06 ނޮވެމްބަރ 2016
ގަލްފް އޮފް މެކްސިކޯ ސަރަހައްދުގެ ކަނޑު އަޑީގައި އޮންނަ ކޯރެއް ސައިންސްވެރިންނަށް ފެނިއްޖެ އެވެ.
ގަލްފް އޮފް މެކްސިކޯ ސަރަހައްދުގެ ކަނޑު އަޑީގައި އޮންނަ ކޯރެއް ސައިންސްވެރިންނަށް ފެނިއްޖެ އެވެ.
ސައިންސްވެރިން ބުނަނީ މިފަދަ ތަނެއް ބަލައިލުމުގެ ޝައުގުވެރިކަން ކިތަންމެ ބޮޑަސް އެތަން ބަލަން އުޅެގެން ފުރާނަ ގެއްލިދާނެ ކަމަށެވެ.
މި ކޯރުގެ ވަށައިގެން އައްސޭރިފަށެއް ވެސް ލެވިފައިވެ އެވެ.
ޓެމްޕްލް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަ އޮފް ބައޮލޮޖީ އެރިކް ކޯޑްސް މި ކޯރުގެ ދިރާސާއެއް ހެއްދެވުމަށް ފަހު ވިދާޅުވެފައި ވަނީ މިއީ އަޖައިބުން ފުރިފައިވާ ތަނެއް ކަމަށެވެ.
ގަލްފް އޮފް މެކްސިކޯ ގެ ކަނޑު އަޑިން ސައިންސްވެރިން ހޯދި ފެންގަނޑު
"ކަނޑުގެ އެންމެ ފުނުގައިވާ، އިންތިހާއަށް ހައިރާންކުރުވަނިވި ތަނެއް އެއީ. ކަނޑުގެ އެންމެ އަޑިއަށް ގޮސް ބަލާލާއިރު އޮއިދެމޭ ފެންގަނޑެއް ނުވަތަ ކޯރެއް ފެނުމަކީ ބޮޑު އަޖައިބެއް. އެވަގުތު އެހެން ދުނިޔޭގައި އުޅެވޭ ކަމުގެ އިހްސާސް ކުރެވެނީ،" ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.
ސައިންސްވެރިން މިތަނަށް ދީފައިވާ ނަމަކީ "ޖަކޫޒީ އޮފް ޑިސްޕެއާ" އެވެ.
މި ކޯޜުގެ ލޮނުކަން އޭގެ ވަށައިގެންވާ ސަރަހައްދުގައި ހުންނަ ވަރަށް ވުރެ ފަސް ގުނަ އިތުރެވެ. އަދި އޮކްސިޖަން ހުރީ ވަރަށް މަދުންނެވެ. އެއްގޮތަކަށް ވެސް ނެތޭ ބުނާހާ މަދުންނެވެ. އެހެންކަމުން މި ފެންގަނޑަށް ވެއްޓޭ ދިރޭ އެއްޗަކަށް ސަލާމަތް ވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
މި ކޯރު ހަގީގަތުގައި ވަރަށް ކުޑަ އެވެ. ހުރަހަށް ހުންނަނީ ގާތްގަނޑަކަށް 25 މީޓަރެވެ.
ކޯރު އޮތީ ކަނޑުގެ އެތައް ސަތޭކަ މީޓަރެއްގެ އަޑީގަ އެވެ. ނަމަވެސް މި ކޯރާ ކައިރިވެއްޖެ ނަމަ އިންސާނާ މަރުވަނީ ފެންގަނޑުގެ ލޮނުކަމަކުންނެއް ނޫނެވެ. މި ފެންގަނޑުގައިވާ މީތޭން އާއި ހައިޑްރޯޖަން ސަލްފައިޑްގެ ވިހައިގެ ސަބަބުންނެވެ.
މި ކޯރާއި އޭގެ ވަށައިގެންވާ ފެންގަނޑު ވަކިވެފައި ވަނީ ވެސް މި މާއްދާތަކުގެ ސަބަބުންނެވެ. ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ވަކިން ފެންގަނޑެއް އޮންނަ ސިފަ ގެނެސްދެނީ ވެސް މި ފެނުގައިވާ މާއްދާތަކުގެ ސަބަބުންނެވެ.
މި ކޯރުގެ ވިހަކަމުން މިތަނުގައި އުޅެވޭނީ ހަމައެކަނި ޝްރިމްޕް އާއި ޓިއުބު ވޯމްސް އަދި ބެކްޓީރިއާ ފަދަ މިފަދަ މާހައުލުތަކުގައި އުޅެވިދާނެ ވަރަށް މަދު އެއްޗަކަށެވެ.
އައިސް އޭޖްގެ މޫދު ލޮނު ރާއްޖެ ސަރަހައްދުން ފެނިއްޖެ
130 މިލިޔަން އަހަރުވީ ގްރެވިޓޭޝަނަލް ވޭވެއް ހޯދައިފި
ބުޅާ ގެންގުޅުމުގެ ފައިދާ އާއި ގެއްލުން
ކަދުރު: ގުދުރަތީ ބޭސް ގުޅައެއް
ސިއްހީ ދާއިރާގެ ވަރަށް ބޮޑު ހަތަރު ކަމެއް
ވީޑިއޯ ގޭމް ކުޅެގެން ގެއްލުން ވާނެތަ؟
އިންސާނާގެ އެތެރެހަށިން އާ ގުނަވަނެއް ފެނިއްޖެ
މިހާރު ދުވަސް ކުރުހެން ހީވަނީ ކީއްވެ؟
ރޭގަނޑު އަލި ގަދަވުން ވެސް ބޮޑު މައްސަލައަކަށް
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ