ރޯދަމަހާ ދިމާކޮށް ރެޑްވޭވުގެ ފިހާރަތަކުން އަލުވި އާއި ފިޔާ އަގުހެޔޮ ކޮށްފި އެވެ.
25 މާޗް 2021
ރޯދަމަހާ ދިމާކޮށް ރެޑްވޭވުގެ ފިހާރަތަކުން އަލުވި އާއި ފިޔާ އަގުހެޔޮ ކޮށްފި އެވެ.
ރެޑްވޭވުން މިހާރު ފިޔާ ކިލޯއެއް ވެސް އަދި އަލުވި ކިލޯއެއް ވެސް ވިއްކަނީ 10ރ. އަށެވެ. މި ވަގުތު ބާޒާރުގައި ފިޔާ އާއި އަލުވި ލިބެން ހުރީ ކިލޯއެއް 15ރ. އިން މަތީގަ އެވެ.
ރެޑްވޭވުން ވަނީ އެ ފިހާރައިން ވިއްކާ ބިހުގެ އަގު ވެސް މި މަހުން ފެށިގެން ކުޑަކޮށްފަ އެވެ. އެ ފިހާރައިން ބިހެއް 1.50ރ. އަށް ލިބޭނެ އެވެ.
ރެޑްވޭވުން ބުނީ އަގުތަކަށް ބަދަލު ގެނައީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް މި ތަކެތީގެ އަގު އުފުލި އާއްމުން ކަންބޮޑުވާތީ ކަމަށެވެ. އަދި ބިސް، އަލުވި، ފިޔާ އަކީ ރޯދަ މަހު އެންމެ ގިނައިން ބޭނުން ކުރާ ތަކެއްޗަށްވާއިރު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން މި ތަކެތި ކޮންޓްރޯލް ކޮށްގެން ވިއްކަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލްކޮށްގެން ވެސް ކަސްޓަމަރުންނަށް ރޯދަމަސް ނިމެންދެން އެ ތަކެތި ފޯރުކޮށްދޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި
އެސްޓީއޯ އިން ފިޔާ، އަލުވި، ބިހުގެ އަގުހެޔޮ ކޮށްފި
ރެޑްވޭވުން އިތުރު ބާވަތްތަކެއްގެ އަގު ހެޔޮކޮށްފި
ރޯދަ މަހު ފިޔާ، އަލުވި، ބިހުގެ އަގު ހެޔޮވާނެ
ރެޑްވޭވުން ފިޔާ، އަލުވި ބިހުގެ އަގު ހެޔޮކޮށްފި
ރެޑްވޭވުން ފިޔާ އަދި ބިސް ވިއްކާ އަގު ހެޔޮކޮށްފި
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
އެސްޓީއޯގެ ރޯދަ ސްޓޮކް: ބިހާއި އަލުވި ވެސް ބާޒާރަށް
ބީއެމްއެލް އިން ރެޑްވޭވްއާ އެކު "ރަން ފުރުސަތެއް"
ރެޑްވޭވް ރޯދަ ސޭލްގައި އިނާމަކަށް އެއް ލައްކަ ރުފިޔާ!