހޭ އަލިކަމަށް ވުރެ ވެސް ގަދަ އަލީގައި އުޅޭ މީހުންނެވެ.
"ރޭގަނޑު ތަންތަން ބެލުމަށް ގުދުރަތީ ގޮތުން ލޮލަށް ލިބިފައިވާ ގާބިލްކަން 14 ޕަސެންޓް މީހުން ބޭނުމެއް ނުކުރެ،" ޑރ. ކައިބާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ރޭގަނޑު ވެސް މިހާރު ގިނަ އަދަދެެއްގެ ބަޔަކު ލޮލުގެ ބޭނުން ހިފަނީ ދުވާލު ތަންތަން ބެލުމަށް ބޭނުންކުރާ ގޮތަށް ކަމަށެވެ.
ސައިންސްވެރިން ވިދާޅުވަނީ ދުވާލާއި ރޭގަނޑު ހަށިގަނޑަށް އޮޅޭ މިންވަރަށް އަލި ގަދަވުމުގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންގެ ނިދުމުގެ އާދަ އަށް ބަދަލު އައިސް އެކަމާ ގުޅުން ހުރި އެކި ބަލިތައް ޖެހުމަށް މެދުވެރިވަމުން އަންނަ ކަމަށެވެ.
އައިސް އޭޖްގެ މޫދު ލޮނު ރާއްޖެ ސަރަހައްދުން ފެނިއްޖެ
130 މިލިޔަން އަހަރުވީ ގްރެވިޓޭޝަނަލް ވޭވެއް ހޯދައިފި
ބުޅާ ގެންގުޅުމުގެ ފައިދާ އާއި ގެއްލުން
ކަދުރު: ގުދުރަތީ ބޭސް ގުޅައެއް
ސިއްހީ ދާއިރާގެ ވަރަށް ބޮޑު ހަތަރު ކަމެއް
ވީޑިއޯ ގޭމް ކުޅެގެން ގެއްލުން ވާނެތަ؟
އިންސާނާގެ އެތެރެހަށިން އާ ގުނަވަނެއް ފެނިއްޖެ
ކަނޑުގެ އަޑީގައި އޮންނަ ކޯރެއް ފެނިއްޖެ
މިހާރު ދުވަސް ކުރުހެން ހީވަނީ ކީއްވެ؟
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ