އިޖުތިމާއީ ގޮތުން އެކަމަނާ ކުރައްވާ މަސައްކަތްޕުޅު ފުޅާ ކުރެއްވޭނީ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ވޯޓު ދީގެން ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
13 އޯގަސްޓް 2018
އިޖުތިމާއީ ގޮތުން އެކަމަނާ ކުރައްވާ މަސައްކަތްޕުޅު ފުޅާ ކުރެއްވޭނީ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ވޯޓު ދީގެން ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކިހާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަށް، އެ ރަށު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުންނާ ގާތުން، މަސައްކަތްޕުޅު ކުރެއްވުމަކީ ކުރައްވާ ހިތްޕުޅުވާ ކަމެއް ކަމަށާއި އެކަން ކުރެއްވޭނީ ރައީސް ޔާމީނަށް ވޯޓު ދީގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު ބ. ކިހާދޫ އަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެކަމަނާ އަށް މަރުހަބާ ކިޔަނީ. - ފޮޓޯ: ޕީޕީއެމް
"ދަންނަވާލަން އޮތް ވާހަކަ އަކީ 23 ސެޕްޓެމްބަރުގައި އޮތް ވޯޓު ޔާމީނަށް ލައިދެއްވާށޭ. އެއީ އަޅުގަނޑު ކުރަން ވެސް ބޭނުން ކަމެއް އަދި ކުރާ ހިތްވާ ކަމެއް، ގާތުން މަސައްކަތް ކުރުމަކީ،" ފާތުން ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކަނިވެރިމައިންނާއި އެހީތެރިކަން ބޭނުންވެފައި ތިބި މީހުންނަށް އެހީތެރިވެވޭނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކޮށްގެންނެވެ.
"އަޅުގަނޑު ވަރަށް ޑައިރެކްޓުކޮށް، ސީދާކޮށް މި ދެންނެވީ އެ ވޯޓު ޔާމީނަށް ދެއްވާށޭ. މަސައްކަތްކޮށް ދެއްވާށޭ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ފާތުން ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވަނީ ދޮންފަނު ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންނަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފުޅާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހީތެރިކަން ބޭނުންވާ މީހުންނަށް އިތުރަށް އެހީތެރިވާން ބޭނުންވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. އެހެންވެ، އެކަމަށްޓަކައި ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވައި ދިނުމަށް އެ ރަށުގެ މީހުންގެ ކިބައިން ވެސް ފާތުން އެދިވަޑައިގަތެވެ.
ބ. އަތޮޅަށް ފަސްޓް ލޭޑީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެކަމަނާ މިހާތަނަށް ވަނީ ކިހާދު އާއި ދޮންފަނުގެ އިތުރުން ދަރަވަންދު އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި އެކަމަނާ ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާއިރު، އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ރައީސް ޔާމީން ވެސް މިވަގުތު އުޅުއްވަނީ، ރަސްމީ ހައިސިއްުޔަތުން ތ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. އެއީ އެ ރަށްރަށުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވުމަށެވެ.
ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގައި
ރައީސް ޔާމީނަކީ ނަމޫނާއެއް، ތަރައްގީ އަށް ޝުކުރިއްޔާ
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
"2 އެއީ ގޯސް ނަމްބަރެއް، 1 އެއީ އެއް ވިސްނުމެއް"
އަޅުގަނޑު ނޫން މީހަކު އިހްތިޔާރު ކުރަން ނެތް: ރައީސް
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ރައީސްގެ ތަރައްގީ އަށް ރައްޔިތުން ތާއީދު: ނަޝީދު
ރިސޯޓް ހަދަން ލޯން ދީގެން މަޝްރޫއުތައް ނުހިންގޭނެ
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް