Roadha Mihaaru
ވަގު ފޯމް ހުށަހެޅި މީހުންނާ ދެކޮޅަށް ދައުވާ ކުރަނީ

ވަގު ފިންގަ ޕްރިންޓު ޖަހައިގެން ފޯމް ހުށަހެޅި މީހުންނާ ދެކޮޅަށް ދައުވާ ކުރަނީ

26 އޯގަސްޓް 2018

ވެރިފަރާތް ނޫން އެހެން މީހަކު ފިންގަ ޕްރިންޓު ޖަހައިގެން 1892 ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައިވާތީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވެރިފަރާތް ނޫން އެހެން މީހަކު ފިންގަ ޕްރިންޓު ޖަހައިގެން 1892 ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައިވާތީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ފިންގަ ޕްރިންޓު ޖަހާފައި އޮތީ ފޯމްގެ ވެރިފަރާތް ނޫން ކަން ކަށަވަރުވާ 1892 ފޯމް އީސީ އަށް ހުށަހެޅި ކަމަށެވެ. އެ ހުރިހާ ފޯމެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ.

ރީ-ރަޖިސްޓްރީ ވުމުގައި މިހާ ދިގު މުއްދަތެއް ނެގީ، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންިތިޚާބުގެ ރީ- ރަޖިސްޓްރޭޝަން މަރުހަލާ އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ދައުވާ ކުރަން ނިންމި މީހުންގެ ތެރޭގައި ފޯމްތައް ހުށަހެޅި މީހުންނާއި ހެކިވެރިންގެ ގޮތުގައި ތިބި މީހުން ހިމެނެ އެވެ. އަދި ފޯމްތަކުގައި ފިންގަ ޕްރިންޓް ޖަހާފައި ހުރި މީހުން ދެނެގަތުމަށާއި ފޯމް ހިފައިގެން ދިޔަ މީހުން ދެނެގަތުމަށް އަންނަ ހަފްތާގައި ފުލުހުންނަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަ މައްސަލައެއް. އަޅުގަނޑު ދަންނަވާނީ އިންތިޚާބުގެ ދުވަސްވަރު މިކަން ކުރި މީހުން މިކަންކޮށްފައި ވާނީ އޮޅުވާލުމާއި އިތުރަށް ލަސް ކުރުމުގެ ބޭނުމުގައި،" ޝަރީފް ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 5،626 ފޯމް ބާތިލް ކުރި އެވެ. ބާތިލް ކުރި ފޯމްތަކުގެ ތެރޭގައި އެމްޑީޕީގެ 2،076 ފޯމާއި ޕީޕީއެމް އިން ހުށަހަޅާފައިވާ 1،789 ފޯމް ހިމެނެ އެވެ.

ޝަރީފް ވަނީ ބާތިލް ކުރި ފޯމްތަކުގެ ތެރެއިން 1،892 ފޯމް ހުށަހެޅީ ކޮން ޕާޓީއެއްގެ ބައެއްކަން ހާމަ ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. އަދި ކޯޓަށް ހުށަހެޅުމާއެކު، އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.