Roadha Mihaaru
އެންސިސްގެ ފައިސާ ފޭރިގަނެގެން ހަ މީހަކު ހައްޔަރުކޮށްފި

އެންސިސްގެ 2.7 މިލިޔަން ރުފިޔާ ފޭރުނު މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފި

05 އޯގަސްޓް 2018

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލެއިން ފޭރިގަތް މައްސަލައިގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލެއިން ފޭރިގަތް މައްސަލައިގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ފައިސާތައް ފޭރިގަތީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފު ވެހިކަލަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށްވެ އެވެ.

އެ މީހުން ތިބީ، މޫނު ނިވާނުކޮށް ކަމުން، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރާނެ ކަމަށް އެންސިސް އިން ބުނެފައިވެ އެވެ.

ފުލުސް އޮފީހުން ބުނީ އެ މައްސަލައިގައި ހަ މީހަކު ހައްޔަރުކުރީ ހަމަ އެދުވަހު ކަމަށެވެ. ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ ހުޅުމާލޭގައި މިހާ ބޮޑު އަދަދެއްގެ ފައިސާ ފޭރިގެން ފުރަތަމަ ފަހަރެވެ. އަދި ފިހާރަތަކާއި ސައިހޮޓާތައް ވެސް ހުންނަ، އާއްމުން ގިނަ ސަރަހައްދަކުން، ދުވާލު ގަޑީގައި އެފަދަ އަމަލެއް ހިންގުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.