Roadha Mihaaru
ފަސްޓްލޭޑީގެ މައިންބަފައިންގެ ހަނދާނުގައި މިސްކިތެއް

ފަސްޓްލޭޑީގެ މައިންބަފައިންގެ ހަނދާނުގައި ހެދި މިސްކިތް ރައީސް ހުޅުއްވައި ދެއްވައިފި

20 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ބާއްޕާފުޅު އިބްރާހިމް މުހައްމަދު ދީދީ އާއި މަންމާފުޅު އައިޝަތު މޫސާގެ ހަނދާނުގައި ހުޅުމާލޭގައި ހެދި މިސްކިތް ރައީސް ޔާމީން މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ބާއްޕާފުޅު އިބްރާހިމް މުހައްމަދު ދީދީ އާއި މަންމާފުޅު އައިޝަތު މޫސާގެ ހަނދާނުގައި ހުޅުމާލޭގައި ހެދި މިސްކިތް ރައީސް ޔާމީން މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

"މަސްޖިދުލް ވާލިދައިން" ހުޅުއްވައި ދެއްވުމަށް ފަހު، ރައީސް އެ މިސްކިތުގައި މިއަދުގެ އަސުރު ނަމާދު ކުރެއްވި އެވެ.

އަލަށް ހުޅުވި މިސްކިތުގައި މިއަދު ކުރި އަސުރު ނަމާދުގައި އާންމުން ބައިވެރިވަނީ.

އަލަށް ހުޅުވި މިސްކިތުގައި މިއަދު ކުރި އަސުރު ނަމާދުގައި އާންމުން ބައިވެރިވަނީ.

މިސްކިތް ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފާތުން އާއި ބައެއް ވަޒީރުންނާއި އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވެސް އަސުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި އެވެ.

ފަސްޓްލޭޑީ ފާތުންގެ މަންމާފުޅާއި ބައްޕާފުޅުގެ ހަނދާނުގައި ހެދި މިސްކިތް. - ފޮޓޯ: މިހާރު

ފަސްޓްލޭޑީ ފާތުންގެ މަންމާފުޅާއި ބައްޕާފުޅުގެ ހަނދާނުގައި ހެދި މިސްކިތް. - ފޮޓޯ: މިހާރު

ރެހެންދި ސްކޫލް ކައިރީގައި ހުންނަ މަސްޖިދުލް ވާލިދައިންގެ އެތެރެ އާއި ބޭރާ އެއްކޮށް 700 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުން މިއަދު އާންމުންނާ ސަލާމް ކުރައްވަނީ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުން މިއަދު އާންމުންނާ ސަލާމް ކުރައްވަނީ.

ދެ ބުރިއަށް ހެދި މިސްކިތުގައި އަންހެނުން ނަމާދުކުރަން ހާއްސަ ބައެއް ވެސް ހިމެނެ އެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ފާހާނާ ބަރިއަކާއި ވުޟޫ ކުރާނެ ތަން ވެސް ވަކިން ހަދާފައިވެ އެވެ.

މިއަދު ހުޅުވި މިސްކިތާއެކު، ހުޅުމާލޭގައި މިހާރު އަށް މިސްކިތް ހުރެ އެވެ.