ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް މިއަދު ހަވީރު ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް އެ ރަށުން ދަންނަވައިފި އެވެ. މިއީ، މި ފަހުން، ރައީސް ޔާމީން ރަށަކަށް ވަޑައިގަތުމުން، އެންމެ ފޯރިގަދަ މަރުހަބާއެއް ކީ އެއް ރަށެވެ.
27 އޯގަސްޓް 2018
ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް މިއަދު ހަވީރު ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް އެ ރަށުން ދަންނަވައިފި އެވެ. މިއީ، މި ފަހުން، ރައީސް ޔާމީން ރަށަކަށް ވަޑައިގަތުމުން، އެންމެ ފޯރިގަދަ މަރުހަބާއެއް ކީ އެއް ރަށެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޕީޕީއެމްގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން ދުވާފަރަށް ވަޑައިގަތުމުން، އެތައް ސަތޭކަ ބަޔަކު ރަށުގެ ބަނދަރު މައްޗަށް އެއްވެ އެމަނިކުފާނަށް މަރުހަބާ ކިޔެވެ. އަދި އެމަނިކުފާނު ވަނީ ދުވާފަރު ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ގަޑިއިރެއްހާއިރު ހޭދަކުރައްވައިފަ އެވެ.
ބޮޑުބެރުގެ ހަރަކާތްތަކާ އެކު، ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތްތަކުގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ތިބީ ފިޔާތޮށި ކުލައިގެ ޓީޝާޓު ލައިގެން، ޕީޕީއެމްގެ ދިދަ ހިފައިގެންނެވެ. އަދި ބައެއް އަންހެނުން ތިބީ "ރައީސް ޔާމީން 2018" ޖަހާފައިވާ ބުރުގާ އަޅައިގެންނެވެ.
ރައީސް އަށް މަރުހަބާ ދެންނެވުމަށް ދުވާފަރުން ނުކުތް މީހުން. - ފޮޓޯ: ރައީސް އޮފީސް
ތަފާތު އެކިއެކި ލަވަތަކާ އެކު، ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ދުވާފަރުގައި ކުރިއަށް ދިޔައިރު، ބައެއް މީހުން ދިޔައީ އެމަނިކުފާނަށް ތައުރީފްކޮށް ބައެއް ކަހަލަ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން، ބައެއް މީހުން ވަނީ "އެއް ލައްކިން ރައީސް ޔާމީން"، "2018 ޔަގީން"، "ރައީސް ޔާމީނަށް ދިގު އުމުރެއް"، "މިފަހަރު ހޮވާނީ ރައީސް ޔާމީން" ފަދަ ތަފާތު ޝުއޫރުތައް ފާޅުކޮށްފަ އެވެ.
ހަތަރު ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ދުވާފަރުގެ ބައެއް މީހުން ބުނީ، އެ ރަށަށް އެންމެ ބޮޑެތި ކުރިއެރުންތަކެއް ގެނެސް ދެއްވީ ރައީސް ޔާމީން ކަމަށެވެ. އެހެންވެ، ދުވާފަރު ރައްޔިތުން ތިބީ "އެއް ލަކިން" ރައީސް ޔާމީން ހޮވަން ތައްޔާރަށް ކަމަށް ވެސް އެމީހުން ބުންޏެވެ.
"ދުވާފަރު ރައްޔިތުން މި ދައްކާލީ ބޮޑު މަންޒަރު. އަޅުގަނޑުމެން ބޭނުން ވަނީ ރައީސް ޔާމީން، އިތުރު ފަސް އަހަރު ދުވަހަށް ވެރިކަން ކުރިއަށް ގެންދިއުމަށް. އަޅުގަނޑުމެން ގެއަށް ވަންނާނީ ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވާފައި. އެގޮތުގައި ރައްޔިތުން ތިބީ،" ދުވާފަރު ޒުވާނަކު ބުންޏެވެ.
ރައީސް ޔާމީން މިއަދު، ދުވާފަރަށް ވަޑައިގެންނެވި އިރު، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ޔާމީން ދުވާފަރަށް ވަޑައިގަތުމުގެ ކުރިން، ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ރ. އަލިފުއްޓަށާއި ރ. ހުޅުދުއްފާރަށް މިއަދު ވަޑައިގެންނެވި އެވެ. އަދި ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ރ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.
އެންމެ ބޮޑު ހިޔާނާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
މައުމޫންގެ ހިދުމަތަށް ކޫރުން އެޅޭ ވާހަކަ ނުދައްކާ!
ގިނަ މެމްބަރުންތަކެއް ގެންދިއުމަކީ ބަޣާވާތެއް: ރައީސް
އަހަރީ ދުވަސް ފާހަގަކުރަން ރައީސްގެ ފެކްޝަން ދުވާފަރަށް
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
ޔާމީން، ސިޔާސީ ވާހަކަތަކާ ދުރަށް!
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޔާމީންގެ ބަދަލުގައި ނަމެއް ހުށަހަޅަން އަމުރަކަށް އެދެފި
އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ: އަދުރޭ