Roadha Mihaaru
ކުރިމަތިލެއްވީ 5 އަހަރަށްތޯ އިބޫ ވިދާޅުވެދެއްވާ:ޚަލީލް

ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށްތޯ އިބޫ ވިދާޅުވެދެއްވާ: ޚަލީލް

14 އޯގަސްޓް 2018

ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށްތޯ ނުވަތަ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވަންތޯ ސާފުކޮށްދެއްވަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް އިއްޔެ ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށްތޯ ނުވަތަ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވަންތޯ ސާފުކޮށްދެއްވަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް އިއްޔެ ގޮވާލައްވައިފި އެވެ.

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހެދި މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތުން އިދިކޮޅު ޕާޓީތަކުން އެކުލަވާލާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެކެވެ. އޭގެ ބޭނުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޚަރާބުކޮށްފައިވާ ދައުލަތުގެ ނިޒާމް ރަނގަޅުކޮށް، މުއައްސަސާތައް ހަރުދަނާކޮށް ނިގުޅައިގެންފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ކަމަށް މެނިފެސްޓޯގައިވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި އެހެން އޮތަސް، ޕާޓީތަކުން ވާހަކަ ދައްކާފައި ވަނީ އިއްތިހާދުގެ ސަރުކާރަކަށް ވަކި މެނިފެސްޓޯއެއް އެކުލަވާލުމަށެވެ. އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ޕާޓީތަކުން ބުނެފައިވީ ނަމަވެސް މާ ބޮޑު ތަފްސީލުތަކެއް އަދި އާއްމެއް ނުކުރެ އެވެ.

އިބޫ ވެރިކަން ކުރައްވާނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް، ދޮޅު އަހަރަށްތޯ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ވެރިން ސުވާލު އުފައްދަވާތީ، އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އެއަށް ޖަވާބު ދެއްވަމުންނެވެ. އިބޫ ވެރިކަމަށް ކުރިމަތިލެއްވީ ދޮޅު އަހަރަށް ކަމަށް ވާހަކަ ދައްކަނީ އޮޅުވާލަން ކަމަށާއި ފަސް އަހަރުގެ ދައުރު ފުރިހަމަވަންދެން އިބޫ ވެރިކަން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.

ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާނެތޯ ޕޯޑިއަމެއްގައި އިބޫ ވިދާޅުވެ ދެއްވަން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް ބޭނުން ވަނީ، އަމިއްލަފުޅަށް ކަންކަން ނިންމޭވަރުގެ ގާބިލް، މިނިވަން ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އިބޫ އެޅިފައިވާ ކަސްތޮޅުން ނެއްްޓި މިނިވަނެއް ކަން ދައްކުވައި ދޭން ޖެހޭ،" ޚަލީލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޚަލީލްގެ ޓުވީޓް.

އޭނާ ވިދާޅުވި ގޮތުގައި ދޮޅު އަހަރުގެ ވެރިކަމަކަށް އިބޫ އެއްބަސްވެވަޑައިގަތީ، ބައެއްގެ ކަސްތޮޅުގައި އެމަނިކުފާނު ބަނދެވިފައިވާތީ އެވެ. އިބޫގެ ތަޅުދަނޑި އޮތީ އެހެން ބައެއްގެ މުށުތެރޭގައި ކަމަށާއި އެ ބަޔަކު ބުނާ ގޮތަށް ނޫން ގޮތަކަށް ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ޚަލީލް ތުހުމަތުކުރެއްވި އެވެ.

"އެ ބަޔަކު ބުނާ ގޮތަށް ނޫނީ ފިޔަވަޅެއް އެޅުން ވެސް މަނާ. މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް،" ޚަލީލް ވިދާޅުވި އެވެ.

އިބޫ ވެރިކަން ކުރައްވާނީ ދޮޅު އަހަރަށްތޯ ނުވަތަ ފަސް އަހަރަށްތޯ އުފައްދާ ސުވާލަށް ފާޑުވިދާޅުވެ ރައީސް ޔާމީން އިއްޔެ ވިދާޅުވެފައި ވަނީ އިދިކޮޅު ޕާޓީތަކުން އެކުލަވާލާނީ ދޮޅު އަހަރުގެ ވެރިކަމެއް ނަމަ، ދެން އޭގެ ފަހުން ސިފަވާނީ ކާކުގެ މޫނުތޯ އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެކަން ސާފުކޮށްދޭން އެމަނިކުފާނު ވަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަށް ވެސް ގޮވާލައްވައިފަ އެވެ.