Roadha Mihaaru
އަފްތާބް ފިލްމު ކުންފުންޏެއް އުފައްދައިފި

އަންހެނުންނާ ގުޅިގެން އަފްތާބް ޝިވްދަސާނީ ފިލްމު ކުންފުންޏެއް އުފައްދައިފި

22 ޖުލައި 2020

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބޮލީވުޑްގެ އެކްޓަރު އަފްތާބް ޝިވްދަސާނީ އާއި އަންހެނުން ނިން ދުސަންޖް ގުޅިގެން ފިލްމު ކުންފުންޏެއް އުފައްދައި، ޕްރޮޑިއުސަރަކަށްވާން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބޮލީވުޑްގެ އެކްޓަރު އަފްތާބް ޝިވްދަސާނީ އާއި އަންހެނުން ނިން ދުސަންޖް ގުޅިގެން ފިލްމު ކުންފުންޏެއް އުފައްދައި، ޕްރޮޑިއުސަރަކަށްވާން ނިންމައިފި އެވެ.

އެ ދެ މީހުންގެ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ މައުންޓް ޒެން މީޑިިއާ އެވެ. މީގެ ދަށުން ފީޗާ ފިލްމާއި ޑިޖިޓަލް ކޮންޓެންޓާއި ޑޮކިއުމަންޓަރީ ފަދަ އުފެއްދުންތައް ގެނެސްދޭނެ އެވެ. އަފްތާބާއި ނިން ކައިވެނިކުރީ 2014 ގަ އެވެ.

އުމުރުން 42 އަހަތުގެ އަފްތާބަކީ ވަރަށް ކުޑައިރު ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފިލްމީ ދާއިރާ އަށް ނުކުތް އެކްޓަރެކެވެ. އޭނާ ކުޑައިރު ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ" އާއި "ޗަލްބާޒް" އަދި "ޝެހެންޝާހް" ހިމެނެ އެވެ. އަފްތާބް ލީޑިން އެކްޓަރެއްގެ ގޮތުގައި ނުކުތީ 1999 ގެ ފިލްމު "މަސްތު" އިންނެވެ.

އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ސެޓާޒް" އިންނެވެ. އަފްތާބަކީ އަކީ އިންދަރު ކުމާރު ގެނެސްދޭ އެޑަލްޓް ކޮމެޑީ ފްރެންޗައިޒް "މަސްތީ" އާއި އެކްތާ ކަޕޫރްގެ ފްރެންޗައިޒް "ކިޔާ ކޫލް ހެ ހަމް" ގެ އެއް ބަތަލެވެ.

އަފްތާބް ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަގެ ތެރޭގައި "ހަންގާމާ" އާއި "ކަސޫރު" އާއި "1920: އީވިލް ރިޓާންސް" ހިމެނެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ޓޮމް، ޑިކް އެންޑް ހެރީ 2" އެވެ.