މާލެ އާއި ހުޅުލެ ގުޅާލައި ހަދާފައިވާ ބްރިޖް، އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވަން ނިންމާފައިވާއިރު، އެ ރަސްމިއްޔާތަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް ދައުވަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
29 އޯގަސްޓް 2018
މާލެ އާއި ހުޅުލެ ގުޅާލައި ހަދާފައިވާ ބްރިޖް، އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވަން ނިންމާފައިވާއިރު، އެ ރަސްމިއްޔާތަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް ދައުވަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކުރާ ކޮންމެ މަސައްކަތަކީ އޭގެ ބަޖެޓަށް (އިދިކޮޅު މެމްބަރުން) ވޯޓު ދިނަސް އަދި ނުދިނަސް ރައްޔިތުންގެ އެސެޓެއް ނުވަތަ ހަރު މުދަލެއް ކަމަށެވެ. އެހެންވެ، ބްރިޖް ހުޅުވާ ރަސްމިއްޔާތަށް ވެސް އިދިކޮޅު ފަރާތްތަކަށް ދައުވަތު އަރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބްރިޖް ފަދަ ތަންތަނުގެ ބޭނުން ހިފެނީ، އެ އެސެޓް ރައްޔިތުންގެ އަތުގައި ހުރީތީ ކަމަށާއި އެއާޕޯޓު ބޭރު ބަޔަކަށް ދިން ގޮތަށް، އެހެން ތަންތަން ވެސް ދިން ނަމަ، އޭގެ ބޭނުމެއް ނުހިފޭނެ ކަމަށެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިން ނަމަވެސް، ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެ ބްރިޖަކަށް ނާރާނެ އެވެ. އެކަމަކު ބްރިޖަށް ނާރައި، އަދި އެ މަނިކުފާނުގެ ތަރައްގީ ނުފެންނަ ގޮތަކަށް އެ މީހުންނަށް މާލޭން ބޭރަށް ނުނިކުމެވޭނެ ކަމަށް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި މާލެއަށް ގެނެސްދެއްވި ތަރައްގީ ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފަ އެވެ. އަދި މާލޭގެ ކޮންމެ ފަރާތަކުން ވެސް ފެންނާނީ އެ ތަރައްގީ ކަމަށް ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު: އަންނަ ބުރާސްފަތި ދުވަހު އެތަން ހުޅުވުމަށް ވަނީ ހަމަޖައްސާފައި .---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެ ބޭފުޅުން، މާލޭގެ ކޮން ދިމާއަކުންތޯ ބޭރަށް ނިކުންނާނީ. މާލޭގެ އުތުރު ފަރާތަށް ނިކުތަސް، އިރު އުތުރު ފަރާތަށް ނިކުތަސް ފެންނާނީ އެ ބޭފުޅުން [އިދިކޮޅުން] ދެކެން ބޭނުން ނުވާ ތަންތަން. އެ ފަދަ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ އުތުރު ފަރާތަށް ނިކުތުމުން، ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅާ އިސްލާމީ ވަހުދަތުގެ އެންމެ ވަރުގަދަ ބިނާ، "ކިންގް ސަލްމާން"ގެ މިސްކިތް ފެންނަން ހުންނައިރު، އެއާ ޖެހިގެން ކުޑަތަންކޮޅެއް ދުރުގައި ހުރީ ބުރިބުރިއަށް ނަގަމުން އަންނަ ނަސަންދުރަ ހޮޓާ ކޮމްޕްލެކްސް އެވެ. އެއީ ކުރިން ވަރަށް އާދައިގެ ގޮތަކަށް ހަދައި، ކުއްޔަށް ދީފައި ހުންނަ ތަނެއް ނަމަވެސް، މިހާރު އެތަން އިމާރާތް ކުރަމުން އަންނަ ގޮތުން، މާލޭގެ އުތުރު ފަރާތަށް ނިކުންނަން، އިދިކޮޅު މީހުން ބޭނުން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ދެން މާލެ ބޭރުވާން ބޭނުން ވެއްޖެ ނަމަ ދާން ޖެހެނީ ވިލިމާލެއާ ދިމާލުން، މާލޭގެ ހުޅަނގު ދެކުނު ފަރާތަށް ކަމަށާއި އެކަމަކު އެތަނުގައި ވެސް ހުރީ ކަރަށް ނާރެއް އަރާވަރުގެ އުސް، 25 ބުރީގެ އިމާރާތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެސްޓްޕާކާ ދިމާލުން، ރަސްފަންނެއް ހަދައި، މަންޒަރު ބަދަލުކޮށްލާފައިވާއިރު އެ ތަން ނުފެނި ވެސް މާލޭން ބޭރު ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ އެއް ފަރާތުގައި ސިނަމާލެ ބްރިޖް ހަދާފައިވާއިރު، އަނެއް ފަރާތުގައި އޮތީ އިއްޒުންދީން ފާލަމެވެ.
"ދެން އެ ބޭފުޅުން ތިބެން ޖެހޭނީ ރަށު ބަންދުގައި، ބަންދުވެފައި. މިއީއޭ އަސްލު ހަގީގަތަކީ. މިއޭ އައިސްފައިވާ ތަރައްގީއަކީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހިންގި ކޮންމެ މަޝްރޫއަކަށް، މި ސަރުކާރުން ހަ މަޝްރޫއު ހިންގާފައިވާ ކަމަށާއި އެ މަޝްރޫއުތަކާއި ރަށްތަކުގެ ތަފްސީލު ފެންނަން އެބަހުރި ކަމަށެވެ.
"ޔާމީން ބަލި ކުރުމުގައި އިސްކޮށް ތިބެންވީ ސިފައިން"
ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ޕީޕީއެމްގެ މެނިފެސްޓޯ: "އާމްދަނީ ދެ ގުނަ މައްޗަށް"
"2 އެއީ ގޯސް ނަމްބަރެއް، 1 އެއީ އެއް ވިސްނުމެއް"
ފުވައްމުލަކު 1 ބިލިއަންގެ މަޝްރޫއު ނުއެއް ފެނޭ: ޝާހު
ބްރިޖު ދަތުރަށް ފަހު ރައީސްގެ ބަސް: ސަހަރޯއޭ ހީވި!
އަޅުގަނޑު ނޫން މީހަކު އިހްތިޔާރު ކުރަން ނެތް: ރައީސް