06 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕްގައި މިއަދު ކުޅުނު މެޗުން ބޫޓާން 4-0 އިން ބަލިކޮށް ނޭޕާލުން މުބާރާތުގައި ފަސް އަހަރަށް ފަހު މޮޅެއް ހޯދައިފި އެވެ. މި މޮޅާ އެކު ނޭޕާލަށް ވަނީ ސެމީގެ އުއްމީދެއް ލިބިފަ އެވެ.
ސާފް ސުޒުކީ ކަޕްގައި މިއަދު ކުޅުނު މެޗުން ބޫޓާން 4-0 އިން ބަލިކޮށް ނޭޕާލުން މުބާރާތުގައި ފަސް އަހަރަށް ފަހު މޮޅެއް ހޯދައިފި އެވެ. މި މޮޅާ އެކު ނޭޕާލަށް ވަނީ ސެމީގެ އުއްމީދެއް ލިބިފަ އެވެ.
އަމިއްލަ ގައުމުގައި 2013 ވަނަ އަހަރު ކުޅުނު ސާފްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން މޮޅުވި މެޗަށް ފަހު މި މުބާރާތުގައި ނޭޕާލް ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސެމީ ފައިނަލުގައި އަފްގާނިސްތާން އަތުން ބަލިވިއިރު، 2015 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އާއި ސްރީލަންކާ އަތުން ބަލިވެ ނޭޕާލް ކެޓީ އެވެ. މި ފަހަރުގެ މުބާރާތުގައި ނޭޕާލް ކުޅުނު ފުރަތަމަ މެޗުން ވަނީ ޕާކިސްތާން އަތުން ބަލިވެފަ އެވެ.
މި މެޗުން ލިބުނު މޮޅާ އެކު ނޭޕާލަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. މިއަދު ބަލިވި ބޫޓާނަށް މުބާރާތުގައި ކުރިއަށްދިއުމުގެ އޮތީ ހަނި ފުރުސަތެކެވެ. މި މެޗުން ބަލިވުމުން އެ ޓީމަށް ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ.
ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ނޭޕާލުން ދިޔައީ ކުރިއަށް ޖެހިގެން އެޓޭކް ކުރަމުންނެވެ. ފުރަތަމަ ދިހަ މިނިޓް ތެރޭ ނޭޕާލްގެ ރޯހިތު ޗާންދް އާއި ބިމަލް މަގަރް ފޮނުވާލި ދެ ހަމަލާ ބޫޓާންގެ ކީޕަރު ޝެރިން ޑެންޑަޕް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ނޭޕާލްގެ އަދިތުޔާ ޗޯދަރީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ސުނިލް ބޭލްގެ ހަމަލާ ވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ކައުންޓަ އެޓޭކުގައި ބޫޓާނުގެ ތަރި ޗެންޗޯ ގެޔެސްޓެން އަށް ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އެ ބޯޅަ ފޮނުވާލުން ލަސްކޮށްލުުމުން އެ ފުރުސަތު އޭނާ އަތުން ގެއްލުނީ އެވެ.
މެޗުގެ 21 ވަނަ މިނިޓްގައި ނޭޕާލަށް ލީޑުނަގައިދިނީ އެ ޓީމުގެ ފަހަތަށް ކުޅޭ އަނަންތާ ތަމަންގް އެވެ. ކޯނަރަކުން ސުނިލް ނަގައިދިން ބޯޅަ ސުނިލް ވަނީ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެފަ އެވެ.
ނޭޕާލުން ލީޑުނެގުމުން ބޫޓާނުން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ދިޔަ އެވެ. އެ ގޮތުން މެޗުގެ 30 ވަަނަ މިނިޓްގައި ބޫޓާނުގެ ޝެރިން ޑޯޖީ އޭރިއާ ބޭރުން ޖެހި ބޯޅަ ނޭޕާލްގެ ކީޕަރު ކިރަން އަތުގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް އޭނާ ވަނީ ގޯލު ރޮނގުމަތިން އެ ބޯޅަ ހޯދައިފަ އެވެ.
ބޫޓާނުން ދެ ވަނަ ހާފަށް ނުކުތީ، އަނިޔާގެ ސަބަބުން އެ ޓީމުގެ ގޯލްކީޕަރު ޝެރިންގެ ބަދަލުގައި ގަވަން ޖެމްޕަލް ކުޅެން އަރުވައިގެންނެވެ.
ބޫޓާނުގެ ޗެންޗޯ އަށް މެޗުގެ 55 ވަނަ މިނިޓްގައި ނޭޕާލް އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އެ ބޯޅައިގެ ބޭނުން ވެސް އޭނާ އަށް ނުހިފުނީ ފޮނުވާލުން ލަސްކޮށްލުމުންނެވެ. އެ ބޯޅަ ފަހުން އެ ޓީމުގެ ކުޅުންތެރިއަކަށް ދީގެން ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
މެޗުގެ 62 ވަނަ މިނިޓްގައި ރޯހިތު ޖެހި ބޯޅަ ކީޕަރު ޖެމްޕަލް ވަނީ މަތަކޮށްފަ އެވެ. އެގެ ދެ މިނިޓް ފަހުން ބޫޓާނުގެ ސެންޑާ ޑޯޖީ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު ޗެންޗޯ ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލިއިރު ސެންޑާ ހުރީ އޮފްސައިޑްގައި ކަމަށް ވުމުން ރެފްރީ އެ ލަނޑު ނުލަ އެވެ. އެ ބޯޅަ އޮފްސައިޑް ނުވާ ކަމަށް ބުނެ ބޫޓާނުގެ ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.
ނޭޕާލަށް ދެ ވަނަ ލަނޑު ޖަހައިިދނީ މެޗުގެ 31 ވަނަ މިނިޓްގައި ސުނިލް އެވެ. ލިބުނު ޕެނަލްޓީ އަކުން ބިމަލް ފޮނުވާލި ބޯޅަ ކީޕަރު ޖެމްޕަލް މަތަކުރިއިރު އެ ބޯޅަ އަލުން ކުޅުމުގެ ތެރެއަށް އައި ވަގުތު ސުނިލް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ޕެނަލްޓީ އަކީ ނޭޕާލްގެ ނިރަޖަން ކަޑްކާ އަށް ބޫޓާނުގެ ނިމާ ވަންގްޑީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ފައުލުކުރުމުން ބޫޓާނުގެ ނިމާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ.
މެޗުގެ ފަހު 20 މިނިޓް ބޫޓާނުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔައިރު، އޭގެ ފައިދާނަގައި ނޭޕާލުން ވަނީ އިތުރު ލަނޑުތަކެއް ޖަހައިފަ އެވެ.
މެޗުގެ 79 ވަނަ މިނިޓްގައި ނޭޕާލުގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބާރަތު ހަވާސް އެވެ. ކުޅެން އެރިތާ މާގިނަ އިރުތަކެއްނުވެ އޭރިއާތެރެއަށް ބޯޅަ ހިފައިގެން އަރައި ބާރަތު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އޭގެ ފަހުން ބާރަތު ޖެހި ބޯޅައެއް ކީޕަރު ޖެމްޕަލް ވަނީ މަތަކޮށްފަ އެވެ.
ނޭޕާލުގެ ހަތަރު ވަނަ ލަނޑު ޖެހީ ނިރަޖަން އެވެ. ސުނިލް ނަގައިިދިން ކޯނަރަކުން ކުރިއަށް ޖެހިލުމަށް ފަހު ނިރަޖަން ވަނީ ގޯލުގެ ތެރެއަށް ބޮލުން ބޯޅަ ފޮނުވާލައިފަ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ބަންގްލަދޭޝް މިރޭ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ގްރޫޕް ފަހު މެޗުގައި ނޭޕާލް ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އެ މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ. ހަމަ އެ ދުވަހު ޕާކިސްތާނާއި ބޫޓާން ބައްދަލުކުރާނެ އެވެ.
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
ހައްގު މޮޅަކާ އެކު ދިރުން ލިބިއްޖެ: ނޭޕާލް ކޯޗު
ފައިސަލް: ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާ
ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!
ނޭޕަލަށް މި ގެއްލުނީ ރަނުގެ ފުރުސަތެއް: ކޯޗު
ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި
ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް
ކިރަން އާއި ޝްރެސްތާ: ނޭޕާލުގެ މުހިއްމު ދެ ހަތިޔާރު
ސިޔާސީ ފާޑުކިޔުމަކަށް ވެދާނެ، ބައްސާމް ދިފާއުކުރާނަން
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު