Roadha Mihaaru
ވޯޓު އޮޅުވާލުމުގެ ކަމެއް ނުކުރާނަން: ޝަރީފް

ވޯޓު އޮޅުވާލުމުގެ ކަމެއް ނުކުރާނަން، ރާވާފައެެއް ވެސް ނުވާނެ: ޝަރީފް

18 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް އެ ކޮމިޝަނުން ރާވާފައި ނޯންނާނެ ކަމަށެވެ.

ވޯޓު އޮޅުވާލުމަށް ވަކި ގޮތްތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށް ކޮމިޝަންގެ މެމްބަރުންނާއި ޕީޕީއެމާއި އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުގެ މަސައްކަތް ކުރަނީ ހީވާގި ކަމާއި އިހްލާސްތެރިކަމާއެކުގަ އެވެ. ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް އޮޅުވާލި ކަމަށް ބުނެ ފަތުރާ ވާހަކަތައް ވެސް ޝަރީފް ދޮގުކުރެއްވި އެވެ.

"ރީ-ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން މިހާރު ދައްކަނީ ދޮގު ވާހަކައެއް. އެއީ ހަގީގަތާ ހިލާފު ވާހަކައެއް،" --- ޝަރީފް
މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާނޫނީ ވަކީލް ހިސާން އާއި ޓޫރިޒަމް މިނިސްޓަރު ޒަމީރު ސަލާމް ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާނޫނީ ވަކީލް ހިސާން އާއި ޓޫރިޒަމް މިނިސްޓަރު ޒަމީރު ސަލާމް ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ރީ-ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން މިހާރު ދައްކަނީ ދޮގު ވާހަކައެއް. އެއީ ހަގީގަތާ ހިލާފު ވާހަކައެއް. އިލެކްޝަންސް ކޮމިޝަނުން އެއްވެސް ހާލެއްގައި ރީ-ރަޖިސްޓްރޭޝަން އޮޅުވާލުމަށްޓަކައި މަސައްކަތްކޮށްފައި ނުވާނެ. ރީ-ރަޖިސްޓްރޭޝަން ކުރަން އިލެކްޝަންސް ކޮމިޝަނަށް ވައްދާފައި އޮވެގެން ނޫނީ އަޅުގަނޑުމެން އެ ފޯމް ރަޖިސްޓްރީކޮށްފައެއް ނުވާނެ،" ޝަރީފް ވިދާޅުވި އެވެ.

"އޮޅުވާލާ ކަމަށްވާނަމަ، އޮޅުވާލަނީ އެ ފޯމް ވެއްދި ފަރާތް. ސިޔާސީ ޕާޓީތައް،"

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ނިހާން އާއި މައުސޫމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ނިހާން އާއި މައުސޫމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރީ-ރަޖިސްޓްރޭޝަން ފޯމުތައް ވެއްދި ފަރާތްތަކަށް އިންޒާރެއް!

ރީ-ރަޖިސްޓްރޭޝަންއާ ބެހޭ މައުލޫމާތު ހާމަކުރުން ލަސްވެގެން ދަނީ އޮޅުވާލައިގެން ފޯމުތަކެއް ވައްދާފައި ހުރުމުން އެކަން ބަލަމުން ދާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ. ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ހުރިހާ ތަފްސީލެއް އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ފޯމު ވައްދާފައި ހުރީ ކޮން މީހުން ކަމެއް. ފޯމް ވައްދާފައި ހުރި މީހުންގެ އިނގިލީގެ ނިޝާން އެބަހުރި. ކޮން ޕާޓީއަކުން ކަމެއް، ކޮން އެޑްރެހެއްގެ މީހެއް ކަމެއް، އެ މައުލޫމާތު އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރި އެންމެންނާ ދެކޮޅަށް ޖިނާއީ ދައުވާކޮށް، އެމީހުން ކުރި ކުށުގެ އަދަބު އޮންނަ އުސޫލެއްގެ ތެރެއިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރި މަގުގައި ދޮގު ތުހުމަތުތައް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބޮލުގައި ނޭޅުވުމަށް ޝަރީފް އިލްތިމާސް ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނި ގޮތުގައި، ރީ-ރަޖިސްޓްރީ ވުމަށް 95،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އިނގިލީގެ ނިޝާން އޮޅުވާލާފައިވާ، ސައްހަ ނޫން ފޯމުތަކެއް ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ، ކިހާ އަދަދެއް ކަމެއް ކޮމިޝަނުން ނުބުނެ އެވެ.

ކެންޑިޑޭޓޫންގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ކެންޑިޑޭޓު ނަންބަރު އެކެއް، ޒަމީރު ދައްކަވާއިރު، އިބޫގެ ކެންޑިޑޭޓު ނަންބަރު ދޭއް، ހިސާން ދައްކަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ކެންޑިޑޭޓޫންގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ކެންޑިޑޭޓު ނަންބަރު އެކެއް، ޒަމީރު ދައްކަވާއިރު، އިބޫގެ ކެންޑިޑޭޓު ނަންބަރު ދޭއް، ހިސާން ދައްކަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މީޑިއާތަކަށް ވެސް ޝަރީފް އިންޒާރު ދެއްވި!

ޝަރީފް ވިދާޅުވީ ފަހަކަށް އައިސް ސިޔާސީ ބޭފުޅުން ވިދާޅުވާ ވާހަކަތަކުގެ ސައްހަ ކަން ބެލުމެއް ނެތި، ފަލަ ސުރުހީތަކުގައި މީޑިއާތަކުން ގެނެސްދެމުން އަންނަ ކަމަށެވެ. މީގެ ކުރިން، އެ ފަދަ ސުރުހީތަކަށް އިލެކްޝަންސް ކޮމިޝަނުން "އަޅާލާފައި ނުވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީޑިއާއެއްގެ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަންގެ ބަހާއެކު، މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ރައްޔިތުންނަށް ހާމަކަން ބޮޑު މައުލޫމާތާއި ހަގީގަތް ހާމަކޮށްދިނުމަކީ މީޑީއާގެ މަސްއޫލިއްޔަތެއް ކަމަށާއި އެއާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު (ވ) އަދި މެމްބަރު އަކްރަމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު (ވ) އަދި މެމްބަރު އަކްރަމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

"އެފަދަ ފަރާތްތަކާ ދޭތެރޭގައި މުއައްސަސާތައް މެދުވެރިކޮށް، އަޅުގަނޑުމެން އެ މައްސަލަތައް ބަލަމުން ގެންދާނެ ވާހަކަ ދަންނަވާލަން،" ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށް އަދި ކެންޑިޑޭޓު ނަންބަރު ދޭއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވަނީ ލިބިވަޑައިގެންފަ އެވެ.

މިއީ، 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ދެ ކެންޑިޑޭޓުންނާ އެކު ރިޔާސީ އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު (އެންމެ ގިނަ ވޯޓު) ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ. އެހެންކަމުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ބުރެއް ނޯންނައިރު، ފުރަތަމަ ބުރުން ރައީސަކު ހޮވާނެ އެވެ.