"ފަރުކޮއެ" ޕްރޮގްރާމްގެ ވެބްސައިޓަކާ އެކު ފަރުކޮއެ މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފި އެވެ.
09 އޯގަސްޓް 2018
"ފަރުކޮއެ" ޕްރޮގްރާމްގެ ވެބްސައިޓަކާ އެކު ފަރުކޮއެ މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފި އެވެ.
ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ފަރުކޮއެ ޕްރޮގުރާމުގެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ފަރުކޮއެ މަޝްރޫއަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލައި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ މައްޗަށް ހޭލުންތެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ފަރުތަކުގެ ރީތި ކަމާއި ނާޒުކުކަން އެނގިގެންދާނީ އެ މަންޒަރު އަމިއްލަ އަށް ބަލާލުމުން ކަމަށާއި އެކަން ތަޖުރިބާކުރުމަކީ ކޮންމެ ކުއްޖަކަށް ވެސް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގެ 40 ޕަސެންޓް ދަރިވަރުން މިހާރު ފަރުކޮއެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުދިން ފޮތުން ކިޔެވުމުގެ ބަދަލުގައި ކުދިންނަށް ކަންތައްތައް ދަސްވާނީ އަމިއްލަ އަށް ތަޖުރިބާ ކޮށްގެން. އޭގެ ތެރެއިން އެ ކުދިންނަށް އަމިއްލަ އަށް އޭގެ މާނަ ދަސްވެގެންދާނެ ކަމަށް ވާތީ، މިނިސްޓްރީގެ ހުރިހާ ކަމެއް މި ބައްޓަން ވެގެންދަނީ އަމިއްލަ ތަޖުރިބާގެ މައްޗަށް." މިނިސްޓަރު ޝިހާމް ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން މި ސަރުކާރުގެ ތައުލީމީ ނިޒާމުގެ ތެރޭގައިވާ އަމާޒަކީ ތަހުޒީބު މުޖްތަމައަކަށް ތައުލީމު ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ޕްރޮގުރާމަށް ފަހު އެ ކުދިން އަމިއްލަ އަށް ފަރުތައް ރައްކާތެރި ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފަރުކޮއެ ޕްރޮގުރާމުގައި ބައިވެރިވި އިމާދުއްދީން ސްކޫލުގެ ދަރިވަރެއް ބުނީ މި ފްރޮގްރާމުގެ ތެރެއިން އައު ކަންކަން ދަސްވެ މޫދުގެ ވަރަށް ރީތި މަންޒަރުތައް ފެނިގެންދިޔަ ކަމަށެވެ. އަދި އެ މަންޒަރުތަކުގެ އިތުރުން ޕްލާސްޓިކް ފުޅި ފަދަ ތަކެތި ފަރުތަކުގައި ހަރުލާފައިވާ ތަން ފެނުނު ކަމަށާއި ޕްލާސްޓިކް ފަދަ ތަކެތި މޫދަން އެޅުން އެންމެން ވެސް ހުއްޓަންޖެހޭ ކަމަށް އެ ދަރިވަރު ބުންޏެވެ.
ފަރުކޮއެ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނާއި އެ ކަމުގައި އެހީތެރިވެދޭ ބައެއް ޖަމިއްޔާތަކުގެ މަސައްކަތްތައް މިއަދާއި މާދަމާ ނޭޝަނަލް އާޓް އެގްޒިބިޝަންގައި ދައްކާލާނެ އެވެ.
ފަރުކެއޮ ޕްރޮގްރާމްގެ ތެރެއިން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން ވެސް މަނާ ކުރަން ނިންމައިފަ އެވެ. އެ ގޮތުން މިހާތަނަށް 35406 ދަރިވަރުން މި ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ އިރު، ރާއްޖޭގެ 182 ސްކޫލެއްގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ރައިޝާންގެ ކާމިޔާބާ އެކު ކަލާފާނަށް ބޮޑު އުފަލެއް
ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދިނުން، ބޮޑު އަމާޒަކަށް
"ސާސްކަފުގެ ލަނޑުދަނޑިތަކަށް މަސައްކަތް ކުރާނަން"
500 ނަރުހުންނަށް ހުޅުވާލުމުން ދެ ގުނަ ކުރިމަތިލައިފި
ދުނިޔޭގެ ގަދަ 10 ގައި ދިވެހި 48 ދަރިވަރުން
ސްކޫލުތަކަށް ޕާކިސްތާނުން 15 ލެޕްޓޮޕް ހަދިޔާކޮށްފި
ގޮންޖެހުމެއް ނެތް، ދިރާސީ އާ އަހަރަކަށް
ޕްރީ ސްކޫލު ތައުލީމު މުޅި ރާއްޖެއަށް ހިލޭ ފޯރުކޮށްދެނީ
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އިތުރުކުރަނީ
އޭލެވެލްގެ ގަދަ 10ގައިި ހިމެނުނު ކުދިން %77 އިތުރު