ކ. މާފުށީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް، މުހައްމަދު އަލްތާފު އަލީ ހޮވައިފި އެވެ.
09 ސެޕްޓެމްބަރ 2018
ކ. މާފުށީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް، މުހައްމަދު އަލްތާފު އަލީ ހޮވައިފި އެވެ.
މިިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރު އިނާމު ދިނުމުގެ ހަފުލާގައި އަލްތާފަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފު އަލީ އެވެ.
މާފުށީ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: މާފުށީ ސްކޫލު
އޭނާ ވަނީ އޯ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ އާއި އެއް މާއްދާއިން އޭ އަދި ދެ މާއްދާއިން ބީ ހޯދައިގެން ގައުމީ ގަދަ 10ގެ ހަ ވަނައިގައި ހިމެނިފަ އެވެ. ސީއެޗްއެސްއީގައި ގްރޭޑް 11 ކިޔަވަމުން އަންނަ އަލްތާފަކީ މާފުށީ ސްކޫލުގެ މިދިޔަ އަހަރު ކެޕްޓަން ވެސް މެ އެވެ.
މާފުށީ ސްކޫލުން މިދިޔަ އަހަރު ކިޔެވުމަށް އެންމެ މޮޅު ގައިޑަކަށް ހޮވުނު ދަރިވަރަށް، ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފު އެވޯޑު ހަވާލުކޮށްދެއްވަަނީ.-- ފޮޓޯ: މާފުށީ ސްކޫލު
އެ ސްކޫލުގެ ޖަލްސާގައި އިނާމު ދީފައިވަނީ ގްރޭޑް އަށަކުން ފެށިގެން މަތީ ގްރޭޑުގެ ދަރިވަރުންނަށެވެ. އެގޮތުން ކްލާސް ޕްރައިޒާއި ޔުނީފޯމް ހަރަކާތްތަކުގެ އިތުރުން މިދިޔަ އަހަރު އެކި ވަނަތައް ހޯދި 25 ދަރިވަރަކަށް އިނާމު ދީފައި ވެ އެވެ.
މާފުށީ ސްކޫލުގެ މިދިޔަ އަހަރު އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން- ފޮޓޯ: މާފުށީ ސްކޫލު
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދެމުން އަންނަ ސްކޫލުގައި 386 ދަރިވަރުން އަންނަނީ މިހާރު ތައުލީމް ހާސިލްކުރަމުންނެވެ.
ވިލާ ހައި ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހުނަފް
އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ލުހާ
ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ މޮޅު ދަރިވަރަކީ މަލްހާ
އިސްކަންދަރު ސްކޫލުން އެއް ވަނަ ލަޔާލް އަށް
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ