ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި މަޖިލީހަށް ވަޑައިގަތުމުން، ފުލުހުން އެކަމަށް ހުރަސްއަޅައި އެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ފޮނުވާލައިފި އެވެ.
01 އޯގަސްޓް 2018
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި މަޖިލީހަށް ވަޑައިގަތުމުން، ފުލުހުން އެކަމަށް ހުރަސްއަޅައި އެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ފޮނުވާލައިފި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން 10 މެމްބަރުން މިއަދު މަޖިލީހަށް ވަޑައިގަތީ ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުން، އެ ބޭފުޅުން މަޖިލީހުން ވަކިނުވާ ކަން ކަށަވަރުވާތީ ކަމަށް ވިދާޅުވެ އެވެ. މިއަދު ހެނދުނުން ފެށިގެން ފުލުހުން އޮތީ މަޖިލިސް ސަރަހައްދު ބަންދުކޮށްފަ އެވެ.
މިއަދު އެކެއް ޖެހިއިރު އޮތް މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް 10 މެމްބަރުން ވަޑައިގަނެ، ސަރަހައްދު ބަންދުކޮށްގެން ތިބި ފުލުހުންނަށް، އެ މެމްބަރުންނަށް މަޖިލީހުން ދީފައިވާ ކާޑު ދެއްކުމުން ވެސް މަޖިލީހަށް ވަނުމަށް ފުރުސަތެއް ނުދިނެވެ.
މެމްބަރުން ފުލުހުންނަށް އެމެމްބަރުންގެ ލާޑު ދައްކާލަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން މަޖިލީހަށް މިއަދު ވަޑައިގަތީ، ޖަލު ބަންދުގައި ހުންނެވި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން ފިޔަވައި ދެން ހިމެނޭ 10 މެމްބަރުންނެވެ.
މީގެ ކުރިންވެސް އެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމުން ސަލާމަތީ ބާރުތަކުން އެ ފުރުސަތެއް ނުދެ އެވެ. އޭގެ ތެރެއިން ބައެއް ފަހަރު ފުލުހުންނާ ކުރިމަތިލުންތައް ވެސް ހިނގާފައިވެ އެވެ. ނަމަވެސް މިއަދު އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.
ބާރަ މެމްބަރުންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ މަޖިލިސް މިހާރު ހިންގަމުން ދާ ގޮތުން ޖަލްސާތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަކީ ރައްޔިތުންގެ ވޯޓުން މަޖިލީހަށް އިންތިހާބުވި މެމްބަރުން ކަމަށްވާތީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރު އަލީ ޝާހް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ފެބްރުއަރީ 1 ގެ އެ އަމުރުގައި 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް އެ ބައި ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސްގެ ނިންމުމާ ގުޅިގެން އެ 12 މެންބަރުން ވަކިވަކިން ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
ބައި އިލެކްޝަން ހުއްޓުވަން ނުކުންނަންޖެހޭ: މައުމޫން
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
"ނިންމުން ބާތިލްކުރުމުން ބަލަނީ ގޮނޑި ގެއްލުނުކަމަށް"
12 މެމްބަރުންނާ ބެހޭ އީސީގެ ނިންމުން ބާތިލު ކޮށްފި
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ