Roadha Mihaaru
500 ނަރުހުންނަށް ހުޅުވާލުމުން ދެ ގުނަ ކުރިމަތިލައިފި

500 ނަރުހުންނަށް ހުޅުވާލުމުން ދެ ގުނަ ކުދިން ކުރިމަތިލައިފި

08 އޮކްޓޯބަރ 2017

ފަސް ސަތޭކަ ނަރުހުން ތަމްރީނު ތަމްރީންކުރަން ހުޅުވާލުމުން 1000 އަށް ވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފަސް ސަތޭކަ ނަރުހުން ތަމްރީނު ތަމްރީންކުރަން ހުޅުވާލުމުން 1000 އަށް ވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ކިޔަވަމުނ އަންނަ ނަރުހުންގެ ތެރެއިން 74 ދަރިވަރަކު އަމަލީ ތަޖުރިބާ ހޯދުމަށް މާދަމާ އިންޑިއާއަށް ފުރާތީ މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 500 ނަރުހުން ތަމްރީނު ކުރުމުގެ ޕުރޮގްރާމެއް ސަރުކާރުން ފެށި ނަމަވެސް އެއަށް ވުރެ ގިނައިން ނަރުހުން ތަމްރީން ކުރާނެ ކަމަށެވެ.

"ފަސް ސަތޭކަ ކުދިން ތަމްރީން ވިޔަސް އަޅުގަނޑުމެން އިތުރަށް ތަމްރީނުތައް ހިންގާނަން. ރާއްޖޭގެ ސިއްހީ ހިދުމަތް ދެއްވާ ފަރާތްތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ދެވޭވަރަށް. އެހެންވީމަ ކުރިއަށް އޮތް ތާގައި ވެސް މި މަސައްކަތުގައި ކުރިއަށް ދާނަން،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އަމަލީ ތަޖުރިބާ ހޯދަން މާދަމާ އިންޑިއާއަށް ފުރާ ދަރިވަރުންް - މިހާރު ފޮޓޯ: ހުސެއިން ވަހީދު

އަމަލީ ތަޖުރިބާ ހޯދަން މާދަމާ އިންޑިއާއަށް ފުރާ ދަރިވަރުންް - މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިނިސްޓަރު ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ކަރިކިއުލަމަކަށް ހިންގާ އެ ކޯހުގައި ކިޔަވާ ކުދިންނަށް ގައުމީ ޔުނިވާސިޓީގެ ސެޓްފިކެޓް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒުވާނުން ބޭނުންވާ ފަދަ ވަޒީފާތަކެއް ހޯދައިދޭން މިހާތަނަށް ޓިވެޓް މެދުވެރިކޮށް 6400 ޒުވާނުން ވަނީ އެކި ދާއިރާތަކުން ތަމްރީންކޮށްފަ އެވެ.

ނަރުހުން ތަމްރީނު ކުރުމުގެ ޕުރޮގްރް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.