ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކުރަން ރެޑްވޭވުން ނިންމައިފި އެވެ.
16 މާޗް 2021
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކުރަން ރެޑްވޭވުން ނިންމައިފި އެވެ.
އެ ފިހާރައިން ބުނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އެ ތަކެތީގެ އަގު އުފުލުނު ނަމަވެސް މި އަހަރުގެ ރޯދަ މަހު ހެޔޮ އަގުގައި އެ ތަކެތި ވިއްކަން އެ ފިހާރައިން މަސައްކަތް ކުރަމުން އަަންނަ ކަމަށެވެ. އެގޮތުން، މިހާރު ވެސް އެ ފިހާރައިން ވިއްކާ ބިހުގެ އަގު 1.50ރ. އަށް ދަށް ކޮށްފައިވާ ކަމަށް ރެޑްވޭވުން ބުންޏެވެ.
މީގެ އިތުރުން އަލުވި އާއި ފިޔާގެ އާ ޝިޕްމަންޓް އައުމާއެކު އެ ތަކެތީގެ އަގުވެސް ހެޔޮ ކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ. ރޯދަ މަސް ނިމެންދެން މިތަކެތި ވިއްކާނީ ހެޔޮ އަގުގައި ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.
ފިޔާ، އަލުވި އަދި ބިހުގެ އިތުރުން އެ ފިހާރައިން ވިއްކާ ހައިސެންސް އާއި ޝާޕް ބްރޭންޑުގެ އުފެއްދުންތައް ވެސް ރޯދަ މަހާ ދިމާކޮށް އަގު ހެޔޮވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ރެޑްވޭވުން އަލުވި އާއި ފިޔާ އަގުހެޔޮކޮށްފި
ރެޑްވޭވުން ފިޔާ، އަލުވި ބިހުގެ އަގު ހެޔޮކޮށްފި
ރެޑްވޭވުން ފިޔާ އަދި ބިސް ވިއްކާ އަގު ހެޔޮކޮށްފި
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
އެސްޓީއޯގެ ރޯދަ ސްޓޮކް: ބިހާއި އަލުވި ވެސް ބާޒާރަށް
ބީއެމްއެލް އިން ރެޑްވޭވްއާ އެކު "ރަން ފުރުސަތެއް"
ރެޑްވޭވް ރޯދަ ސޭލްގައި އިނާމަކަށް އެއް ލައްކަ ރުފިޔާ!
ކެއިންބުއިމުގެ ގޯސް އާދަތައް؛ މި ތިބީ ނުރައްކަލުގައި
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
އަސާސީ މުދަލަށް އިންޑިއާއިން ހުއްދަ އިތުރުކޮށްދީފި