31 އޮކްޓޯބަރ 2018
ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގެ ފުރަތަމަ ބެޗުން 44 ދަރިވަރަކު މިއަދު ގްރެޖުއޭޓް ވެއްޖެ އެވެ.
ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގެ ފުރަތަމަ ބެޗުން 44 ދަރިވަރަކު މިއަދު ގްރެޖުއޭޓް ވެއްޖެ އެވެ.
ބ. ކިހާދޫގައި ހުޅުވާފައިވާ މި ސެންޓަރަކީ، އަމިއްލަ ކުންފުންޏަކުން އިޖުތިމާއީ ގޮތުން މިހާތަނަށް ފެށި އެންމެ ބޮޑު މަޝްރޫ އެވެ.
ޓިވެކުން ހިންގި ތިން ކޯހުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އިލެކްޓްރޯނިކްސް ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މައިޒާން އަހުމަދު މަނިކު ވިދާޅުވީ، ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނަ ވަރަކަށް ޓެކްނިކަލް ދާއިރާތަކުން ވެސް މީހުން ބިނާކުރަން ޖެހޭ ކަމަށެވެ. އެހެންވެ ކޯސްޓްލައިން ފައުންޑޭޝަންގެ އެ މަރުކަޒަކީ ޓެކްނިކަލް ދާއިރާތަކަށް ޒުވާނުން ތަމްރީން ކުރެވޭނެ މުހިއްމު ތަނަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އަމިއްލަ ތަނަކުން 40 އަށް ވުރެ ގިނަ ދަރިވަރުންނަށް ތަމްރީން ދިނުމަކީ އެ ދަރިވަރުންގެ މުސްތަގްބަލަށް އެޅުނު ވަރަށް ރަނގަޅު ބިންގަލެކެވެ.
މީގެ ކުރިން ވެސް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ސެންޓަރެއް އުފެއްދި ކަމަށާއި އެފަދަ ތަމްރީން ތަކަކީ އޭރު ވެސް ރާއްޖެއަށް މުހިއްމު ދާއިރާތައް ކަމަށް މައިޒާން އަހުމަދު މަނިކު ވިދާޅުވި އެވެ. އެކަމަކު ޓެކްނިކަލް ތަމްރީނު ދިނުމުގައި މިހާރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓިވެކްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރަކަށް (ކ) ސެޓްފިކެޓް ދެއްވަނީ.---ފޮޓޯ: ޓިވެކް
އޭނާ ވަނީ ޓިވެކުން ދަސްވި ކަންތައްތައް ބޭނުންކޮށްގެން ގައުމަށް ހިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ޓިވެކުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ، ޖީލެއް ބިނާވެގެން ދާއިރު ގާބިލް ޒުވާނުންތަކެއް އުފައްދަން ޖެހޭ ކަމަށެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވި ޓިވެކްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ ކަމަށް ނަޒީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަރުދަނާ ޒުވާނުންތަކެއް މުޖުތަމައުގެ ތެރެއަށް ނެރެދެވުނު ކަމުގެ ފޮނި އިހުސާސް ކުރެވިއްޖެ ކަމަށާއި މިއީ އެ މަރުކަޒަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ.
ޓިވެކުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓިވެކް
"ވަރަށް ހިތްހަމަ ޖެހިއްޖެ ގާބިލް ޒުވާނުންތަކެއް މުޖުތަމައުގެ ތެރެއަށް ނެރެދެވުނީތީ. އަޅުގަނޑުމެންނަށް ޖީލެއް ބިނާކޮށްދެވުމުގެ މަސައްކަތް މި ފެށުނީ،" ނަޒީފް ވިދާޅުވި އެވެ.
އެ ކޯހުން ގްރެޖުއެޓްވި ދަރިވަރެއް ކަމުގައިވާ ރާއިފު ރަޝީދު، 19، ބުނީ ޓިވެކުގައި ހޭދަކުރި ފަސް މަސް ދުވަހުގެ ތެރޭގައި ދިރިއުޅުމަށް ބަދަލުތަކެއް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ލިބޭނެ ވަރަށް ތަމްރީނުތައް ލިބިފައިވާ ކަމަށް ވެސް،، ހއ. ވަށަފަރަށް އުފަން ދަރިވަރު ބުންޏެވެ.
"ސެޓްފިކެޓް ލެވެލް ހަތަރެއް ފަށައިފިއްޔާ އޭގައި ބައިވެރިވާނަން. އެހެން ނޫނީ އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާނަން،" އޭސީ މަރާމާތުކުރުމުގެ ކޯހުގައި ބައިވެރިވި ޒުވާނާ ބުންޏެވެ.
ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާ ކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތައް ހިންގާ ސެންޓަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަރިވަރުން ބައިވެރިވި އެވެ. އެ މަރުކަޒުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސެޓްފިކެޓް ލެވެލް ހަތަރެއް ފެށުމެވެ. ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ. ޓިވެކުގެ ދެ ވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލާފައިވާއިރު އެ މަރުކަޒުގެ ކިޔެވުން ދެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.
ޓިވެކް: ޒުވާނުންގެ ކުރިމަގަށް އާ އުއްމީދެއް
އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ކިހާދޫގައި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކިލްސް ޑޭ ފާހަގަކުރަނީ
ވަޒީފާ އަށް ހާއްސަކޮށް ޓިވެޓުން ފެއާއެއް ބާއްވަނީ
ޓްރެއިނިން އެއްބަސްވުމުގައި ޓިވެކާއި ޑީޓެކުން ސޮއިކޮށްފި
ކޯސްޓްލައިންގެ ހަދިޔާ: ހިލޭ ކިޔަވައިދޭ ބޮޑު ކެމްޕަހެއް
"ރައީސްގެ ނިންމެވުމުން މަގުމަތިވާ ކުދިން މަދުވާނެ"
ޒުވާނުންގެ ސިޔާސަތު ބަދަލެއް ނުކުރާނަން: ރައީސް
ރައީސަށް ލަފާ ދޭން ޒުވާން 15 މެމްބަރުންގެ ކޮމިޓީއެއް
ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ