ފިޔާ އަދި ކުކުޅު ބިސް ވިއްކާ އަގު ރެޑްވޭވުން ހެޔޮކޮށްފި އެވެ.
ފިޔާ އަދި ކުކުޅު ބިސް ވިއްކާ އަގު ރެޑްވޭވުން ހެޔޮކޮށްފި އެވެ.
މާލެ އާއި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެތަނުން ފިޔާ އަދި ބިސް ވިއްކާ ވިއްކާ އަގު އެހެން ތަންތަނަށް ވުރެ މިހާރު ހެޔޮވާނެ ކަމަށެވެ.
ރެޑްވޭވުން ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 18ރ. އަށެވެ. އަދި ކުކުޅު ބިހެއް ވިއްކާނީ 1.75ރ. އަށެވެ.
އާއްމުކޮށް ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެނީ 30ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ. އާއްމުކޮށް ބިހެއް ވިއްކަނީ ދެ ރުފިޔާ އަށެވެ.
"ބާޒާރުގައި އެ ދެ ބާވަތުގެ އަގު އިންތިހާއަށް ބޮޑުވުމުން އަގު ހެޔޮކުރަން އަޅުގަނޑުމެން ބޮޑު ސްޓޮކެއް ގެނެސް އަގުހެޔޮކުރީ. މިއީ ބާޒާރުގައި މިހާރު މިތަކެތި ލިބޭނެ އެންމެ ހެޔޮ އަގު،" އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި ފިޔާ ބަސްތާއެއް މިހާރު ލިބެނީ 400ރ. އަށެވެ. ބިސް ކޭހެއްގެ އަގަކީ 300ރ. އެވެ.
ފިޔާ، ބިސް އެތެރެކުރާ ކުންފުނިތަކުން ބުނީ އެ ދެ ބާވަތުގެ އަގު އުފުލިފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވުމުން ކަމަށެވެ.
ރެޑްވޭވުން އަލުވި އާއި ފިޔާ އަގުހެޔޮކޮށްފި
ރޯދަ މަހު ފިޔާ، އަލުވި، ބިހުގެ އަގު ހެޔޮވާނެ
ރެޑްވޭވުން ފިޔާ، އަލުވި ބިހުގެ އަގު ހެޔޮކޮށްފި
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
އެސްޓީއޯގެ ރޯދަ ސްޓޮކް: ބިހާއި އަލުވި ވެސް ބާޒާރަށް
ބީއެމްއެލް އިން ރެޑްވޭވްއާ އެކު "ރަން ފުރުސަތެއް"
ރެޑްވޭވް ރޯދަ ސޭލްގައި އިނާމަކަށް އެއް ލައްކަ ރުފިޔާ!
ކެއިންބުއިމުގެ ގޯސް އާދަތައް؛ މި ތިބީ ނުރައްކަލުގައި
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
އަސާސީ މުދަލަށް އިންޑިއާއިން ހުއްދަ އިތުރުކޮށްދީފި