އިބޫގެ ސިއްހީ ހާލަތާ ބެހޭ ގޮތުންނާއި ދިވެހި ސިފައިންނާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ކޮށްފައިވާ މުއާމަލާތަކާ ހަވާލާދީ ކަމަށް ބުނެ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ފެތުރީ ދޮގު ވާހަކަތަކެއް ކަމަށް އެމެރިކާ އިން ބުނުމުން ވެސް އެ ޚަބަރު އެ މީޑިއާ އިން އިސްލާހެއް ނުކުރި އެވެ.
06 ސެޕްޓެމްބަރ 2018
އިބޫގެ ސިއްހީ ހާލަތާ ބެހޭ ގޮތުންނާއި ދިވެހި ސިފައިންނާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ކޮށްފައިވާ މުއާމަލާތަކާ ހަވާލާދީ ކަމަށް ބުނެ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ފެތުރީ ދޮގު ވާހަކަތަކެއް ކަމަށް އެމެރިކާ އިން ބުނުމުން ވެސް އެ ޚަބަރު އެ މީޑިއާ އިން އިސްލާހެއް ނުކުރި އެވެ.
ޕީއެސްއެމުން ބުނި ގޮތުގައި، އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތެރެއިން ލީކުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެމްޑީޕީން ވެރިކަމަށް ކުރިމަތިލައްވާނެ ބޭފުޅަކާ ގުޅޭ ގޮތުން ވެސް އެމެރިކާ އިން މަޝްވަރާ ކޮށްފައިވާ އިރު، އެމެރިކާގެ ކަންބޮޑުވުމަކީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސިއްހީ ހާލަތު ގޯސްވުމެވެ. ސިކުނޑީގެ ނާރުތަކަށް ޖެހޭ ބައްޔެއް އިބޫގެ ހަށިކޮޅުގައި ހުންނަ ކަމަށް އެ ލިޔެކިޔުންތަކުގައި އެމެރިކާ އިން ފާހަގަކޮށްފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއް އަތުވެއްޖެ ނަމަ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށް ރައްޔިތުންނަށް ވިސްނައިދޭން ޕީއެސްއެމުން ފެތުރި ޚަބަރުގައި ބުނެފައިވަނީ އެމެރިކާ އިން ބޭނުންވާ ގޮތަށް ދިވެހި އަސްކަރިއްޔާގެ ސައިޒު ކުޑަކޮށްލަން އެއްބަސްވިކަން ހާމަވީ، ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އެ ގައުމުގައި ހުންނަ ޚާރިޖީ ވުޒާރާ އަށް ފޮނުވި ސިއްރު ލިއުންތަކެއްގަ އެވެ. އެއީ، އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ކަނޑުވާލުމަށް ގެންނަން ނިންމި ބަދަލެއް ކަމަށް ވެސް ލިއުންތަކުގައިވާ ކަމަށް ޕީއެސްއެމުން ގެނެސްދިން ޚަބަރުގައި ބުންޏެވެ.
Rayyathun tax faisaa in hingaa PSM pic.twitter.com/592lOXUzUh
— Moosa Siraj ? (@MoosesSiraj) September 6, 2018
ޕީއެސްއެމުން ގެނެސްދިން ޚަބަރު، ގާނޫނީ ވަކީލް، މޫސާ ސިރާޖު، ޓުވީޓްކުރައްވާފައި.
ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިބޫގެ ސިއްހީ ހާލަތާ ބެހޭ ގޮތުންނާއި ދިވެހި ސިފައިންގެ އަދަދު މަދުކޮށް، އެމެރިކާ ބޭނުންވާ ގޮތަށް އެ މުއައްސަސާ ބަދަލުކޮށްލަން އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވެފައިވާ ކަމަށް ބުނެ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ފެތުރީ ދޮގު ޚަބަރެކެވެ.
އެމެރިކާ އެމްބަސީގެ ބަޔާނުގައި ބުނެފައި ވަނީ، ސިފައިންގެ އަދަދު މަދުކޮށް، އެމެރިކާ ބޭނުންވާ ގޮތަށް އެމްއެންޑީއެފް ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާކަމަށް ފަތުރަނީ ދޮގެއް ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާ އަށް ފޮނުވާފައިވާ ސިއްރު ލިޔުންތަކެއް ކަމަށް ބުނެ އާއްމުކޮށްފައި ވަނީ އެ އެމްބަސީއާ އެއްވެސް ގުޅުމެއް ނެތް ލިޔުންތަކެއް ކަމަށް ވެސް އެމްބަސީން ބުނެފައިވެ އެވެ.
ޕީއެސްއެމުން ފެތުރީ ދޮގެއް ކަމަށް އެމެރިކާ އިން ބުނުމުން ވެސް، ޕީއެސްއެމުން މިހާތަނަށް އެ ޚަބަރު އިސްލާހެއް ނުކުރެ އެވެ. އަދި އެމެރިކާ އެމްބަސީން ނެރުނު ނޫސް ބަޔާނުގެ ޚަބަރު ވެސް މިހާތަނަށް ގެނެސްދީފައެއް ނުވެ އެވެ.
އިދިކޮޅު ޕާޓީތަކާ ގުޅުވައި ދައުލަތުގެ މީޑިއާ އިން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައި މިވަނީ، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ އިރު ވެސް އެއް ފަރާތަކަށް ޖެހި، ހަމައެކަނި ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓްކޮށް، އިދިކޮޅު ފަރާތްތަކުން ބާއްވާ ކެމްޕޭންގެ އެއްވެސް މައުލޫމާތެއް ނުގެނެސްދޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
އެމެރިކާއާ ގުޅޭ ގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް
ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާގެ އުޅަނދުތައް
ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާއެކު ވަރުގަދައަށް
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ފޮނުވައިފި
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
ސިފައިންގެ މުސާރަ ބޮޑުކޮށް, އިތުރު ފްލެޓުތަކެއް ހަދަނީ