Roadha Mihaaru

ޑިސްކައުންޓާ އެކު އޭޝިއާ އަށް ތެޔޮ ވިއްކަން އީރާނުން ހުށަހަޅައިފި

ތެހެރާން (އޮގަސްޓް 13) - ޑިސްކައުންޓް ރޭޓެއްގައި އޭޝިއާގެ ގައުމުތަކަށް ތެޔޮ ވިއްކަން އީރާނުން ހުށަހަޅައިފި އެވެ.

ޑިސްކައުންޓާ އެކު އޭޝިއާ އަށް އީރާނުން ތެޔޮ ވިއްކަނީ
ހަސަން އާމިރު
ހަސަން އާމިރު

13 އޯގަސްޓް 2018

ތެހެރާން (އޮގަސްޓް 13) - ޑިސްކައުންޓް ރޭޓެއްގައި އޭޝިއާގެ ގައުމުތަކަށް ތެޔޮ ވިއްކަން އީރާނުން ހުށަހަޅައިފި އެވެ.

ހެޔޮ އަގުގައި އީރާނުން ތެޔޮ ވިއްކުމުގެ މަސައްކަތް ފަށަން އުޅެނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން އެމެރިކާ އިން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އަގު ހެޔޮކޮށް ތެޔޮ ވިއްކަން ހުށަހެޅި ނަމަވެސް އީރާނުގެ ތެލާ ބެހޭ މިނިސްޓްރީން އެކަމާ ގުޅޭ ތަފްސީލްތައް ހާމަކޮށްފައެއް ނުވެ އެވެ.

ބްލޫމްބާގުން ބުނި ގޮތުގައި އީރާނުގެ ގައުމީ ތެޔޮ ކުންފުނި ނޭޝަނަލް އީރާނިއަން އޮއިލް ކޮމްޕެނީން ވަނީ ސެޕްޓެމްބަރު މަހު އޭޝިއާ އަށް ވިއްކާ ތެޔޮ، ވޭތުވެދިޔަ 14 އަހަރަށް ބަލާ އިރު އެންމެ ހެޔޮ އަގުގައި ވިއްކަން ނިންމައިފަ އެވެ. އީރާނުގެ ތެލުގެ އެކްސްޕޯޓުގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރާ ދެ ގައުމަކީ ޗައިނާ އާއި އިންޑިއާ އެވެ. އެ ދެ ގައުމުން ބުނެފައި ވަނީ އީރާނުން ތެޔޮ ގަންނަ މިންވަރު ދަށްކުރަން ގަސްދު ނުކުރާ ކަމަށެވެ.

އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން އެމެރިކާ އިން މަސައްކަތް ކުރަނީ ނޮވެމްބަރު 5 ވަނަ ދުވަހުން ފެށިގެންނެވެ. އީރާނުން މިހާރު ދުވާލަކު 2.3 މިލިއަން ފީފާ ތެޔޮ އުފައްދަ އެވެ.