Roadha Mihaaru
ކަންގަނާގެ ތައުރީފު ބޮޑުވަޒީރު މޯދީ އަށް

ކަންގަނާ ރަނާވަތުގެ ތައުރީފު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް

30 ޖުލައި 2018

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އިންޑިއާ ބޭނުންވާ ކަހަލަ ވަރުގަދަ ލީޑަރެއް ކަމަށާއި އޭނާ އަށް އަދިވެސް ބޮޑުވަޒީރު ކަމުގެ އިތުރު ދައުރެއް ދޭންޖެހޭ ކަމަށް، ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އިންޑިއާ ބޭނުންވާ ކަހަލަ ވަރުގަދަ ލީޑަރެއް ކަމަށާއި އޭނާ އަށް އަދިވެސް ބޮޑުވަޒީރު ކަމުގެ އިތުރު ދައުރެއް ދޭންޖެހޭ ކަމަށް، ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

މޯދީގެ ހަޔާތުގެ ސޮފުހާތަކެއް ކިޔައިދޭ ކުރު ފިލްމް "ޗަލޯ ޖީތޭ ހޭ" ޕްރިމިއާ ކުރަން ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގައި ކަންގަނާ ބުނީ، މޯދީއަކީ އިންޑިއާގެ މި ޒަމާނުގެ ޑިމޮކްރަސީގައި ނަމޫނާއަކަށް ބަލަން ޖެހޭ ކަހަލަ ވެރިއެއް ކަމަށެވެެ.

"އިންޑިއާ އަދި ވެސް އޮތީ އަޑިގުޑަންތަކެއްގެ ތެރޭގައި. އެއިން އަރައިގަނެވޭނީ މޯދީ ކަހަލަ ވެރިއެއްގެ ލީޑަޝިޕަކާ އެކު. އަހަރެން ގައުމު މިހާރު މިއޮތް ހާލަތުން އިތުރު ހާލަތަކަށް ދެވޭނީ ބޮޑުވަޒީރަށް އަދި އިތުރު ދައުރެއް ވެސް ދީގެން،" ކަންގަނާ ބުންޏެވެ. "ވައުދުތަކެއް ފުއްދަން ފަސް އަހަރަކުން ނުފުދޭނެ. ހުވަފެންތަކެއް އަދި އުންމީދުތަކެއް ހާސިލު ކުރަން އެއީ ވަރަށް ވެސް ކުރު މުއްދަތެއް."

އޭނާ ބުނި ގޮތުގައި ދެން އޮންނަ އިންތިހާބެއްގައި ވެސް ރައްޔިތުން ބޮޑުވަޒީރު ކަމަށް ހޮވަން އެންމެ އައުލާކަން ބޮޑީ މޯދީ އެވެ. އަދި ފާއިތުވި މުއްދަތުގެ ތެރޭގައި އެކަން ބޮޑުވަޒީރު އަމަލީ ގޮތުން ދައްކުވައި ދީފައިވާ ކަމަށް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ޓްވީޓެއް.

"އަދި އެކަމަކާ އެއްވެސް މީހަކު ދެބަސް ވާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރެވޭ. މޯދީއަކީ ވަރަށް ވެސް ހިކުމަތްތެރި، ގައުމަށް އިހުލާސްތެރި ވެރިއެއް،" ކަންގަނާ ބުންޏެވެ.

އޭނާ ބުނީ "ޗަލޯ ޖީތޭ ހޭ" އަކީ ވެސް ފިލާވަޅެއް ކަމަށާއި އެއީ ހަމައެކަނި މޯދީގެ ވާހަކަ ކިޔައިދޭ ފިލްމެއް ނޫން ކަމަށެވެ.

"އެއިން ދައްކުވައި ދެނީ ގައުމަށްޓަކައި ކޮންމެ ފަރުދަކު ވެސް ވާން ޖެހޭ ގުރުބާނީތައް،" ކަންގަނާ ބުންޏެވެ. "ގައުމު އަހަންނަށް ބޭނުންވާ ކޮންމެ ދަނޑިވަޅަކަށް އަހަރެން ވެސް ހުންނާނީ ނުކުންނަން ތައްޔާރަށް. މީގެ މާނައަކީ ކޮންމެހެން ކަމާކަން ފަށާފައި ސިޔާސީ ދާއިރާ އަށް ނުކުންނަ ވާހަކައެއް ނޫން."

ފިލްމް ގޭންގްސްޓާ (2006) އިން ބޮލީވުޑަށް ނުކުތް ބަތަލާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރާ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.