ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ. އަތޮޅުގެ ހުރިހާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްލެވުމަށް ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
13 އޯގަސްޓް 2018
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ. އަތޮޅުގެ ހުރިހާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްލެވުމަށް ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ދަރަވަންދު އަށެވެ.
ފަސްޓްލޭޑީ ފާތުމަތު އިބްރާހިމް މިއަދު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ ބައްދަލު ކުރައްވަނީ. - ފޮޓޯ: ޕީޕީއެމް
އެކަމަނާގެ އަރިހުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ދޮންފަނުގައި ހުންނަވައި، މެމްބަރު ޔާމީން "މިހާރު" އަށް ވިދާޅުވީ "ލޯތްބާއެކު ރައްޔިތުންގެ އަރިހަށް" މި ނަމުގައި ފަސްޓް ލޭޑީ ބ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވަނީ ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރުމަށް ކަމަށެވެ. އެ ދަތުރުފުޅުގައި، މިހާތަނަށް ދެ ރަށަކަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ ބޮޑު ތާއީދެއް ފަސްޓް ލޭޑީ އަށް ލިބިވަޑައިގެންފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ފަސްޓް ލޭޑީ އަކީ އާންމު ހިދުމަތްތަކާއި އިޖުތިމާއީ މަސައްކަތް ކުރައްވާ ބޭފުޅެއް،" ޔާމީން ވިދާޅުވި އެވެ.
ފަސްޓްލޭޑީ ފާތުމަތު އިބްރާހިމް މިއަދު ބ. ދޮންފަނަށް ވަޑައިގެން، ކުޑަކުއްޖެއްގެ ކޮލުގައި ހިފައިގެން. - ފޮޓޯ: ޕީޕީއެމް
ޔާމީން ވިދާޅުވި ގޮތުގައި ފަސްޓް ލޭޑީގެ އެންމެ ބޮޑު އަމާޒަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ މުހުތާދުތައް އޮޅުން ފިލުއްވައި، ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުމެވެ. ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، އިޖުތިމާއީ ރޮނގުން، އެއްވެސް އަންހެން ބޭފުޅަކު ނުކުރައްވާ މަސައްކަތް ފަސްޓް ލޭޑީ ފާތުން ކުރައްވާފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މީގެ ކުރިން ފަސްޓް ލޭޑީން ފެނިފައިވޭ. އެކަމަކު، ފަސްޓްލޭޑީ ފާތުން، ރައްޔިތުންގެ ހާލު ބައްލަވައި، އެހީތެރިކަން ފޯރުކޮށް ދެއްވައި ރަށްރަށަށް ޒިޔާރަތް ކުރެއްވި ގޮތަށް އެހެން ފަސްޓް ލޭޑީ އަކު ނެތް އުޅެފައެއް. ފަސްޓް ލޭޑީ ފާތުން އަކީ ރައްޔިތުންގެ އަޑު އަހާ ބޭކަނބަލެއް،" ޔާމީން ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފާތުން، ބ. އަތޮޅުގެ ހުރިހާ ރަށްތަކަށް ދަތުރުފުޅެއް ފެއްޓެވިއިރު، ރައީސް ޔާމީން މިވަގުތު ހުންނެވީ ތ. އަތޮޅުގަ އެވެ. ރައީސް ޔާމީން ތ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަނީ އެ ރަށްރަށުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށެވެ.
ފަސްޓް ލޭޑީ ފާތުން، ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މަސައްކަތް ފުޅާ ކުރެވޭނީ ރައީސަށް ވޯޓު ދީގެން: ފާތުން
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
ރައީސް ޔާމީންގެ ފަރާތްޕުޅުން މާލޭގެ ގެ ތަކަށް
"ޕީޕީއެމްގެ ރައީސް ކަމަށް ފަސްޓް ލޭޑީ ގެންނަން ޖެހޭ"
ރައީސް ޔާމީނަކީ ނަމޫނާއެއް، ތަރައްގީ އަށް ޝުކުރިއްޔާ
ރާއްޖޭގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރު:ސައީދު
ރައީސް ޔާމީން ގާނޫނާ ހިލާފު ކަމެއް ނުކުރައްވާ: ތޯރިގް
އެންމެ ބޮޑު މަޝްރޫއަކީ ދީން ހިމާޔަތް ކުރުން: މުއިއްޒު
ރައީސްގެ ކެމްޕޭނަށް ވޮލަންޓިއަރުން ހޯދަނީ