Roadha Mihaaru
ދަތުރު ނިންމާލާނީ އިންސާފު ހޯދައިދީފައި: ފައިސަލް

ދަތުރު ނިންމާލާނީ ރައްޔިތުންނަށް އިންސާފު ހޯދައިދީފައި: ފައިސަލް

22 އޯގަސްޓް 2018

ރާއްޖެ ވަކި ކަމަކަށް ގޮވަމުންދާ އެންމެ ބޮޑު ސަބަބަކީ ގައުމުގައި އިންސާފު ނެތުން ކަމަށާއި އެހެންވެ، ކޯލިޝަން ސަރުކާރުގެ ދަތުރު ނިންމާލާނީ ރައްޔިތުންނަށް އެ އިންސާފު ހޯދައިދީފައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ވަކި ކަމަކަށް ގޮވަމުންދާ އެންމެ ބޮޑު ސަބަބަކީ ގައުމުގައި އިންސާފު ނެތުން ކަމަށާއި އެހެންވެ، ކޯލިޝަން ސަރުކާރުގެ ދަތުރު ނިންމާލާނީ ރައްޔިތުންނަށް އެ އިންސާފު ހޯދައިދީފައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ފައިސަލްގެ އުފަން ރަށް، ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެތައް ބަޔަކު، ކޮންމެ ދުވަހަކު ވެސް ތަކުރާރުކޮށް ގޮވާލަމުން ދަނީ ރޮމުންދާ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށާއި އެކަމަކު ސަރުކާރުން އެކަންކަމަށް ފުރަގަސް ދެމުން ދާ ކަމަށެވެ. އަދި ކުށެއް ނެތް ގިނަ ބަޔަކު ޖަލަށް ލައި، އަނިޔާތައް ދެމުންދަނީ ސިޔާސީ ގޮތުން ވަކި ބޭނުންތަކެއް ހާސިލް ކުރުމަށް ކަމަށް ވިދާޅުވި އެވެ. އެ އަނިޔާތައް ދެމުން ދަނީ ވެސް ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ މުޅި ގައުމު އެކަމާ ދެކޮޅު ހަދާތަން." ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުގައި އޮންނަން ޖެހޭނީ ރައްޔިތުންގެ ބާރެވެ. އެކަމަކު ކޮންމެ ދިމާއަކުން ވެސް ފެންނަނީ އެ ބާރު ކަނޑުވާލަން މަސައްކަތް ކުރާތަން ކަމަށާއި އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާރު ކަނޑުވާލައި، ރައްޔިތުން ތަމްސީލު ކުރައްވަން ތިބިި އެ މެމްބަރުން މަޖިލީހުން ބޭރުކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އެ އަމަލުތައް ރައްޔިތުން މިއަދު ގަބޫލު ނުކުރާކަން، ގައުމުން ފެންނަ މަންޒަރުތަކުން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ.

ރޭގެ ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ.

"ވޭތުވެ ދިޔަ ތިން ހަފުތާގެ ތެރޭގައި އަޅުގަނޑު ވާނީ މީހުން އުޅޭ 54 ރަށަށް ގޮސްފައި. އެއިން ކޮންމެ ރަށަކުން ވެސް ފެނިގެން ދިޔައީ އަނިޔާވެރި ކަމާ ދެކޮޅު މަންޒަރު. ހަމަހަމަ ކަން ގާއިމުނުވެގެންދާ މަންޒަރު. ތަރައްގީ ނުލިބިގެންދާ މަންޒަރު،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު ކައިރިވަމުން އަންނައިރު، ރައްޔިތުން އެންމެ ބޮޑަށް ނުރުހުން ވަނީ، ސަރުކާރުން ދައްކާ ވަޒީފާގެ ބިރާ މެދު އެވެ. ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ކުންފުންޏެއްގައި އުޅޭ ނަމަ، އެ މީހުންނަށް ތަފާތު ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށާއި އެކަމަކު އެކަމާ ޖެހިލުން ނުވެ، އިންތިހާބުގައި އަމިއްލަ ނިންމުން ނިންމުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ. އަދި އިސްލާހަށް ކުރާ މަސައްކަތަކުން ވަޒީފާ ގެއްލިއްޖެ ނަމަ، ކޯލިޝަން ސަރުކާރަކުން އެންމެ ފުރަތަމަ ކުރާ މަސައްކަތެއްގެ ގޮތުން، އެ މީހުންނަށް ވަޒީފާ އަނބުރާ ހޯދައިދޭނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.

އިދިކޮޅު ރަނިންމޭޓް ފައިސަލް، އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ރޭ ބޭއްވެވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

އިދިކޮޅު ރަނިންމޭޓް ފައިސަލް، އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ރޭ ބޭއްވެވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު، އުފަން ރަށަށް ވަޑައިގަތުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ނިކުމެފަ އެވެ. އަދި އެ މަންޒަރުތަކުން، ފުވައްމުލަކުގެ ރައްޔިތުން ތިބީ ހެޔޮ ބަދަލަކަށް އިންތިހާއަށް ހެޔޮ ބަދަލަކަށް އެދިގެން ކަން އެނގިވަޑައިގެންނެވި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މި ރަށަކީ ސިޓީއެއް ކަމަށް ވަނީ. އެކަމަކު ނަމުން ސިޓީ ކިޔުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް. މިތަނުގައި ރައްޔިތުން ބޭނުންވާ ސިއްހީ ހިދުމަތެއް ނެތް. ބޭނުންވާ ތަރައްގީއެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، ރައްޔިތުން ބޭނުންވާ އެ ތަރައްގީ ހޯދައިދޭނަން،"