މޫނުގައި ބިހި ނަގާތީ ކަންބޮޑުވެގެން އުޅޭ މީހުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެ އެވެ. ފަހުގެ ދިރާސާއަކުން ދައްކައިފައިވާ ގޮތުގައި ބިހި ނައްތައިލަން ވެކްސިނެއް އުފެއްދުން އޮތީ އެހާ ދުރަކު ނޫނެވެ.
02 ސެޕްޓެމްބަރ 2018
މޫނުގައި ބިހި ނަގާތީ ކަންބޮޑުވެގެން އުޅޭ މީހުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެ އެވެ. ފަހުގެ ދިރާސާއަކުން ދައްކައިފައިވާ ގޮތުގައި ބިހި ނައްތައިލަން ވެކްސިނެއް އުފެއްދުން އޮތީ އެހާ ދުރަކު ނޫނެވެ.
އެމެރިކާގެ ކެލިފޯނިއާ ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނީ ވުޖޫދަށް ގެންނަން މަސައްކަތްކުރާ ވެކްސިނަކީ ބިހި ނެގުމަށް މަގުފަހި ކުރުވާ ބެކްޓީރިއާތަކުން ހަންގަނޑު ރައްކާތެރިކޮށް ދީ، އެ ފަދަ ބެކްޓީރިއާތައް ބްލޮކްކޮށް ދޭނެ އެއްޗެއް ކަމަށެވެ.
އެގޮތުން އިންސާނުންގެ ހަމުގެ ސެލް އާއި މީދާ ބޭނުންކޮށްގެން ހެދި ޓެސްޓްތަކަކުން އުންމީދީ ނަތީޖާތަކެއް ދައްކާ ކަމަށް ބުނެފައިވެ އެވެ.
ދިރާސާ ޓީމުގައި ހިމެނޭ ރިސާޗަރު ޗުން-މިންގް ހުއާން ވިދާޅުވި ގޮތުގައި އެ މީހުންގެ ހޯދުމަކީ ބިހި ނެގުމުގެ މައްސަލަ ކުރިމަތިވެފައިވާ އެތައް މިލިއަން ބަޔަކަށް އުންމީދު ގެނުވައި ދޭނެ އެއްޗެކެވެ.
"ދެން އޮތް މަރުހަލާއަކީ އަހަރެމެންގެ މި ހޯދުން އިތުރަށް ޓެސްޓް ކުރުން. އަދި މިއިން އެއްވެސް ސައިޑްއިފެކްޓެއް އިންސާނުންނަށް ކުރިމަތި ކުރުވާތޯ ބެލުމަށް ވަރަށް ފުޅާކޮށް ކްލިނިކަލް ޓްރަޔަލްތަކެއް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޗުން ވިދާޅުވީ އިމިއުނޯތެރަޕީއެއްގެ ގޮތުގައި ބިހި ނެގުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަކީ، އެންޓިބައޮޓިކަށް ކުރިމަގުގައި ނޫނެކޭ ބުނާނެ ފަރުވާއެކެވެ. ޗުން ފާހަގަކުރެއްވި ގޮތުގައި ބިހީގެ މައްސަލަ ހައްލުކުރަން މިހާރު ދޭ ގިނަ ފަރުވާތަކަކީ އެހާ އުންމީދީ ފަރުވާތަކެއް ނޫނެވެ.
"ވެކްސިނުން 154 މިލިއަން ފުރާނަ ސަލާމަތްވި"
ފަސޭހައިން އުފެއްދޭ ކޮލެރާ ވެކްސިނަކަށް ހުއްދަ ދީފި
ކޮވިޑް ވެކްސިން 217 ފަހަރު ޖެހި މީހެއް!
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ބާލީހުގެ އުރަ އާއި ހަމުގެ ސިއްހަތާ ގުޅުން އެބަހުރި
ވެކްސިންގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ގޮތް ހަދައިފި
ނޭވާލެވޭ ގޮތަކުން ވެސް ހަންގަނޑު ހިކޭ
ޓެސްޓުކުރި މީހުން މަދުވެ ކޮވިޑް ކޭސްތަކަށް ދަށްވުމެއް
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ކޮވިޑް ވެކްސިންއާ ދެކޮޅަށް އޮސްޓްރިއާގައި މުޒާހަރާކުރަނީ