12 ސެޕްޓެމްބަރ 2018
އެޕަލްގެ އުފެއްދުންތައް ދައްކާލަން ކޮންމެ އަހަރަކު ބާއްވާ ހާއްސަ އިވެންޓްގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ އައިފޯނަށެވެ. އެހެންވެ، މި ހަފުލާ ފެށުމުގެ ކުރިން ވެސް އެންމެ ބޮޑަށް ވާހަކަ ދެކެވިފައި ވަނީ އައިފޯނަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުންނެވެ.
އެޕަލްގެ އުފެއްދުންތައް ދައްކާލަން ކޮންމެ އަހަރަކު ބާއްވާ ހާއްސަ އިވެންޓްގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ އައިފޯނަށެވެ. އެހެންވެ، މި ހަފުލާ ފެށުމުގެ ކުރިން ވެސް އެންމެ ބޮޑަށް ވާހަކަ ދެކެވިފައި ވަނީ އައިފޯނަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯން އެކްސްގައި ހުރި ފާހަގަކޮށްލެވޭ ބައެއް ފީޗާތަކަށް، އާ ފޯނުގައި ބަދަލުތަކެއް ގެންނާނެ އެވެ. އެގޮތުން ފޯނުގެ ފިޒިކަލް ހޯމް ބަޓަނާއި ފިންގަޕްރިންޓް ސެންސަރު ނަގައި އެއިން ކުރެވޭ ބޭނުންތައް، "ސްވައިޕް" ކޮށްގެންނާއި "ފޭސް ޑިޓެކްޓިން" ޓެކްނޮލޮޖީން ކުރެވޭ ގޮތް ހަދާނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯންގެ ތިން މޮޑެލްއެއް ނެރޭނެ އެވެ. އެއީ އަގު ބޮޑު ދެ ވައްތަރަކާއި އަގު ހެޔޮ އެއްޗެކެވެ. އަގު ހެޔޮ ފޯނަކީ، ކުރީގެ މޮޑެލްތަކަށް އައިފޯން އެކްސްގެ ފީޗާތައް ގެނެސްގެން ހަދާ ފޯނެއް ކަމަށް ބުނެވެ އެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ކަށަވަރެއް ނޫނެވެ.
ދިރާސާކުރާ މީހުން ބުނަނީ މި ބަދަލުތަކާ އެކު އަނެއްކާވެސް އައިފޯނުގެ އަގު ބޮޑުވާނެ ކަމަށެވެ.
ފޯނުގެ އިތުރުން އެޕަލް ވޮޗްގެ މުޅިން އާ މޮޑެލްއެއް ތައާރަފްކުރާނެ ކަމަށް ބެލެވެ އެވެ. އަދި އެއާޕޮޑްގެ ފަހުގެ މޮޑެލްއަކާއި އާ އޮޕަރޭޓިން ސިސްޓަމް ވެސް ތައާރަފްކުރާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ކެލިފޯނިއާގެ، ކަޕަޓީނޯގައި ހުންނަ ސްޓީވް ޖޮބްސް ސެންޓަރުގައި ރާއްޖޭ ގަޑިން މިރޭ 10:00 ގައި ފަށާ އިވެންޓް "މިހާރު" ގައި ގެނެސްދޭނަމެވެ.
އައިފޯން 8 އާއި 8 ޕްލަސް އަދި 10 ތައާރަފްކޮށްފި
މިފަހަރު އައިފޯނުގެ ނަމަށް ބަދަލެއް އަތުވެދާނެ
އައިފޯން 15: ޓައިޓޭނިއަމް ޑިޒައިނާ އެކު ބަދަލުތަކެއް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
ސައިކަލު ވައިބްރޭޝަނުން އައިފޯނުގެ ކެމެރާ ހަލާކުވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
ޑިމާންޑް ބޮޑުވުމުން އައިފޯން 11 އިތުރަށް އުފައްދަނީ
ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ