14 އޯގަސްޓް 2018
ސްކޫލު ތައުލީމް ފުރިހަމަ ނުކުރާތީ ނުވަތަ ސެޓްފިކެޓެއް ނެތުމުން ވަޒީފާ ނުލިބޭ ޒުވާނުންގެ ކުރިމަގަށްޓަކައި މިއީ ލިބުނު ބޮޑު އުފަލެކެވެ. އަތުން ހަރަދެއް ނުކޮށް، ކޯސްޓްލައިން ފައުންޑޭޝަންގެ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) މިިދިޔަ ބުރާސްފަތި ދުވަހު ބ. ކިހާދޫގައި ހުޅުވި އިރު، މިއީ ރާއްޖޭގައި ވެސް ގާއިމްކުރި މިފަދަ އެންމެ ފުރިހަމަ ވޮކޭޝަނަލް ޓްރޭނިން ސެންޓަރެވެ.
ސްކޫލު ތައުލީމް ފުރިހަމަ ނުކުރާތީ ނުވަތަ ސެޓްފިކެޓެއް ނެތުމުން ވަޒީފާ ނުލިބޭ ޒުވާނުންގެ ކުރިމަގަށްޓަކައި މިއީ ލިބުނު ބޮޑު އުފަލެކެވެ. އަތުން ހަރަދެއް ނުކޮށް، ކޯސްޓްލައިން ފައުންޑޭޝަންގެ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) މިިދިޔަ ބުރާސްފަތި ދުވަހު ބ. ކިހާދޫގައި ހުޅުވި އިރު، މިއީ ރާއްޖޭގައި ވެސް ގާއިމްކުރި މިފަދަ އެންމެ ފުރިހަމަ ވޮކޭޝަނަލް ޓްރޭނިން ސެންޓަރެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ދަށުން ހިންގަމުން އަންނަ ކޯސްޓްލައިން ފައުންޑޭޝަނުން ބޮޑު ހަރަދެެއް ކޮށްގެން ގާއިމްކުރި މި ސެންޓަރުގައި މިހާރު ވެސް ރާއްޖޭގެ 12 އަތޮޅަކުން 50 ފިރިހެން ދަރިވަރުން އަންނަނީ އެކި ދާއިރާތަކުން ތައުލީމު ހާސިލް ކުރަމުންނެވެ.
އެއާ ކޮންޑިޝަން އާއި ރެފްރިޖަރޭޓަރު ދަސްކޮށްދިނުމަށް ޓިވެކްގައި ގާއިމްކޮށްފައިވާ ވޯކްޝޮޕް. -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި، ދެ ލައްކަ އަކަ ފޫޓަށް ވުރެ ބޮޑު ބިމެއްގައި ގާއިމްކުރި ސެންޓަރުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެމުން އަންނަނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތަކެވެ. މި މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ކެއުމާއި ހުރުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވަނީ އެ މަރުކަޒުގެ ތެރޭގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގަ އެވެ.
ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ ރަސްމީ ތައުލީމެއް ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށް ހާއްސަކޮށްފައިވާ އެ ފުރުސަތަށް ކުރިމަތިލާން ހުޅުވައިލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. ނަމަވެސް އެ ތަނުން އެއްފަހަރާ ކިޔަވައިދެވެނީ 50 ދަރިވަރުންނަށް ކަމަށް ވިޔްސް ކުރިމަގުގައި އެ އަދަދު 200 އަށް އިތުރުކުރާނެ ކަމަށް ނަޒީފު ވިދާޅުވި އެވެ.
ކޯސްޓްލައިން ފައުންޑޭޝަނާއެކު ރާއްޖޭގެ އެހެން ބޮޑެތި ކުންފުނިތަކުން ވެސް ޓިވެކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެކަމަކު މިހާރު ތިބީ އެ ފައުންޑޭޝަނުން ސްޕޮންސާކޮށްފައި ތިބި ދަރިވަރުން ކަމަށް ވިޔަސް، އެ މަރުކަޒުން ކިޔަވައި ނިމުމަށް ފަހު، އެ ކުންފުނީގެ ވަޒީފާއެއް އަދާކުރުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ހަމައެކަނި ޝަރުތަކީ ކޯސް ފުރިހަމަ ކުރުމެވެ.
އެ ސެންޓަރުން މިހާރު ކުރިއަށް ގެންދަނީ ތިން މަސް ދުވަހަށް ހިންގާ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެވެ. ނަމަވެސް އިތުރު ޕްރޮގްރާމްތަކާއެކު އެޑްވާންސްޑް ސެޓްފިކެޓްގެ ކޯސްތައް ފަށާނެ ކަން ވެސް ނަޒީފު ފާހަގަ ކުރެއްވި އެވެ.
ޓިވެކްގެ ދަރިވަރުންތަކެއް، އެ ތަނުގެ ކްލާހެއްގައި ބައިވެރިވެގެން.--ފޮޓޯ: ޓިވެކް
"މި ކޯސްތަކުގައި މި ކިޔަވައިދެނީ ބޭރުގެ ތަޖުރިބާކާރުން، ކޮންމެ ކޯހެއްގައި ދެ ޓްރެއިނަރުން. އެކަމަކު އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އެބަހުރި، މިހާރު ތިބި ދަރިވަރުން ގްރެޖުއޭޓް ވުމުން ދެން އަންނަ ބެޗަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ދަރިވަރުން ތިބިކަން. އަޅުގަނޑުމެން ބަޔަކު އުފައްދައިގެން ނޫނީ މިތަން ސަސްޓެއިންއެއް ނުވާނެ. އެހެންވެ އަޅުގަނޑުމެންގެ ކަމަކީ ސަސްޓެއިންކޮށް ހިންގުމަށްޓަކައި ބަޔަކު އުފެއްދުން. އާހިރުގައި ތަން ދެމިއޮންނާނީ ބަޔަކު އުފެއްދިގެން،" އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ކިހާދޫގައި ގާއިމްކުރި ޓްރެއިނިން ސެންޓަރާ ބެހޭ ގޮތުން ނަޒީފު ވިދާޅުވި އެވެ.
މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނެގުމާއި ފަސްޓްއެއިޑް ފަދަ މުހިއްމު މައުލޫމާތު ފޯރުކޮށްދޭ ކްލާސްތައް ވެސް ހިންގަ އެވެ. ތިން މަސް ދުވަހުގެ ކޯހާއެކު ވަޒީފާގެ ބާޒާރަށް ދަރިވަރުން ފުރިހަމަ އަށް ތައްޔާރުވެވޭނެ ކަމުގެ ޔަގީންކަން ޓިވެކުން ދެ އެވެ.
ކިޔެވުމުގެ ބައި ނިންމުމަށް ފަހު އިތުރު ތަމްރީން ހޯދުމަށް އެ ދަރިިވަރުން ފޮނުވަން ހަމަޖައްސާފައިވަނީ ބޮޑެތި ކުންފުނިތަކަށެެވެ.
ޓިވެކުން ކުރިއަށްގެންދާ ކޯހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ޓިވެކް
އެ މަރުކަޒުން ކިޔެވުމަށް ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ސ. ހިތަދޫން އައިސް ހުރި ހުސައިން ޝާރިފް ބުނީ އުފަން ރަށުން ކިހާދު އަށް ބަދަލުވީ އިންޖީނިއަރިންގެ ދާއިރާ އިން ކުރިއަށް ދިއުމަށް ކަމަށެވެ. އެ ގޮތުން ތިން މަސް ދުވަހުގެ ކޯހުން ވަރަށް ގިނަ ކަންތައްތައް އެނގި ދަސްވެފައިވާ ކަން އޭނާ ފާހަގަކުރި އެވެ.
ޝާރިފް ބުނި ގޮތުގައި ކޯސްޓްލައިން ފައުންޑޭޝަނުން ހުޅުވާލި ކޯހުން އޭނާގެ ކުރިމަގަށް ރަނގަޅު ފިޔަވަޅެއް އެޅިގެންދާނެ އެވެ. އެހެންވެ ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، ކޯސް ފުރިހަމަކޮށް އަމިއްލަ އަށް އާމްދަނީ ހޯދޭނެ ފަދަ މަސައްކަތެއް ކުރުމަކީ 22 އަހަރުގެ އެ ޒުވާނާގެ އުއްމީދެވެ. އެ މަގު މި ފަހިވީ ޓިވެކްގެ ސަބަބުންނެވެ.
ޓިވެކުގެ ފުރަތަމަ ބެޗުން 44ދަރިވަރަކު ގްރެޖުއޭޓުވެއްޖެ
އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ކިހާދޫގައި
ކޯސްޓްލައިންގެ ހަދިޔާ: ހިލޭ ކިޔަވައިދޭ ބޮޑު ކެމްޕަހެއް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކިލްސް ޑޭ ފާހަގަކުރަނީ
ވަޒީފާ އަށް ހާއްސަކޮށް ޓިވެޓުން ފެއާއެއް ބާއްވަނީ
ޓްރެއިނިން އެއްބަސްވުމުގައި ޓިވެކާއި ޑީޓެކުން ސޮއިކޮށްފި
"ރައީސްގެ ނިންމެވުމުން މަގުމަތިވާ ކުދިން މަދުވާނެ"
ޒުވާނުންގެ ސިޔާސަތު ބަދަލެއް ނުކުރާނަން: ރައީސް
ރައީސަށް ލަފާ ދޭން ޒުވާން 15 މެމްބަރުންގެ ކޮމިޓީއެއް
ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ